Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ސުޕަ ކަޕް

ބަޔާނުން ޖަރުމަން ސުޕަ ކަޕުވެސް ކާމިޔާބުކޮށްފި

1 އޮކްޓޯބަރު 2020 | ބުރާސްފަތި 03:39

ޑޯޓްމުންޑުގެ މައްޗަށް ބަޔާން ކުރިހޯދީ 3-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 03:39
ބަޔާނުން ޖަރުމަން ސުޕަ ކަޕްގެ ތަށި ހިއްލާލަނީ

ބަޔާނުން ޖަރުމަން ސުޕަ ކަޕްގެ ތަށި ހިއްލާލަނީ

ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ޖަރުމަން ސުޕަ ކަޕާއެކު ބަޔާނުން މި ސީޒަނުގައި މިހާތަނަށް ދެ ތަށި ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމުން ވަނީ ދާދި ފަހުން ޔޫރަޕުގެ ސީޒަން ހުޅުވާ މެޗު ކަމަށްވާ ޔުއެފާ ސުޕަ ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އަދި ޖަރުމަން ސުޕަ ކަޕަކީ ބަޔާނުގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ހަންސީ ފްލިކުގެ ފަސްވަނަ ކާމިޔާބީއެވެ. އެގޮތުން ބަޔާނުން ވަނީ މިދިޔަ ސީޒަނުގެ ޖަރުމަން ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޖަރުމަން ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އަލިއަންޒް އެރީނާގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑުގެ މައްޗަށް ބަޔާން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޮރެންޓިން ޓޮލީސޯއެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ތޯމަސް މުލާ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.

ބަޔާނުން މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ޑޯޓްމުންޑުން ވަނީ ފަހަތު އަރައި ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޫލިއަން ބްރަންޓް ވަނީ ޑޯޓްމުންޑަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އާލިން ހާލަންޑް ވަނީ ޑޯޓްމުންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ބަޔާން މޮޅުވީ މެޗެ ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޖޯޝުއާ ކިމިޗް ކާމިޔާބުކުރި ލަނޑުންނެވެ.

ބަޔާނުން މި ސީޒަނުގެ ޖަރުމަން ސުޕަ ކަޕް ކާމިޔާބުކުރިއިރު، ފްލިކުގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރިކޯޑު އޮތް ބަޔާން ވަނީ މެޗަކުން ބަލިނުވެ 32 މެޗު ހަމަކޮށްފައެވެ. ބަޔާނުގެ މި ރިކޯޑަށް ނިމުން އައީ ޖަރުމަން ސުޕަ ކަޕުގެ ކުރިން ޖަރުމަން ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ހޮފެންހައިމް އަތުން ބަލިވުމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި
09 އެޕްރީލު 2017

ޗައިނީޒް ގްރޭންޑް ޕްރިކްސް ހެމިލްޓަން ކާމިޔާބުކޮށްފި

09 އެޕްރީލު 2017
ޗައިނީޒް ގްރޭންޑް ޕްރިކްސް ހެމިލްޓަން ކާމިޔާބުކޮށްފި
09 އެޕްރީލު 2017

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
30 މާރިޗު 2017

ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި

30 މާރިޗު 2017
ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި
19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް