Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އޮސްޓްރޭލިޔާގެ ހާލަތު

ކޮވިޑް-19 ކޭސްތައް މަދުވުމާއެކު އޮސްޓްރޭލިޔާގެ ވިކްޓޯރިއާގައި ލުއިތައް ދެނީ

27 ސެޕްޓެމްބަރު 2020 | އާދީއްތަ 08:48

ފާއިތުވި 24 ގަޑިއިރު އެސްޓޭޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 16 މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ސެޕްޓެމްބަރު 2020 | އާދީއްތަ 08:48
އޮސްޓްރޭލިޔާ

އޮސްޓްރޭލިޔާ

އޮސްޓްރޭލިޔާގައި އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްތައް ފެނުނު އެގައުމުިގެ ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ސްޓޭޓްކަމުގައިވާ ވިކްޓޯރިއާގައި ކޭސްތައް ފެންނަ މިންވަރު ދަށަށްގޮސްފައިވުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭނެކަމަށް އެގައުމުން ބުނެފިއެވެ.

އެގޮތުން އިޖުތިމާއީ ގައިދުރުކަން ގެންގުޅުމާއި ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭނެކަމަށް އެގައުމުން ވަނީ ބުނެފައެވެ. އޮސްޓްރޭލިޔާގައި ވަކިން ޚާއްސަކޮށް ވިކްޓޯރިއާގައި ކޮވިޑް-19 ގިނަ ބަޔަކަށް ޖެހެން ފެށުމާއެކު އޮގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން އެސްޓޭޓް ވަނީ ލޮކްޑައުންކޮށްފައެވެ. ފާއިތުވި 24 ގަޑިއިރު އެސްޓޭޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ.

މީގެ ކުރިން ދުވާލެއްގެ މައްޗަށް 700ށް ވުރެ ގިނަ މީހުންނަށް އެ ސްޓޭޓުން ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. އެ ސްޓޭޓްގެ ޕްރިމިއަރ ޑެނިއަލް އެންޑްރޫ ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަގުތުން އުވާލެވޭނެކަމަށެވެ. އެގޮތުން ރޭގަނޑު ގަޑީގައި އިއުލާންކޮށްފައިވާ ކާފިއު އުވާލެވޭނެކަމަށް ޑެނިއަލް ވިދާޅުވިއެވެ.

ވިކްޓޯރިއާ ސްޓޭޓުން މީގެ ކުރިން ބުނެފައިވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ނޮވެމްބަރ މަސް ނިމެންދެން އޮންނާނެ ކަމަށެވެ. ނަމަވެސް ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ދަށަށްދާ ނިސްބަތަށް ބަލާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މިހާރު އަންނަނީ ވިސްނަމުންނެވެ.

ޑެނިއަލް ވިދާޅުވީ ކުރިން އަންދާޒާކުރި ވަރަށް އަވަހަށް ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ވައިރަސް އެއްކޮށް ނައްތާލެވުނީ ނޫން ކަމަށް ވިދާޅުވިއެވެ.

ވިކްޓޯރިއާގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައްމދޭން ނިންމި އެއް ސަބަބަކީ އިގްތިޞާދީ ގޮތުން ލިބެމުން އަންނަ ގެއްލުންތަކެވެ. އޮސްޓްރޭލިޔާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ ލޮކްޑައުންކުރުމާއި ގުޅިގެން އެގައުމުގެ އިގްތިޞާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިގްތިޞާދު ދަށަށް ގޮސްފައިވާއިރު ވަޒީފާ ނެތް މީހުންގެ ނިސްބަތްވަނީ 10 އިންސައްތައަށް ވުރެ މަތިވެފައެވެ.

ވިކްޓޯރިއާ ސްޓޭޓްގެ އިގްތިޞާދު އަލުން ކޮޅަށް ޖެހުމަށްޓަކައި އެ ސްޓޭޓްގައި މަސައްކަތްކުރާ 127،000 މަސައްކަތްތެރިން އަނބުރާ މަސައްކަތަށް ހޯމަ ދުވަހު ނިކުންނާނެ ކަމަށް އެސްޓޭޓުން ވަނީ ބުނެފައެވެ. ވައިރަސް ފެތުރެން ފެށުމާއެކު އެޅި ފިޔަވަޅުތަކާއެކު ދެވަނަ ވޭވެއް އެ ގައުމަށް އައުމުން ވަނީ ސަލާމަތްވެފައެވެ.

އޮސްޓްރޭލިޔާގެ އެންމެ އާބާދީ ބޮޑު ނިއު ސައުތު ވޭލްސް އިން އާދިއްތަ ދުވަހު އެއްވެސް މީހަކަށް ކޮވިޑް-19 ޖެހިފައިނުވެއެވެ. މިއީ ތިން މަހުގެ ތެރޭގައި މިގޮތަށް ރިކޯޑް ކުރެވުނު ފުރަތަމަ ދުވަހެވެ.

އޮސްޓްރޭލިޔާގައި މިހާތަނަށް އައިއިރު 27،000 މީހުންނަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު 872 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 މެއި 2020

ގައުމުތަކުން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ގެ ކޭސްތައް ތަހުގީގުކުރުމަށް ޑަބްލިޔުއެޗްއޯއިން އެދެފި

06 މެއި 2020
ގައުމުތަކުން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ގެ ކޭސްތައް ތަހުގީގުކުރުމަށް ޑަބްލިޔުއެޗްއޯއިން އެދެފި
04 މެއި 2020

ޗައިނާއިން ކޮވިޑް19 ރިޕޯޓްކުރުމުގެ ކުރިން ފްރާންސުން ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް!

04 މެއި 2020
ޗައިނާއިން ކޮވިޑް19 ރިޕޯޓްކުރުމުގެ ކުރިން ފްރާންސުން ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް!
03 މެއި 2020

ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!

03 މެއި 2020
ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!
24 އެޕްރީލު 2020

ކޮވިޑް19 އަށް ޓްރަމްޕް ހުށައެޅުއްވި ފަރުވާ: ޔޫވީ އަލި ނުވަތަ ޑިސްއިންފެކްޓަންޓް ގައިގެ ތެރެއަށް ފޮނުވުން

24 އެޕްރީލު 2020
ކޮވިޑް19 އަށް ޓްރަމްޕް ހުށައެޅުއްވި ފަރުވާ: ޔޫވީ އަލި ނުވަތަ ޑިސްއިންފެކްޓަންޓް ގައިގެ ތެރެއަށް ފޮނުވުން
09 އެޕްރީލު 2020

ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރެވޭ މިންވަރު އަނެއްކާވެސް އިތުރުވެއްޖެ

09 އެޕްރީލު 2020
ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރެވޭ މިންވަރު އަނެއްކާވެސް އިތުރުވެއްޖެ
21 މާރިޗު 2020

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް

21 މާރިޗު 2020
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް
12 ޑިސެމްބަރު 2019

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: ބައެއް ސީޓީތަކުގެ ވައި ނުސާފުވެއްޖެ

12 ޑިސެމްބަރު 2019
އޮސްޓްރޭލިޔާގެ އަލިފާންގަނޑު: ބައެއް ސީޓީތަކުގެ ވައި ނުސާފުވެއްޖެ
03 ޑިސެމްބަރު 2019

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: އަނދާހުލިވި ގޭގެ ބައިތައް ހިފައިގެން މަޖިލިސް އިދާރާ ކުރިމައްޗަށް!

03 ޑިސެމްބަރު 2019
އޮސްޓްރޭލިޔާގެ އަލިފާންގަނޑު: އަނދާހުލިވި ގޭގެ ބައިތައް ހިފައިގެން މަޖިލިސް އިދާރާ ކުރިމައްޗަށް!
16 އެޕްރީލު 2019

މި އަހަރުގެ ފުރަތަމަ ތިން މަހު މީސްލްސް ކޭސްތައް ރިޕޯޓްކުރެވުނު އަދަދު ތިންގުނަ އިތުރު: ޑަބްލިއުއެޗްއޯ

16 އެޕްރީލު 2019
މި އަހަރުގެ ފުރަތަމަ ތިން މަހު މީސްލްސް ކޭސްތައް ރިޕޯޓްކުރެވުނު އަދަދު ތިންގުނަ އިތުރު: ޑަބްލިއުއެޗްއޯ
03 ޑިސެމްބަރު 2017

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ

03 ޑިސެމްބަރު 2017
އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް