Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުން

ޓްރަމްޕަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި، ވިދާޅުވަނީ ހާލުކޮޅު ރަނގަޅުކަމަށް

ޓްރަމްޕުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވަނި އާންމު އަލާމާތްތައް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އޮކްޓޯބަރު 2020 | ހޮނިހިރު 04:25
ވޯލްޓަރ ރީޑް މެޑިކަލް ސެންޓަރަށް ޓްރަމްޕް ވަޑައިގަންނަވަނީ

ވޯލްޓަރ ރީޑް މެޑިކަލް ސެންޓަރަށް ޓްރަމްޕް ވަޑައިގަންނަވަނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އަސްކަރީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅުކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހޮސްޕިޓަލަށް ވަޑައިގެންނެވުމުގެ ކުރިން ޓްވިޓަރ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ހިފެހެއްޓުމެއް ނެތި ސަޕޯޓްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށާއި، ފަސްޓް ލޭޑީ މެލޭނިއާ ޓްރަމްޕުގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ. ޓްރަމްޕަށް ފަރުވާދެމުން ދަނީ ވޯލްޓަރ ރީޑް ހޮސްޕިޓަލުގައެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވީ ކިހިނެއް ކަމެއް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ޓްރަމްޕް ޓެސްޓުކުރީ އެމަނިކުފާނުގެ އެޑްވައިޒަރު ހޯޕް ހިކްސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. ހިކްސް ވަނީ ދާދި ފަހުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބަހުސް ބޭއްވި އޮހަޔޯއަށް ޓްރަމްޕާ އެކު އެއާފޯސް ވަންގައި ދަތުރުކުރައްވާފައެވެ.

ޓްރަމްޕުގެ ހާލުކޮޅާއި ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ ޓްރަމްޕުގެ ކިބައިން އަދި ފެންނަނީ ބަލީގެ އާދައިގެ އަލާމަތްތައް ކަމަށާއި ރައީސް ހުންނެވީ ވަރުގަދަ އަޒުމެއްގައި ކަމަށާއި ވަރަށް އަވަހަށް ބަލިން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޓްރަމްޕް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓްސް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް ކުރި ޓެސްޓުތަކުން ޓްރަމްޕުގެ އާއިލާގެ ބޭފުޅުން ބައްޔަށް ނެގެޓިވް ކަމަށް ދައްކައެވެ. ނަމަވެސް ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަ ކުރެވޭ ފަރާތްތައް އޮންނަ އުސޫލުގެ ތެރެއިން 10 ދުވަހު ކަރަންޓީނުގައި ތިބެން ޖެހެއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު