Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް

އަމާޒަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވެރިންނަކީ ދިވެހިންނަށް ހެދުން: ޑރ. މައުސޫމް

27 ސެޕްޓެމްބަރު 2020 | އާދީއްތަ 03:58

އަމާޒަކީ މިދާއިރާއާއި ގުޅުންހުރި ހުރިހާ ތަނެއްގެ ހިންގުމުގައި ދިވެހިން ތިބުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 ސެޕްޓެމްބަރު 2020 | އާދީއްތަ 03:58
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ވެރިންނަކީ ދިވެހިން ކަމުގައި ހެދުމަކީ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މިއަދުވެސް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ސަފުގައި ގިނަ ދިވެހިން އެބަތިބި ކަމަށާއި އެހެންނަމަވެސް އަމާޒަކީ މިދާއިރާއާއި ގުޅުންހުރި ހުރިހާ ތަނެއްގެ ހިންގުމުގައި ދިވެހިން ތިބުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ސަފާރީތަކާއި، ރެސްޓޯރަންޓްތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓްތަކުގެ ހިންގުމުގައި ދިވެހިން ތިބެން ޖެހޭ ކަމަށާއި އަދި އެފުރުޞަތުތައް ދިވެހިންނަށް މަގުފަހިކޮށްދިނުމަށް ބޭނުންފުޅުވެލައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ކެރިގެން މިކަމަށް ކުރިމަތިލައިގެން ތިބި ކުދިންނަކީ ތަޖްރިބާގެ ގޮތުގައި ވަރަށް މޮޅެތި ކުދިންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ ކުދިންނަށް އެކަށީގެންވާ ރަނގަޅު ކުއަލިފިކޭޝަންއެއް ލިބޭނެ މަގު ފަހި ކުރުމަށް މިނިސްޓްރީން އިސްނަގައިގެން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހިން އަދާކުރާ ހިތްވާ ބޮޑެތި ވަޒީފާތަކަށް ދިއުމަށް މިނިސްޓަރ ވަނީ ބާރުއަޅުއްވާ ވާހަކަދައްކަވާފައެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ފަތުރުވެރިކަމާއި ރަށްރަށުގެ ތަރައްޤީ" އަކީ ރައީސް ސޯލިޙްގެ ރިޔާސީ ވައުދުތަކާއި ވަރަށް ގުޅޭ ޝިއާރަކަށްވާއިރު މިކަން ހާސިލްކުރެވޭނީ މިދާއިރާއާއި ގުޅުންހުރި ދާއިރާތަކުން ފުރިހަމައަށް މިކަމުގެ ތެރެއަށް ވަދެވިގެން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ގެސްޓްހައުސްތަކާއި، ރެސްޓޯރަންޓްތަކާއި، ސަފާރީތަކާއި، ދަނޑުވެރިންނާއި، ފަންނާނުންނާއި އަދި ދާއިރާއާއި ގުޅުން ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ރަށްތަކަށް ވެސް މިކަމުން މަންފާލިބި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ މަގުފަހިވެގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުޅި ދުނިޔެ ބަންދުވެފައި އޮތް ދަނޑިވަޅެއްގައި މިދިޔަ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވަން ނިންމި ނިންމެވުމަކީ ރައީސް ސޯލިހު ނިންމެވި ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށާއި މިފަދަ ނިންމުމެއް ނިންމާފައިވަނީ ވެސް އިންޑަސްޓްރީގެ މީހުންނާއި އެކު ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އޮތުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބޯޑަރު ހުޅުވާލި ނަމަވެސް ސަރުކާރުން އެންމެ ބޮޑަށް ބަލަނީ ރައްޔިތުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި ރާއްޖެ މިއޮތީ ފަތުރުވެރިކަމުގެ ދާއިރާއައިން ދުވަހަކުވެސް ނުދެކޭ ހީނަރުކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.

މިކަމުން އަރައިގަތުމުގެ މަސައްކަތް މިއަދު މިއޮތީ މެކެހަށް ޖަހާފައި ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ތަފާތު އެތައް ގައުމުތަކުން ފަތުރުވެރިން ރާއްޖެ އަންނަ އިރު، ކޮވިޑް ނެގެޓިވް ރިޒަލްޓް އޮތުން ލާޒިމް ކުރުމަކީ އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އެންމެ ހިނގާ

1

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

2

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް