Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭއެސްލެވެލް އިމްތިހާން

އޭލެވެލް އިމްތިހާން ހަދާ ކުދިންނަށް މިނިސްޓަރުގެ އިލްތިމާސް: ކޮންޓްރޯލްގައި އޮތީ އިމްތިހާނަށް ތައްޔާރުވުން، އެކަމާމެދު ވިސްނާ ރަނގަޅަށް ތައްޔާރުވޭ

1 އޮކްޓޯބަރު 2020 | ބުރާސްފަތި 07:00

އެންމެ މުހިންމު ކަމަކީ ތިމާގެ އިޚުތިޔާރުގައިނެތް ކަމަކަށް ހާސްވެ ކަންބޮޑުނުވުން ކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 07:00
އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

އަންނަ ހަފްތާގެ ހޯމަ ދުވަހު އޭއެސްލެވެލް އިމްތިހާން އޮންނައިރު އެއިމްތިހާންގައި ބައިވެރިވާ ކުދިންނަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އެކުދިން ހާސްވެ ކަންބޮޑުނުވުމަށް ވިދާޅުވެ ޚާއްސަ މެސެޖެއް ދެއްވައިފި އެވެ.

ބުދަ ދުވަހުގެ ރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ އިމްތިހާން ހެދުމަށް ތައްޔާރުވަމުންދާ ކުދިންނަށް ވިދާޅުވީ އާންމުކޮށް ވެސް އިމްތިހާނަކަށް ތައްޔާރުވުމަކީ ދަރިވަރުން ހާސްވެ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިފަހަރު ޕެންޑަމިކެއްގެ ތެރެއިން ކުދިން އިމްތިހާން ހަދާއިރު އެކަމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ޕްރެޝަރާއި ކަންބޮޑުވުންތައް ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ އާންމު ކަމެއްގެ ގޮތުގައި ނެގުމަށް މިނިސްޓަރ ކުދިންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

އިމްތިހާން ހަދާ ދަރިވަރުންނެކޭ އެއްފަދައިން އެހެން ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ ތެރޭގައި ވެސް މިކަމުގެ ހާސްވުންތަކާއި ކަންބޮޑުވުންތައް އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިކަންކަމުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ތިމާގެ އިޚުތިޔާރުގައި ނެތް ކަމަކަށް ހާސްވެ ކަންބޮޑުނުވުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އިމްތިހާން ހަދާއިރު މިފަހަރު ކުދިންނަށް ޕީޕީއީ ލައިގެން ތިބި އިންވިޖިލޭޓަރުން ފެންނާނެ ކަމަށާއި ކުރީގައި އިމްތިހާން ހޯލަކުން ނުފެންނަ ކަންކަން މިފަހަރު ފެންނާނެ ކަމަށެވެ. އެހެންނަމަވެސް އެ ފިޔަވަޅުތައް އަޅާފައިވަނީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ ދަރިވަރުން ސްޓްރެސްގެ ތެރެއަށް ވައްޓާނުލުމަށް ބެލެނިވެރިން ކިބައިން ވެސް އެދިވަޑައިގަންފައެވެ. އެގޮތުން އެކުދިން ހާސްވެ ކަންބޮޑުވާފަދަ ކަންކަން ނުކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ. އެކުދިންނަށް މިހާލަތުގައި އެހީތެރިވުމަށް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ބާއްވާ ބޮޑެތި އިމްތިހާންތައް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އޭއެސްލެވެލް އިމްތިހާން ބޭއްވުމަށް އެޑިޔުކޭޝަން ނިންމިއިރު އިމްތިހާން ކުރިޔަށްދާ ހޯލްގައި ކަންކަން ކުރިޔަށްދާނެ ގޮތުގެ އެސްއޯޕީތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. އަދި ކަރަންޓީނުވާންޖެހޭ ކުދިންނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދަރިވަރުންނަށް ވަކިން އިމްތިހާން ހެދޭނެ އިންތިޒާމު މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
14 މާރިޗު 2017

އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް

14 މާރިޗު 2017
އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
19 ފެބުރުއަރީ 2017

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް