Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސުރުހީ

ރައްޔިތުން މަޑުންތިބޭ ނަމަ ސަލާންޖަހަން ޖެހޭ ދަރަޖައަށް ހިނގައިދާނެ: އާޒިމް

ރައްޔިތުން މިއަދު ޖެހޭ އަޑު އުފުލަން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 22 ޖުލައި 2017 | ހޮނިހިރު 17:57
މެންބަރު އާޒިމް ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

މެންބަރު އާޒިމް ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ރައްޔިތުން މިއަދު މަޑުން ތިބޭ ކަމުގައިވާނަމަ ކަނޑަމުން ކަނޑަމުންގޮސް ސަލާންޖަހަން ޖެހޭ ދަރަޖައަށް ރައްޔިތުންގެ ހާލަތު ގޮސްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މެންބަރު އަލީ އާޒިމް ވިދާޅުވީ، މިއަދު މިފެންނަ މަންޒަރުތަކުން ފެނިގެންދަނީ، ރައްޔިތުންނަށް، ލިބިދޭންޖެހޭ ބައެއް ހިދުމަތްތަކުގެ އަގު ބޮޑު ކޮށް، ބައެއް ކަހަލަ އިނާޔަތްތައް އުނިކުރާ މަންޒަރު ކަމަށެވެ. އެގޮތުން ކަރަންޓް ސަބްސިޑީ ކަނޑާލުމާއި، ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ކަނޑާލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިކަން ކަމާ ބަސް ނުބުނާ ކަމުގައިވާ ނަމަ، މިހާރު ލިބޭ،އައިޑީ ކާޑަށް ބޭސްލިބުންވެސް ހުއްޓިގެން ގޮސް ރައްޔިތުން ސަލާންޖަހާ ހިސާބަށް ކަންކަން ގޮސްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

'' މި ގައުމު މިދަނީ ނުބައި މިސްރާބަކަށް. މިކަންކަމުން ސަލާމަތްވުމަށް ބަސްބުނަން ޖެހޭ. ސަރުކާރަށް އަޑުއިއްވާލަންޖެހޭ. ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރު ވައްޓާލުމަށް ވިސްނުމުގައެއް ނޫން. އެކަމަކު މިކުރާ ކަންްކަމުގެ އަޑު އުފުލަންޖެހޭ." އާޒިމް ވިދާޅުވި އެވެ.

ރަައްޔިތުންނަށް މިސަރުކާރަށް ތާއީދު ނުކުރާކަންވެސް ހާމަކުރެވޭނެ ފުރުސަތު ނެތް ކަމަށާއި އެހެން ނަމަވެސް މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުންވެސް ރައްޔިތުން ސަރުކާރާމެދު ދެކޭ ގޮތް ވަރަށް ސާފުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން ވެސް ސަރުކާރަށް ގަބޫލެއް ނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމު ވިދާޅުވީ، މިއަދު ރައްޔިތުންގެ އެތައް ހައްގެއް ނިގުޅައިގަނެފައިވާ މަންޒަރު ފެންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ގައުމެއް ކުރިއަރައިގެންދާނީ މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމުގެ ފުރުސަތު ލިބިގެން ކަމަށާއި މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަކީ ދައުލަތުގެ ހުއްދައެއް ލިބުމަކާ ނުލައި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަަމަށެެވެ. އެހެން ނަމަވެސް އެމަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ރައްޔިތުން މަޑުން ނުތިބެ ނުކުންނަން ޖެހޭ ކަމަށާއި 24 ވަނަ ދުވަހު ބާއްވާ އެއްވުމުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކުން ރައްޔިތުން އެއްވާން ޖެހެނީ މި ސަބަބު ތަކަށްޓަކާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ރާއްޖޭގެ ހާލަތު ފެންނަނީ ހުދުމުހުތާރު ވެރިކަމެއް ހިންގުމާ ދިމާލަށްދާ މަންޒަރު ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން ރައްޔިތުން ނިކަމެތި ކުރަމުންގެންދާ ކަމަށެވެ.

ރައީސް ޔާމީނަކީ ހުދުމުހުތާރު ވެރިއެއް ކަމަށް ބުނެ މިސާލު ޖައްސަވަމުން އާޒިމް ވިދާޅުވީ، މިއަދު ރައީސް ޔާމީނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މިނިސްޓަރެއް ނެތް ކަމަށާއި ކަމެއް ގޯސްކޮށް ހިނގާ އިރު އެކަމުގެ ވާހަކަދައްކަން ކެރޭ ވަރުގެ ގާތް ބޭފުޅެއްވެސް ނެތް ކަމަށެވެ. މިއަދު ރާއްޖެއިން ފެންނަނީ އެކަމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ކެބިނެޓްގެ ތެރޭގައިވެސް ނެތް ރައީސް ޔާމީނާއި ދެކޮޅަށް ބަހެއް ބުނަންކެރޭ އެއްވެސް މީހަކު ނެތް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްޗެއް ބުނަން ކެރެނީކީ ނޫން. ސްޓޭޓް މިނިސްޓަރަކަށް ކެރެނީކީ ނޫން. ހަމަޔަގީނުންވެސް ސަރުކާރުގެ ތެރެއިން ގޯސްކޮށް ކަންކަން ހިނގާ. އެކަމަކު އެވާހަކަ ދައްކާނެ މީހެއް ނެތް. ނިކަން ބައްލަވާ އެންމެ އަރިހުގައި ތިބި ސިޔާސީ ލަފާ ދެއްވަން ތިބޭ މީހުން. އެދެ ބޭފުޅުންނަކީ އަނިލް އާއި އާޒިމާ ޝަކޫރު. އާޒިމާ ޝަކޫރަކީ އަޅުގަނޑުމެން ގަބޫލު ކުރަންވާނެ މިރާއްޖެއަށް އެންމެ ބޮޑު ހިޔާނާތްވެފައިވާ ފަރާތް. ޖީއެމްއާރް މައްސަލައިގައި އެގްރީމެންޓް އުވާލައިގެން ރާއްޖެއަށް ގެއްލުމެއް ނުވާނެއޭ. އުފެދުމުގައިވެސް ބާތިލް އެގްރީމެންޓެކޭ ކިޔަވާފަ ވަނީ. އޭގެ ނަތީޖާއަކަށްވީ ކިތަށް މިލިއަން ޑޮލަރުތޯ ދިވެހި ސަރުކާރުން ދައްކަންޖެހުނީ." އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު