Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް

އިސްކަންދެނީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް މަޝްވަރާ ކޮށްގެން ހައްލު ކުރުމަށް: މަރިޔަމް ވަހީދާ

4 އޮކްޓޯބަރު 2020 | އާދީއްތަ 15:00

ބްރޯޑްކާސްޓިންގ ޤާނޫނާއި ހެދިފައި ހުރި ގަވާއިދުތަކުގެ ބައެއް ކަންކަން ބަދަލުކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 އޮކްޓޯބަރު 2020 | އާދީއްތަ 15:00
ބްރޯޑްކޮމްގެ ބައެއް މެމްބަރުން

ބްރޯޑްކޮމްގެ ބައެއް މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެންމެ ބޮޑަށް ބޭނުން ވަނީ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ކޮމިޝަން ރައީސް މަރިޔަމް ވަހީދާ ވިދާޅުވެއްޖެ އެވެ.

ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްރޯޑްކޮމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ މޭޒުމަތިން ގިނަކަންތައްތަކެއް މަޝްވަރާ ކޮށްގެން ނިންމިދާނެ ކަމަށް މިހާރު ބްރޯޑްކޮމްގައި ތިއްބެވި މެމްބަރުން ގަބޫލުކުރައްވާ ކަމަށެވެ. މިހާރު އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގެ ތެރެއިން މަސައްކަތް ކުރަން ޖެހޭއިރު ބްރޯޑްކާސްޓިންގ ޤާނޫނާއި ހެދިފައި ހުރި ގަވާއިދުތަކުގެ ބައެއް ކަންކަން ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. އެގޮތުން މިހާރު ހުޅުވާލާފައިވާ ދުނިޔެއަށް ފެތޭގޮތަށް ގަވާއިދުތައް ވެސް އިސްލާހު ކުރަން ޖެހޭ ކަމަށާއި އެގޮތުން ބްރޯޑްކާސްޓިންގ ގަވާއިދު މިހާރު ކޮމިޝަނުން ބަދަލު ކޮށްފައިވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މައްސަލަތައް ކޮމިޝަނަށް ހުށަހެޅޭއިރު ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭ ވަކި ޚާއްސަ ގޮތްތަކެއް ހުންނަ ކަމަށާއި މިހާރު ހުށަހެޅުފަައިވާ މައްސަލަތައް ވީއެންމެ އަވަހަށް ނިންމާ ކަމާގުޅުން ހުރި އެހެން ހިސާބުތަކަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މީގެއިތުރުން މަރިޔަމް ވަހީދާ ވިދާޅުވީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ދެ ކަމެއް މިހާރު ތަޢާރަފްކޮށްފައިވާ ކަމަށެވެ. އެއީ މޭޒުމަތިން މަޝްވަރާ ކޮށްގެން ޑިސްޕިޔުޓް ރިޒޮލިޔުޝަން ހޯދުމަށް މަސައްކަތް ކުރުމާއި ކޮމިޝަނުން ކުރިން ބަލާފައި ހުރި މައްސަލަތައް އަލުން ރިވިއު ކުރުމަށް ހުޅުވާލުން ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

2011 ވަނަ އަހަރު ބްރޯޑްކޮމް އުފެދުނުފަހުން މިހާތަނަށް އައިއިރު ބްރޯޑްކާސްޓް ދާއިރާ އާއި ގުޅޭގޮތުން 653 ޝަކުވާއެއް ހުށަހަޅާފައިވާ ކަަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. މީގެތެރެއިން 242 ޝަކުވާ އަކީ ބްރޯޑްކާސްޓް ކުރެވޭ ކޮންޓެންޓާއި ގުޅުން ހުރި ޝަކުވާ ކަމަށާއި 327 ޝަކުވާ އަކީ ލައިސަންސްގެ މައްސަލަތަކާއި ގުޅުން ހުރި ޝަކުވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވަ ޝަކުވާތަކުގެ ތެރެއިން މިހާރު ކޮމިޝަނުން ބަލަމުން އަންނަނީ 32 ޝަކުވާ އެއް ކަމަށާއި މީގެތެރޭގައި ލައިންސަންސާ ގުޅޭ 21 ޝަކުވާއަކާއި ކޮންޓެންޓާއި ގުޅޭ 5 މައްސަލަ އަދި ޚިދުމަތާއި ގުޅުން ހުރި 6 މައްސަލަ ހިމެނޭ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް