Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުން

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަކީ މިދާއިރާއަށް ޒުވާނުން ނިކުތުމަށް ލިބޭނެ ހިތްވަރެއް: މިނިސްޓްރީ

4 އޮކްޓޯބަރު 2020 | އާދީއްތަ 17:48

މައުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޮކްޓޯބަރު 2020 | އާދީއްތަ 17:48
ތޮއްޑޫގެ ކަރާ ދަނޑެއް

ތޮއްޑޫގެ ކަރާ ދަނޑެއް

ގައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަކީ އެ ދާއިރާއަށް އިތުރު ޒުވާނުން ނިކުތުމަށް ލިބޭ ހިތްވަރެއް ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ އަލީ އަމީރު ވިދާޅުވީ ދަނޑުވެރިކަމުގެ ދުވަހާއި ގުޅިގެން ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 5 އޮކްޓޯބަރ އިން ފެށިގެން 13 އޮކްޓޯބަރ ހަމަޔަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 10:30ން ފެށިގެން 12:00ށް މައުލޫމާތު ދިނުމުގެ އޮންލައިން ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމަކީ އާންމުކޮށް އެންމެންނަށް ވެސް ބަލާލެވޭނެހެން މިނިސްޓްރީގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރަމުން ގެންދާ ސެޝަންތަކެއް ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މި ސެޝަންތައް ކުރިއަށްދާ ވަގުތު ފޭސްބުކް ޗެޓް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށާއި، ސެޝަންތަކުގައި ވަގުތު އޮތް މިންވަރަކުން މީހާ ވެސް ގިނަ ސުވާލުތަކަށް ޖަވާބު ދެމުންދާނެ ކަމަށެވެ.

ފޭސްބުކް ޕޭޖް މެދުވެރިކޮށް ފަހުން ވެސް ރެކޯޑިން ބެލޭނެކަން ފާހަގަކުރައްވައި އާމިރު ވިދާޅުވީ ދަނޑުވެރިންނަށް އާންމުކޮށް ބޭނުންވާނެ މައުލޫމާތުތައް ހިމެނޭނެހެން ކޮންމެ ދުވަހަކު ވެސް ޚާއްސަ މައުޟޫއަކަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އާމިރު ވިދާޅުވީ ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން އަންނަ ހަފްތާ ތެރޭގައި ކުއިޒް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކުއިޒް ޕްރޮގްރާމް މިމަހުގެ 12ން 15ށް ކުރިއަށްދާނެ ކަމަށާއި، އުންމީދު ކުރަނީ ގިނަ ބަޔަކު މި ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށެވެ.

އާމިރު ވިދާޅުވީ ޒަމާނުއްސުރެ ހައްދަމުން ގެންދާ ސިއްހަތަށް ފައިދާ ހުރި ގަސްގަހާގެހި އިންދާ އާލާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށާއި، މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހއ.މޮޅަދޫ، އުލިގަން އަދި ވަށަފަރުގައި ކަމަށެވެ.

އާމިރު ވިދާޅުވީ އަތޮޅުތެރޭގައި އެހެން ރަށްރަށުގައި ވެސް ދަނޑުވެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ އެއްރަށުން އަނެއް ރަށަށް ދަތުރުނުކޮށް ރަށުގެ ކައުންސިލްތަކާ ގުޅިގެން އެރަށެއްގެ ފެންވަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ފެންވަރުގައި ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމާ ބެހޭ ގޮތުން އާމިރު ވިދާޅުވީ ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމީ ދާއިރާއަށް ނުކުންނަން ބޭނުންވާ މީހުންނަށްށާއި، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ހިތްވަރުދީ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދަނޑުވެރިންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި އާމިރު ވިދާޅުވީ ދަނޑުވެރިންނަށް ލޯނު ދޫކުރުމާއި، ބިން ހޯދައި ދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާމިރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ އަށް މީހުން ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމާއި، ޓިވެޓްއާ ގުޅިގެން ސެޓްފިކެޓް 3 ކޯހެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.

މި ހިނގާ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ މީލާދީ އަހަރެއްގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ފަރުދީ ދަނޑުވެރިކަން ކާނާގެ ޔަޤީންކަން“ މިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް