Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާފިއު ގަޑީގައި ބޭރުތެރޭގައި އުޅުން

ފުލުހުންގެ އިލްތިމާސެއް. ކާފިއު ގަޑީގައި ކަސްރަތު ކްލާސް ބާއްވާނަމަ ފިޔަވަޅު އަޅާނަން!

27 ސެޕްޓެމްބަރު 2020 | އާދީއްތަ 04:02

ކާރފިއު އިއުލާންކޮށްފައިވާ ގަޑި ނުޖެހެނީސް ގެއަށް ވަންނަ އާދަކުރަންޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 27 ސެޕްޓެމްބަރު 2020 | އާދީއްތަ 04:02
އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަނީ، ރޭގަނޑު 10ގެ ފަހުން ބޭރުތެރޭގައި އުޅުމަކީ މަނާކަމެއް

އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަނީ، ރޭގަނޑު 10ގެ ފަހުން ބޭރުތެރޭގައި އުޅުމަކީ މަނާކަމެއް

ރޭގަނޑު 10 ގެ ފަހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް ނަމަވެސް، ގިނަ މީހުންނާއި އެކު އެކި ކަހަލަ ކަސްރަތު ކްލާސްތައް ބޭރުގައި ބާއްވާކަން ފާހަގަކުރެވިފައިވާކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކާފިއު ގަޑީގައި ބޭރަށް ނިކުމެ އުޅެގެން ހިންގާ އެއްވެސް ހަރަކާތެއް ހިންގުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ކާފިއު އިއުލާންކޮށްފައިވާ ގަޑި ނުޖެހެނީސް ގެއަށް ވަންނަ އާދަކުރަންޖެހޭކަން އާންމުންނަށް ހަނދުމަކޮށްދެމުން ޝަރީފް ވަނީ ގަވާއިދާ ޙިލާފު ވެގެން މަގުމަތިން ޖޫރީމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެކަމަށް ވިދާޅުވެފައެވެ.

ބޭރަށް ނިކުމެ އުޅޭ ގަޑިތަކުގައި ހިންގާ ކަސްރަތު ކްލާސްތަކާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ހުސްބިންތަކުގައި ކަސްރަތު ކްލާސްތަކާއި، ސެލްފް ޑިފެންސް ކްލާސްތަކުގެ އިތުރުން، ސިވިމިންގ ކްލާސްތައް ގިނަ މީހުން ބައިވެރިކޮށް ހިންގާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ފުލުހުން ވަނީ ތަކުރާރުކޮށް އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށް ހިލާފުވާނަމަ ޖޫރީމަނާ ކުރާނެކަމަށް އިލްތިމާސްކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ކޭސްތައް މިދުވަސްވަރު މަދުވިކަމުގައިވިޔަސް، 5 މީހުންނަށް ވުރެން ގިނަ މީހުން އެއްކޮށް ބޭރަށް ނިކުމެ ތަންތަނަށް އެއްވުމަކީ މަނާކަމެއް ކަމަށެވެ.

އެގޮތުން ގިނަ މީހުން އެއްވެ އުޅުމަކީ ބައްޔަށް ގިނަ މީހުން ހުށަހެޅިގެންދާ ކަމެއްކަމަށެވެ. ހާއްސަކޮށް ކަސްރަތު ކުރާއިރު މާސްކު ނާޅާ ކަމަށާއި، އޭގެ ސަބަބުން ހަށިގަނޑުގައި ވައިރަސް ހުރިނަމަ އާންމުކޮށް އުޅޭއިރަށް ވުރެ ބޮޑަށް، ހަށިގަނޑުން ވައިރަސް ބޭރުވެގެންދާނެކަން ފާހަގަކޮށް ދާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިއާ ވިދިގެން، ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް