Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލުން

ޔުއެފާގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވައްދަނީ

2 އޮކްޓޯބަރު 2020 | ހުކުރު 17:13

ޔުއެފާއިން އިންތިޒާމުކުރާ ހުރިހާ މުބާރާތެއްގެ މެޗުތައް ބަލަންވެސް ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ

އަތޫފް އާތިފް
އަތޫފް އާތިފް | 2 އޮކްޓޯބަރު 2020 | ހުކުރު 17:13
ޔުއެފާ ސުޕަ ކަޕް މެޗުގެ ތެރެއިން: އެ މެޗު ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދި

ޔުއެފާ ސުޕަ ކަޕް މެޗުގެ ތެރެއިން: އެ މެޗު ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވެއްދި

ޔުއެފާއިން އިންތިޒާމުކުރާ މުބާރާތްތަކުގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑުތަކަށް ވައްދަން ނިންމައިފިއެވެ.

މި ނިންމުމާއެކު މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ޔޫރޮޕާ ލީގުގެ އިތުރުން ޔުއެފާގެ ބައިނަލްއަގުވާމީ މެޗުތައް ބަލަންވެސް ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެއެވެ.

ޔުއެފާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ މެންބަރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަދޭނަމަ، ޔުއެފާއިން އިންތިޒާމުކުރާ މެޗުތައް ބެލުމަށް ދަނޑުތަކުގެ ޖާގައިގެ 30 އިންސައްތައަށް ސަޕޯޓަރުންނަށް ވަދެވޭނެ ކަމަށެވެ.

ޔުއެފާ މި ނިންމުން ނިންމުމުގެ ކުރިން މިދިޔަ މަހު ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގެ ޕުސްކަސް އެރީނާގައި ކުޅުނު ޔުއެފާ ސުޕަ ކަޕް މެޗު ބަލަން 30 އިންސައްތަ ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ. ޔުއެފާއިން މީގެ ކުރިން މައުލޫމާތުދިން ގޮތުގައި ސުޕަ ކަޕް މެޗު ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދީ އެ އިދާރާއިން ތައްޔާރުކުރި "ޔުއެފާ ރިޓާން ޓު ޕްލޭ ޕްރޮޓޮކޯލް" ގެ އަޖުމަބެލުމަށް ކަމަށެވެ.

ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން ވިދާޅުވީ ޔުއެފާއިން އިންތިޒާމުކުރާ މުބާރާތްތަކުގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑުތަކަށް ވައްދަން ނިންމުމާއެކު، ކުލަބުތަކަށް މާލީ ގޮތުން ލުޔެއް ލިބިގެންދާނެ ކަމަށާއި، މި ނިންމުމަކީ ކުލަބުތަކަށް އަދި ސަޕޯޓަރުންނަށް ފައިދާވާނެ ގޮތަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. އެކަމަކު މިހެން ނިންމި ކަމުގައި ވިޔަސް، ދަނޑުތަކުގައި ހަރުކަށި އުސޫލެއް ހެދިގެންދާނެ ކަމަށާއި، އެ އުސޫލަށް ސަޕޯޓަރުންނާއި ކުލަބުތަކުން ތަބާވާން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޔުއެފާއިން ދަނޑުތަކަށް ސަޕޯޓަރުން ވައްދަން ނިންމިއިރު، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ޖަރުމަން ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ފްރެންޗް ލީގުގެ މެޗުތައް ކުޅެމުން އަންނަނީ ވަކި އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވައްދައިގެންނެވެ. އެކަމަކު އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގެ މެޗުތައް އަދިވެސް ކުޅެމުން އަންނަނީ ސަޕޯޓަރުންނާ ނުލައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް