Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދޮށީ އުމުރުގެ މީހުން

ދޮށީ އުމުރުގެ މީހުން ތިބޭ މަރުކަޒުގެ ޙާލަތާއި ވަސީލަތުގެ ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ: އެޗްއާރްސީއެމް

2 އޮކްޓޯބަރު 2020 | ހުކުރު 04:05

ކަމާއި ގުޅުންހުރި އިދާރާތަކުން ކަންކަން ތަންފީޒުވާންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 އޮކްޓޯބަރު 2020 | ހުކުރު 04:05
އުމުރުން ދުވަސްވީ މީހުންގެ ދުވަހެއް ފާހަގަކުރަމުންދަނީ 1 އޮކްޓޯބަރުގައި

އުމުރުން ދުވަސްވީ މީހުންގެ ދުވަހެއް ފާހަގަކުރަމުންދަނީ 1 އޮކްޓޯބަރުގައި

ދައުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުން ތިބޭ މަރުކަޒުގެ ޙާލަތާއި ވަސީލަތުގެ ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފި އެވެ.

އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދޮށީ އުމުރުގެ މީހުން ތިބޭ މަރުކަޒުގައި ބަލި މީހުނަށް ޚިދުމަތް ދޭން ތިބި ކެއާ ވޯކަރުން މަދުވުމުގެ ސަބަބުން އެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

މިކަންކަން ވީއެންމެ އަވަސް މުއްދަތެއްގައި ހައްލު ކޮށްދިނުމަށް ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވީ ނަމަވެސް މި ހުށަހެޅުންތައް ތަންފީޒުވެފައި ނުވާކަމީ ކޮމިޝަންގެ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

ނަމަވެސް ކ. ގުރައިދޫގައި ހުންނަ ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މަރުކަޒަށް ސާފު ފެން ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރެވުނު މަޝްވަރާތަކާއެކު ފެން ޕްލާންޓެއް ގާއިމުކޮށްދީ ފެން ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލު ކޮށްދީފައިވާކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަނިވެރިކަމާއި، އެހެން މީހުންގެ ފަރާތުން ލިބޭ އަޅާލުމާއި އެކުގައި ހޭދަކުރެވޭ ވަގުތު މަޑުމަޑުން މަދުވަމުން، ހިނދެމުން ނެތިގެންދާކަމުގެ ފިކުރާއި އިޙްސާސްތައް ކުރެވޭ މިންވަރު، މިފަދަ ބަލިމަޑުކަމެއްގެ ހާލަތުގައި، ދޮށީ އުމުރުގެ ފަރާތްތަކަށް އެތައް ގުނައެއް އިތުރުވެގެން ދާނެކަމީ، ހަމަ ކޮންމެ މީހަކުވެސް ވިސްނަން ޖެހޭ ކަމެކެވެ.

ދޮށީއުމުރުގެ މީހުންގެ ޙައްޤުތަކާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ މައްސަލަތަކަށް ބަލާއިރު، އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި އޯގާތެރިކަން ނުލިބުމާއި، ދޮށީ އުމުރުގެ މީހުންނާ މެދު އިހުމާލުވުމާއި، މުޖުތަމަޢުގައި ދޮށީ އުމުރުގެ މީހުންނަށް އިޙްތިރާމާއި ރައްކާތެރިކަން ނުލިބުމުގެ މައްސަލަތައް ހިމެނެއެވެ.

އެހެންކަމުން، ޢާއިލާއާއި މުޖްތަމަޢުގެ ފަރާތުން ދޮށީ އުމުރުގެ މީހުންނަށްދޭ ލޯތްބާއި އަޅާލުން އިތުރުކޮށް، އެފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުމަށް އިހުނަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް19 ގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށްވާއިރު، އެފަރާތްތަކުގެ ރައްކާތެރި ކަމަށް ޚާއްސަ އަހައްމިޔަތުކަމެއްދީ، ކަމާ ގުޅުންހުރި އިދާރާތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

މީގެ އިތުރުން، މުޖުތަމަޢުގެ އެކިކަންކަމުގައި ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީގެން ސިޔާސަތުތައް ބައްޓަން ކުރުމުގެ މުހިންމުކަން ވެސް އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އެމަރުކަޒުގެ ވަސީލަތްތައް ފުޅާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒު ކުރުމަށް ވަނީ އެދިފައެވެ.

ދޮށީ އުމުރުގެ މީހުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ލިބިދޭން ޖެހޭ ޙައްޤުތަކާ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި މެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތް ވެސް މިހާރަށް ވުރެ އިތުރު ކުރުމަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

22 ޖުލައި 2017

ރައްޔިތުން މަޑުންތިބޭ ނަމަ ސަލާންޖަހަން ޖެހޭ ދަރަޖައަށް ހިނގައިދާނެ: އާޒިމް

22 ޖުލައި 2017
ރައްޔިތުން މަޑުންތިބޭ ނަމަ ސަލާންޖަހަން ޖެހޭ ދަރަޖައަށް ހިނގައިދާނެ: އާޒިމް
21 ޖޫން 2017

ވާދޫ ހިއްސީ މަރުކަޒުގެ މުވައްޒަފުން ޓީބީއަށް ޓެސްޓްކުރަން ފަށައިފި

21 ޖޫން 2017
ވާދޫ ހިއްސީ މަރުކަޒުގެ މުވައްޒަފުން ޓީބީއަށް ޓެސްޓްކުރަން ފަށައިފި
09 ޖޫން 2017

ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

09 ޖޫން 2017
ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި
13 މެއި 2017

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި
07 މެއި 2017

އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

07 މެއި 2017
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ
12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް