Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޕޮމޭޝަން ކޮމިޝަނަރ

މައުލޫމާތު ހިފެހެއްޓުމުގެ ވިސްނުމެއް ފުލުހުންގެ ނެތް: އިންފޮމޭޝަން ކޮމިޝަނަރ

29 ސެޕްޓެމްބަރު 2020 | އަންގާރަ 17:33

ފުލުހުންގެ މުއައްސަސާއިން ރަނގަޅުކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 17:33
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދުއާ ބައްދަލުކުރައްވަނީ

އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދުއާ ބައްދަލުކުރައްވަނީ

ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ހިފެހެއްޓުމުގެ ވިސްނުމެއް ނެތް ކަމަށާއި ވިސްނުން ހުރީ ކަންކަން ރަނގަޅުކޮށް މަހޯލި ދާއިރާ ތަރައްޤީ ކުރުމަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (މަހޯލި ޤާނޫނު) ތަންފީޒުކުރުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންނާއި، ފުލުހުންގެ މުއައްސަސާއިން ރަނގަޅު ކުރަން ޖެހޭ ކަމަށް ފެންނަ މުހިންމުކަންކަމާ ގުޅޭ ގޮތުން ފިޔާޒު ވަނީ އަންގާރަ ދުވަހު ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދުއާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ، ދައުލަތުގެ އިދާރާއަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ އެއްގޮތަށް އަމަލުނުކުރުމުން އެ މައްސަލަ ޕޮލިހަށް ފޮނުވަން ޖެހޭ މަރުހަލާއެއް ޤާނޫނުގައި އޮތް ކަމަށާއި، އެފަދަ މައްސަލަތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައި، އަވަހަށް ނިންމަވައި ދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިހާރު ވެސް ރައްޔިތުންނާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތަކެއް އަމިއްލަ އިސްނެގުމަށް ފުލުހުން ހާމަކުރާ ކަމަށާއި، ހާއްސަކޮށް ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ފުލުހުންގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ ގޮތަށް ބަދަލު ކުރުމާއި، އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ދެމުން ދިޔަކަން ފާހަގަ ކުރެވުނު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ.

ފުލުހުންގެ ޤާނޫނާއި ގަވާއިދުތަކުގެ އިތުރުން، ގައިޑްލައިންތައް ނުވަތަ ކަންކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ރައްޔިތުންނަށް ހާމަކޮށްފައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި، މައުލޫމާތު ހާމަ ކުރުމަކީ، ހިންގުން ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަހޯލި ޤާނޫނަށް ފުލުހުން އިތުރަށް އަހްލުވެރި ކުރުވުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވިއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރަކީ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވާތީ، މީޑިއާތަކަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުމުގައި ދަތިތައް ކުރިމަތިވާކަމުގެ ކަންބޮޑުވުން ނޫސްވެރިން ހިއްސާ ކުރައްވާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ދާއިރާއިން ފުލުހުންގެ މުއައްސަސާ މިހާރަށް ވުރެ ވެސް ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި، މައުލޫމާތު ނުދީ ހިފެހެއްޓުމަކީ ފުލުހުންގެ ސިޔާސަތެއް ނޫން ކަމަށާއި، މީޑިއާތަކާއެކު ވީހާވެސް ގާތްކޮށް މަސައްކަތް ކުރެއްވުމަކީ ސިޔާސަތު ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް