Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހައިކޯޓުން ޤާނޫނު މާނަ ކުރި ގޮތުން ހެކި ހުރެވެސް ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫވަނީ؟!

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގައި 4 ޙާލަތެއް ބަޔާންކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ޖޫން 2020 | އަންގާރަ 10:45
ދިވެހިރާއްޖޭގެ ހައިކޯޓު- ހައިކޯޓުގެ ޙުކުމުގައި ޤާނޫނު މާނަކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަަމަށް ބުނެ، އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފު ކޮށްފައި

ދިވެހިރާއްޖޭގެ ހައިކޯޓު- ހައިކޯޓުގެ ޙުކުމުގައި ޤާނޫނު މާނަކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަަމަށް ބުނެ، އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފު ކޮށްފައި

ޖިނާއީ ކުދި ކުށްތަކުގައި ބަންދުގެ މުއްދަތު 15 ދުވަހަށްވުރެ އިތުރު ކުރުމަކީ ޤާނޫނޫ ދަންނަ ކަމެއް ނޫން ކަމަށާއި، އެކަމުގައި ޤާނޫނު "ހަނު" ކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ޙުކުމެއްގައި ބުނެފައިވެއެވެ. ނަަމަވެސް އެގޮތަށް މާނަ ކުރުމުގެ ސަބަބުން ޤާނޫނީ ބޮޑެތި ފުށުއެރުންތަކެއް އަރަމުންދާ ކަމަށް ޤާނޫނީ ފަންނުގެ މާހިރުން ދަނީ ބުނަމުންނެވެ.

މި ހިނގާ ޖޫން މަހުގެ 10 ވަނަ ދުވަހު ހައިކޯޓުން ކުރި ޙުކުމެއްގައި ބުނެފައިވަނީ، މައްސަލައިގައި ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ޙާލަތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކަށް ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ދެވޭ ބަންދުގެ މުއްދަތު 15 ދުވަހަށްވުރެ އިތުރު ކުރުމަކީ ޖިނާޢީ ޢިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ޤާނޫނީ ގޮތުން ގިނަ މައްސަލަތަކެއް ފެންމަތިވެގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ (ބަންދާމެދު ގޮތެއް ނިންމުމާ ގުޅޭ މާއްދާ) ގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުން، ބަންދާމެދު ގޮތެއް ނިންމުމަށް ގެންދެވޭ މީހާއަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކިހުރެ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ 4 ޙާލަތެއްގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ ޙާލަތެއްގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް "ފަނޑިޔާރު އަމުރު ކުރަން ވާނެ" ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އެކަން ހައިކޯޓުގެ ގަޟިއްޔާގައިވެސް ބަޔާން ކޮށްފައިވެއެވެ.

އެހެން ނަމަވެސް އެ ގަޟިއްޔާގެ އެހެން ހިސާބެއްގައި ހަމަ އެ މާއްދާ މާނަ ކޮށްފައިވާއިރު، އެއީ ބަންދުގައި ބެހެއްޓުމަށް "ފަނޑިޔާރަށް ނިންމިދާނެ" ޙާލަތެއްކަން ބަޔާން ކޮށްފައިވެއެވެ. އެއާއެކު، ހައިކޯޓުގެ ގަޟިއްޔާގެ ދެ ނުކުތާގައިވެސް ފުށުއެރުންތަކެއް އެބަ އުފެދެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ 4 ޙާލަތް:

މި މާއްދާގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) އަކީވެސް ބަންދުގައި ބެހެއްޓިދާނެކަން ބަޔާން ކުރާ މާއްދާއެކެވެ. އެ މާއްދާ ބުނާގޮތުން ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ނެތް ނަމަވެސް، މަތީގައި ބަޔާންކުރެވުނު ފަދަ ޙާލަތެއް އޮތް ނަމަ 15 ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދު ކުރެވިދާނެއެވެ.

އެހެން ނަމަވެސް, އެއީ ޖިނާއީ ބޮޑު ކުށެއް ނަމަ، އެކަށީގެންވާ ހެކި ނެތް ނަމަވެސް ފަނޑިޔާރަށް ލިބިދެނީ އިހުތިޔާރެކެވެ. އެއާއެކު އުފެދޭ ސުވާލަކީ ކުދި ކުށްތަކުގައި ބަންދު ކުރުން މަޖުބޫރު ވެފައި، ބޮޑެތި ކުށްތަކުގައި ފަނޑިޔާރަށް އިހުތިޔާރު އޮތުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ؟ ނުވަތަ ޤާނޫނުގެ އެ މާއްދާގެ ޙަޤީޤީ މަފްހޫމަކީ އެއީބާއެވެ؟

އެކަމުގެ ސަބަބުން ޝަރީއަތް ނިމެންދެން ބަންދުކޮށް "ވާނުވާ ޖަހާފައި" ތިބޭ މީހުންގެ އަދަދުތައްވެސް އިތުރުވެގެން ދިއުން އެކަށީގެންވާކަމަށް ޤާނޫނީ ވަކީލުން ބުނެއެވެ. އަދި މިއީ ޤާނޫނުގެ މަޤްސަދުތަކާވެސް ފުށުއަރާނެ ކަމަކަށް ވާނެކަން ޔަޤީނެވެ.

އޭގެއިތުރުން، "މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ޤާނޫނު" ގައިވެސް، ޤާނޫނުގެ މަޤްސަދަށް ބެލުމުގައި ޤާނޫނުގެ އިބާރަތްތަކާއި ޖުމުލަތައް ބޭނުން ކޮށްފައިވާ ގޮތަށް ބެލުމުގެ ބަދަލުގައި ޤާނޫނު ފާސް ކުރުމުގައި ގެންގުޅެފައިވާ މަޤްސަދު ދިރުވޭނެ ގޮތަކަށް ޤާނޫނު މާނަ ކުރުމަށް ބަޔާން ކޮށްފައި ވެއެވެ.

ޕީޖީ އޮފީހަށް ރައްދުވާ މި އިސްތިޢުނާފު މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ ލޯބިވެރިޔާއާ މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އެކަމުގައި ތުހުމަތު ކުރެވޭ މީހާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، ހެކިންނަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭތީ ޝަރީޢަތް ނިމެންދެން އޭނާ 'ކަސްޓޯޑިއަލް' ޖަލެއްގައި ބެހެއްޓުމަށް އެދި ކްރިމިނަލް ކޯޓަށް، ޕީޖީ އޮފީހުން ހުށައެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުގައި އޭރު އިސްތިޢުނާފު ކުރި މައްސަލައެކެވެ.

މި މައްސަލައިގެ ޙުކުމުގައި ފާހަގަވާ ދެވަނަ ކަމެއްގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބޮޑެތި ކުށްތަކުގެ ބަންދުގެ މުއްދަތު 15 ދުވަހަށްވުރެ އިތުރު ކުރެވޭކަމަށް ބަޔާން ކުރުމަށްފަހު، އެނޫން ބާވަތުގެ މައްސަލަތަކާއި މެދު ޤާނޫނު އެއްޗެއް ނުބުނެ ހުރުމުގެ މަފްހޫމެއްކަމުގައި ބެލެވެނީ ކުދި ކުށްތަކުގެ ތުހުމަތުކުރެވޭ ފަރާތްތައް ތަޙްޤީޤު މަރްޙަލާގެ ތެރޭގައި 15 ދުވަހަށްވުރެ އިތުރަށް ބަންދުވެފައި ނެތުންކަމަށް ބަޔާން ކޮށްފައި ވެއެވެ. އެކަމުގެ ސަބަބުންވެސް މައްސަލަތަކަށް އިންސާފު ލިބިދިނުމުގައި ހުރަހަކަށް މިވަނީ ވެފައެވެ.

ގެސްޓްހައުސްއެއްގެ ތެރޭގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު، ހެކި ހުރެވެސް ބަންދުން ދޫކޮށްލި މައްސަލަ ދާދި ފަހުން މިވަނީ ފެންމަތިވެފައިވެއެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއްވެސް ދަނީ އަމާޒުވަމުންނެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވީ ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ބަންދުގައި އިތުރަށް ބެހެއްޓެން ނެތްކަން ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް ދަށު ކޯޓުން ކަނޑައަޅާފައިވެއެވެ.

ވީއިރު، ޤާނޫނު އެއްޗެއް ނުބުނެ ހުރުމުގެ މަފްހޫމެއްކަމުގައި ބެލެވެނީ ކުދި ކުށްތަކުގެ ތުހުމަތުކުރެވޭ ފަރާތްތައް ތަޙްޤީޤު މަރްޙަލާގެ ތެރޭގައި 15 ދުވަހަށްވުރެ އިތުރަށް ބަންދުވެފައި ނެތުންކަމަށް ހައިކޯޓުން މާނަ ކުރުމުގެ ސަބަބުން ޤާނޫނީ މިފަދަ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމަށް މިވަނީ މަގުފަހިވެފައެވެ. ސަބަބަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ހައިކޯޓުން މާނަކުރިއިރު، މާނަ ކޮށްފައިވަނީ 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު، އިތުރު މުއްދަތެއް ދެވޭނީ ހަމައެކަނި ޖިނާއީ ބޮޑެތި ކުށްތަކުގައި އެކަނި ކަމަށެވެ.

އެހެން ނަމަވެސް، ޖިނާއީ ބޮޑު ކުށެއް ނޫން ނަމަވެސް، ޤާނޫނު "ސައިލެންޓް" ނޫންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަަނަ މާއްދާގެ (ށ) އާއި އެއާ ގުޅިގެން އަންނަ ނުކުތާތަކުން ސާފުކޮށް ދޭހަވާކަމަށް ޤާނޫނީ ފަރާތްތަކުން ބުނެއެވެ. އެގޮތުން ޖިނާއީ ބޮޑެތި ކުށްތަކާއި ކުދި ކުށްތަކުގައިވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމަ ބަންދުގައި ބެހެއްޓިދާނެކަން 60 ވަނަ މާއްދާގެ (ށ) އިން މާނަ ކުރެވެއެވެ.

އޭގެ އިތުރުން، 60 ވަނަ މާއްދާގެ (ބ) ގައި ވަނީ އެވަގުތު އެކަށީގެންވާ ހެކި ނެތް ޙާލަތުގައިވެސް، ކޮންމެސް ވަރަކަށް ހެކި ހުރިނަމަ، އަމަލު ކުރާނެ ގޮތްވެސް ބަޔާންކޮށްފައެވެ. އަދި އެމީހަކު އިތުރު މުއްދަތަކަށް ބަންދުގައި ބެހެއްޓޭނެ ޙާލަތްތައް އެ މާއްދާގެ (ޅ) ގައި ބަޔާން ކޮށްފައިވެއެވެ.

ވުމާއެކު، މިފަދަ ޙާލަތްތަކުގައި ޤާނޫނު "ހަނު ކަމަށް" ދެކިގެން ހައިކޯޓުން މާނަ ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ޤާނޫނީ ފަންނުގެ މާހިރުން ބުނެއެވެ. އަދި ހައިކޯޓުން ޤާނޫނު މާނަ ކުރުމުގައި ދިމާވެފައިވާ މި މައްސަލަތަކާއި ގުޅިގެން އެ ޙުކުމް މިހާރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

16 ސެޕްޓެމްބަރު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު