Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ނޮޅިވަރަމްގެ މޮނިޓަރިންގ އުވާލައިފި

ނޮޅިވަރަމް މޮނިޓަރިންގ އަށް ލާފައިވަނީ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 03:33
ހދ. ނޮޅިވަރަމް

ހދ. ނޮޅިވަރަމް

ހދ. ނޮޅިވަރަމްގެ މޮނިޓަރިންގ ގެ ހާލަތު އުވާލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވީ އެ ރަށް މޮނިޓަރިންގ ގެ ހާލަތު އުވާލާފައިވަނީ ހޯމަ ދުވަހުގެ ރޭ ގައި ކަމަށެވެ.

Advertisement - newsAdvertisement

ނޮޅިވަރަމްގެ މޮނިޓަރިންގެ ގެ ހާލަތު އުވާލުމުން މިވަގުތު މޮނިޓަރިންގ ގައި އަތޮޅުތެރެއިން އޮތީ ގދ ހޯނޑެއްދޫ އެކަންޏެވެ. އެރަށުން 45 މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓުވި މީހުންގެ އަދަދު 200ށް ވުރެ ގިނައެވެ.

ހދ ނޮޅިވަރަމްގެ މޮނިޓަރިންގ ގެ ހާލަތު އުވާލާފައިވާއިރު ހދ. ކުޅުދުއްފުށީގެ މޮނިޓަރިންގ ގެ ހާލަތު ވެސް ވަނީ އުވާލާފައެވެ.

ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފައިވަނީ މިސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ އެރަށުގައި އޮންނަ މާލެ ދަތުރުކުރާ ބޯޓެއް ކަމުގައިވާ ފާޅު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އެބޯޓު ނޮޅިވަރަމަށްވެސް ގޮސްފައިވާތީ ހަމަ އެދުވަހު ނޮޅިވަރަމްވެސް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ އެދެރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެވުނީ ކޮންޓެކްޓް ޓްރޭސިންގ ގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

ކުޅުދުއްފުށި ސިޓީން ފާޅު ބޯޓުގެ ކެޕްޓަން އަދި އެ ބޯޓުގެ އިތުރު ދެ ފަޅުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އާދީއްތަ ދުވަހު އެ ބޯޓުގެ ފަޅުވެރިއަކާއި ޑައިރެކްޓް ކޮންޓެކްޓްވުމުގެ ސަބަބުން އެކަހެރިކޮށްފައިވާ މީހެއްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އެ ސިޓީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ކުޅުދުއްފުށީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5ށް އަރާފައެވެ.

އެޗްޕީއޭގެ މައުލޫމާތުތައް ދައްކާ ގޮތުން ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަލާމާތް ފެނިގެން ޕޮޒިޓިވްވި 3 މީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި މީހަކާއި ކަރަންޓީންގައި ހުރި މީހެކެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2018

ވަކީލު ހަސީންގެ ސަސްޕެންޝަން އުވާލައިފި

16 ޖެނުއަރީ 2018
ވަކީލު ހަސީންގެ ސަސްޕެންޝަން އުވާލައިފި
28 ޑިސެމްބަރު 2017

ހުއްދަ ނުހޯދައި ޑިޕްލޮމެޓުންނާއި ބައްދަލުކުރުން މަނާކުރި ސާކިއުލަރ އެންމެ ފަހުން އުވާލައިފި

28 ޑިސެމްބަރު 2017
ހުއްދަ ނުހޯދައި ޑިޕްލޮމެޓުންނާއި  ބައްދަލުކުރުން މަނާކުރި ސާކިއުލަރ އެންމެ ފަހުން އުވާލައިފި
15 ޑިސެމްބަރު 2017

ނޮޅިވަރަމްގެ ޒުވާނަކު ގެނބިގެން މަރުވެއްޖެ

15 ޑިސެމްބަރު 2017
ނޮޅިވަރަމްގެ ޒުވާނަކު ގެނބިގެން މަރުވެއްޖެ
13 ނޮވެމްބަރު 2017

އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

13 ނޮވެމްބަރު 2017
އިތުރު ތިން ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި
12 ނޮވެމްބަރު 2017

ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި

12 ނޮވެމްބަރު 2017
ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު