Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބާބްރީ މިސްކިތުގެ މައްސަލަ

ހެކި ނެތުމުގެ ސަބަބުން ބާބްރީ މިސްކިތް މައްސަލާގައި ދައުވާ ކުރި ބީޖޭޕީގެ ލީޑަރުން ސަލާމަތް ވެއްޖެ

މިސްކިތް ތަޅާލާފައިވަނީ ހަރުކަށި ހިންދޫންގެ ގިނަ ބަޔަކު އެއްވެގެން 1992 ވަނަ އަހަރު

އަތޫފް އާތިފް
އަތޫފް އާތިފް | 30 ސެޕްޓެމްބަރު 2020 | ބުދަ 19:57
އިންޑިއާގެ އަޔޯދިޔާގައި ހުންނަ ބާބްރީ މިސްކިތް

އިންޑިއާގެ އަޔޯދިޔާގައި ހުންނަ ބާބްރީ މިސްކިތް

މީގެ 28 އަހަރު ކުރިން އިންޑިއާގެ އަޔޯދިޔާގައި ހުންނަ ބާބްރީ މިސްކިތް ތަޅާލި މައްސަލާގައި ބީޖޭޕީގެ ތިން ލީޑަރެއްގެ މައްޗަށް އިންޑިއާގެ ސްޕްރީމް ކޯޓުގައި ކުރި ދައުވާ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ސާބިތުނުވާ ކަމަށް ކޯޓުން ނިންމާފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަޔޯދިއާގައި ހުރި ބާބްރީ މިސްކިތް ތަޅާލާފައިވަނީ ހަރުކަށި ހިންދޫންގެ ގިނަ ބަޔަކު އެއްވެގެން 1992 ވަނަ އަހަރުއެވެ. ހަރުކަށި ވިސްނުމުގެ ހިންދޫން 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ތަޅާލީ އެތަނަކީ އެމީހުންގެ ކަލާންގެއެއް އުފަންވީ ތަނެއް ކަމަށް ބުނުމުގެ އިތުރުން އެތަނުގައި ކުރިން ހުރީ ފައްޅިއެއް ކަމަށް ބުނަމުންނެވެ.

ބާބްރީ މިސްކިތުގެ މައްސަލަ ބެލުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން އެ މައްސަލައިގެ ޝަރީއަތް އަލުން ހިންގުމަށް އަންގާފައިވަނީ 1993 އަހަރު ބީޖޭޕީގެ ލީޑަރުން ކަމަށްވާ ލާލް ކްރިޝްނާ އަދުވާނީ، މުރުލީ މަނޯހަރު ޖޯޝީ، އުމާ ބާރްތީ އާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކެވެ.

މީގެ އިތުރުން އޭރު އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރަކަށް ހުންނެވި ކަލިޔަން ސިންގް މައްޗަށްވެސް ދައުވާކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އޭނާއަކީ މިވަގުތު ރާޖަސްތާނުގެ ގަވަރުނަރު ކަމަށްވާތީ، ކަލިޔަންގެ ޝަރީއަތް ކުރިއަށް ގެންދަން އަންގާފައިވަނީ ގަވަރުނަރުގެ ދައުރު ހަމަވުމުންނެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
01 ޖޫން 2017

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު