Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކަންނެލި ބާނާ މިންވަރު އިތުރުވުން

ދެމެހެއްޓެނިވި މަސްވެރިކަމުގެ ނަމޫނާއަކަށް ރާއްޖެ

2019 ވަނަ އަހަރު ރާއްޖެއިން ވަނީ ކަންނެލި ބާނާ މިންވަރު 15 އިންސައްތަ މަދުކޮށްފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2020 | ހޮނިހިރު 14:16
މަސްމާރުކޭޓް ސަރަހައްދުގައި މީހަކު ކަންނެއްޔެއް ހިފައިގެންދަނީ

މަސްމާރުކޭޓް ސަރަހައްދުގައި މީހަކު ކަންނެއްޔެއް ހިފައިގެންދަނީ

2015 ވަނަ އަހަރު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ ސައިންސްވެރިން ވަނީ އިންޑިއާ ކަނޑުގެ ރިނދޫއުރަހަ ކަންނެލީގެ އާބާދީ އަންދާޒާ ކުރުމަށްފަހު އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ މުސްތަޤުބަލަށް ދެމެހެއްޓޭނޭ މިންވަރަށްވުރެ ދަށްވެފައި ކަމަށާއި ރީނދޫއުރަހަ ކަންނެއްޔަށް ކުރެވޭ މަސްވެރިކަން ކުރެވެމުން ދަނީ އާބާދީގެ ދެމެހެއްޓުމަށް ގެއްލުން ވާނޭ މިންވަރެއްގައި ކަމަށް ކަނޑައަޅާފައިވެއެވެ. އަދި އިންޑިއާ ކަނޑުގެ ރީނދޫއުރަހަ ކަންނެލީގެ އާބާދީ މިހާލަތަށް ދިއުމުން، މަސްވެރިކަންތަކުގައި ބާނާ ރީނދޫއުރަހަ ކަންނެލީގެ މިންވަރު ދަށްކޮށް، އާބާދީ އިޔާދަވުމަށް ފުރުސަތު ދިނުމަށްޓަކައި 2016 ވަނަ އަހަރު ވަނީ އައި.އޯ.ޓީ.ސީ އިން ވަނީ ޤަރާރެއް ފާސްކޮށްފަ އެވެ. މި ޤަރާރުގެ ދަށުން އިންޑިއާ ކަނޑުގައި ކަނޑު މަހުގެ މަސްވެރިކަންކުރާ، 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުތަކާއި، މިއަށްވުރެ ކުދިނަމަ، އެ ޤައުމެއްގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި މަސްވެރިކަންކުރާ އުޅަނދުތަކުން، ޤަރާރުގައި ބަޔާންކުރާ މިންވަރުތަކަށް ރީނދޫއުރަހަ ކަންނެލި ބާނާ މިންވަރު ދަށް ކުރަން ޖެހެއެވެ.

އެކި ޤައުމުތަކުން ރީނދޫއުރަހަ ކަންނެލި މަސްވެރިކަން ކުރާ ގޮތާއި މިންވަރަށްބަލައި، ކަންނެލި ބާނާ ނިސްބަތް މަދުކުރަންޖެހޭ މިންވަރު ކަނޑައެޅިއިރު، ރާއްޖެއަކީ ދޮށީގައާއި, އަތުނަނުގެ މަސްވެރިކަން ކުރާ ޤައުމެއްކަމުން، 2014 ވަނަ އަހަރުގެ މިންވަރުން 5 އިންސައްތަ މަދުކުރަން ޖެހެއެވެ. އެހެން ޤައުމުތަކާއި ހިލާފަށް ރާއްޖެއަކީ ބޮޑުދާ ޖަހައިގެން ކަންނެލި މަސްވެރިކަން ކުރާ ޤައުމެއް ނޫނެވެ.

2016 ވަނަ އަހަރު ފާސްކުރި ޤަރާރުގެ ދަށުން ރާއްޖެއިން ރީނދޫއުރަހަ ކަންނެލި ބާނާ މިންވަރު 5 އިންސައްތަ ކުޑަކުރަން ޖެހުނު ކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަފާސް ހިސާބު އައި.އޯ.ޓީ.ސީ އަށް ހުށަހެޅުމުގައި، ޤަރާރުގައި ބަޔާންކުރާ ގޮތަށް ހުށައަޅާފައި ނުވުމުގެ ސަބަބުން ޤަރާރުގައި ބަޔާންކުރާ މިންވަރަށްވުރެ ދިވެހިރާއްޖެއިން ރީނދޫއުރަހަ ކަންނެލި ބޭނި މިންވަރު ގިނަކަމަށް ބެލެވުނެވެ. ނަމަވެސް ތަފާސްހިސާބު ނެގުމުގައި މި ކަމަށް ރިއާޔަތްކޮށް، ޤަރާރުގައި ބަޔާންކުރާ މިންގަނޑަށް 2019 ވަނަ އަހަރު ތަފާސްހިސާބު ހުށައަޅާފައިވެއެވެ. އަދި މި ހިސާބުތަކުން ދެއްކިގޮތުގައި ދިވެހިރާއްޖޭގެ ކަނޑު މަސްވެރިކަމުގައި ރީނދޫއުރަހަ ކަންނެލި ބާނާ މިންވަރު، ޤަރާރުގައި ބަޔާންކުރާ މިންވަރުގެ ތެރޭގައި ފެށުނީއްސުރެވެސް ހިފެހެއްޓިފައި ވެއެވެ. ނަމަވެސް، ރީނދޫއުރަހަ ކަންނެލީގެ އާބާދީއާއި ގުޅޭގޮތުން އައި.އޯ.ޓީ.ސީގެ ސައިންސްވެރިންގެ ކަންބޮޑުވުންތަކަކީ ދިވެހިންނަށް އަޅާނުލާ ދޫކޮށްލެވޭނެވަރަށްވުރެ ސީރިއަސް ކަންބޮޑުވުމެއްކަމަށްވުމާއެކު، ރާއްޖެއިން ވަނީ ކަންނެލި މަސް ބާނާ މިންވަރު ޤަރާރުގައި ބަޔާންކުރާ މިންވަރުގެ ތެރޭގައި ހިފަހައްޓާފަ އެވެ.

2015 ވަނަ އަހަރާއި އަޅާބަލާއިރު، 2019 ވަނަ އަހަރު ކަންނެލި މަސް ބޭނި އަދަދު ވަނީ 15 އިންސައްތަ ދަށްވެފައިއެވެ. އެއީ 7737 ޓަނުގެ ދަށްވުމެވެ.

މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުންވެސް، ދިވެހި މަސްވެރިން ރީނދޫއުރަހަ ކަންނެލި ބާނާ އަދަދު ބޮޑުތަނުން ދަށްކުރުމުގައި 2019 ވަނަ އަހަރު ސަރުކާރުން ފެށި ކެމްޕޭނާއި، މަސް ގަންނަ ފަރާތްތަކުން، މަސްވެރިންގެ ކިބައިން ތަކުރާރުކޮށް އެދެމުންދިޔަ އެދުންތައް މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ. އެގޮތުން ބޮއިކައިރިން މަސްވެރިކަން ކުރުމުގެ ބަދަލުގައި ކަނޑުހިނގާ އައިނުން މަސްވެރިކަންކުރުމަށް އިރުޝާދުދީ ކުރިއަށްގެންދިޔަ ކެމްޕޭނާއި، ކުދި ކަންނެލި ނުބޭނުމަށް ކުންފުނިތަކުން މަސްވެރިންގެ ކިބައިން އެދުނު އެދުން މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ.

ދިވެހި މަސްވެރިން ބޮޑުތަނުން މިކަމުގައި އެހެން ޤައުމުތަކަށް ނަމުނާ ދައްކައި، ބުނެއެދިނީ ދިވެހިންނަކީ ދެމެހެއްޓެނިވި ކަންނެލި މަސްވެރިކަން ކުރަން އެނގޭ، އަދި ދިރުންތަކުގެ ނަސްލު ނެތި ނުދާނެގޮތަށް، ކަނޑުތަކުގެ ނަފާ ހޯދާނެ ބަޔެއް ކަމެވެ. ތިމާވެއްޓަށާއި ކަނޑުގެ ދިރުންތަކުގެ އާބާދީއަށް ނުހަނު ގެއްލުން ހުރި ކޮތަރިދައު (ގިލްނެޓް) އަދި ބޮޑުދައު (ޕަރސް ސެއިން) ފަދަ މަސްވެރިކަން ކުރުމުގެ ބަދަލުގައި، ތިމާވެށްޓާއި ރަށްޓެހި ނަމޫނާ ރީތި މަސްވެރިކަމެއް ކުރާ މަސްވެރިތަކެއް ތިބި ޤައުމެއްކަން ދިވެހިން އެ ވަނީ ސާބިތުކޮށްދީފަ އެވެ.

ދިވެހި މަސްވެރިން ބާނާ ކަންނެލީގެ މިންވަރު ޤަރާރުގައި ބަޔާންކުރާ މިންގަނޑުގެ ތެރޭގައި ހުރި ކަމުގައި ވީނަމަވެސް، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ އެހެން ބައެއް ޤައުމުތަކުން ބާނާ ކަންނެލީ މިންވަރު ދަށް ނުކުރާތީ، އެކަމުގައ ހައްޤު ނޫން އަދަބަކާއި ދިވެހިން ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރުވެސް ވަނީ ހީވެފަ އެވެ. އެހެނީ ޔޫރަޕްގެ ބޮޑެތި ސުޕަރމާކެޓްތަކުން ވަނީ އިންޑިއާ ކަނޑުން ބާނާ ރީނދޫއުރަހަ ކަންނެލީގެ އަދަދު ދަށް ނުކުރާނަމަ، މަސް ގަތުން ހުއްޓާލުމުގެ އިންޒާރުތައްދީފަ އެވެ. އެގޮތުން މި އަހަރުގެ ނޮވެމްބަރު މަހުގައި ބާއްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޯޓީސީ) ގެ ބައްދަލުވުމާއި ހަމައަށް އަދަދުތަކަށް ބެލުމަށްފަހު އެގޮތަށް އަމަލުކުރާނެކަން ޔޫރަޕްގެ ސުޕަރމާރކެޓްތަކުން ވަނީ ހާމަކޮށްފަ އެވެ.

އެފަދަ ނިންމުމެއް، ނިންމައިފިނަމަ އެކަން ވާނީ ދިވެހި މަސްވެރިންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށެވެ. މަސް ގަނެ، ވިއްކާ ކުންފުނިތަކަށްވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށެވެ.

މަސް ގަނެ، ވިއްކުމުގައި ހަރަކާތްތެރިވާ ބިގްފިޝް މޯލްޑިވްސް ފަދަ ކުންފުނިތަކުގެ ކަންބޮޑުވުމަކީ، ދިވެހި މަސްވެރިން ބާނާ ކަންނެލި މަހުގެ އަދަދު ޤަރާރުގައި ކަނޑައަޅާފައިވާ މިންވަރުގެ ތެރޭގައި ވަނިކޮށް، އެހެން ޤައުމުތަކުން ރީނދޫއުރަހަ ކަންނެލި ބާނާ މިންވަރު މަދުނުކުރުމުން އެކަމުގެ ގެއްލުމާއި ދިވެހި މަސްވެރިން ކުރިމަތިލާންޖެހިދާނެ ކަމެވެ. އަދި މިއީ ދިވެހިން ރީނދޫއުރަހަ ކަންނެލި މަސް ބާނާ އަދަދު ދަށްކޮށް، ހޯދި ކާމިޔާބުގެ ވާހަކަ ގަދަޔަށް ދައްކަންޖެހޭ ވަގުތުކަންވެސް އެ ކުންފުނިން ފާހަގަކުރެ އެވެ. އަދި ޔޫރަޕްގެ ޤައުމުތަކަށް ދިވެހިން ހޯދި ކާމިޔާބުގެ އަޑު އިއްވައި، ދިވެހިންނަކީ ތިމާވެއްޓާއި، ވެށީގައިވާ ދިރުންތަށް ނެތި ނުދާނެގޮތުގެ މަތިން ކަންކުރުމުގައި ނަމޫނާ ދެއްކި ޤައުމެއްކަން ހާމަކުރުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރަންޖެހޭކަމަށް ކުންފުނިތަކުން ދެކެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު