Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހިތަދޫ ބާސްކެޓްބޯޅަ ކޯޓުގެ މަސައްކަތް

ހިތަދޫ ބާސްކެޓްބޯޅަ ކޯޓު މަރާމާތުކޮށް އަލުން ހުޅުވައިފި

26 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:17

މިއީ ފާއިތިވުދިޔަ 20 އަހަރު ތެރޭ އެ ކޯޓު މަރާމާތު ކުރެވުނު ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:17
އައްޑޫ ސިޓީ ހިތަދޫ ބާސްކެޓްބޯޅަ ކޯޓު

އައްޑޫ ސިޓީ ހިތަދޫ ބާސްކެޓްބޯޅަ ކޯޓު

އައްޑޫ ސިޓީ ހިތަދޫ ބާސްކެޓްބޯޅަ ކޯޓު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

މިއީ ފާއިތިވުދިޔަ 20 އަހަރު ތެރޭ އެ ކޯޓު މަރާމާތު ކުރެވުނު ފުރަތަމަ ފަހަރެވެ. ނުކުޅެވޭ ވަރަށް އެ ކޯޓުގެ ހާލަތު ދަށްވެފައި ވަނިކޮށް، ކޯޓު މަރާމާތުކޮށްފައިވަނީ ހިތަދޫ ޒުވާނުންގެ އިސް ނެގުމަކަށް ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ.

އެ ކޯޓު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވުނުކަން ހާމަކުރައްވާ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ހުކުރު ދުވަހު ކުރެވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫގައި ބާސްކެޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ނުހަނު ބޮޑު އެހީތެރިކަމަކާއެކު 20 އަހަރަށްފަހު އެ ކޯޓު އަލުން މަރާމާތު ކުރެވިފައިވާ ކަމަށެވެ. އަދި އެ ކޯޓު މަރާމާތު ކުރުމަށް ބޭނުންވި ކުލަ ސީއެސްއާރުގެ ދަށުން ހަދިޔާކުރީ މާޒިޔާ ޓްރޭޑާސްއިންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ އައްޑޫ ސިޓީގެ ފެނަކަ ބްރާންޗާއި، އެމްއެންޑީއެފް ސަދަން ރީޖަނުގެ ފަޔާ އެންޑް ރެސްކިއު އަދި ފަރުދީ ގޮތުން އެ މަސައްކަތް ފުރިހަމަކުރުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ހިތަދޫ ބާސްކެޓްބޯޅަ ކޯޓު އަލުން ހުޅުވުމަށް ހާއްސަ ރަސްމިއްޔަތެއް ބޭއްވިއިރު، ވާޗުއަލްކޮށް ބޭއްވުން ރަސްމިއްޔާތުގައި ވަޒީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރަސްމިއްޔާތަށްފަހު ހިތަދޫ ޒުވާނުންގެ މެދުގައި ވަނީ އެކުވެރިކަމުގެ ބާސްކެޓްބޯޅަ މެޗެއް ކުރިއަށް ގެންގޮސްފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ހިތަދޫ ބާސްކެޓްބޯޅަ ކޯޓު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވިއިރު، އެ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ގިނަ ރަށްތަކެއްގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު އެޅުމުގެ އިތުރަށް، ފުޓްސަލް ދަނޑުތަކާއި، އައުޓްޑޯ ވޮލީބޯޅަ ކޯޓާއި އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރަމުންނެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

19 މެއި 2017

ތިންވަނަ ފަހަރަށް ހިތަދޫގެ މައްޗަށް ފޭދޫ ކުރި ހޯދައިފި

19 މެއި 2017
ތިންވަނަ ފަހަރަށް ހިތަދޫގެ މައްޗަށް ފޭދޫ ކުރި ހޯދައިފި
14 މެއި 2017

މިނިވަން ޗެމްޕިއަންޝިޕް: މަރަދޫ ފޭދޫ ކޮޅަށް ހިތަދޫން ލަނޑު ގޯންޏެއް އޮއްސާލައިފި

14 މެއި 2017
މިނިވަން ޗެމްޕިއަންޝިޕް: މަރަދޫ ފޭދޫ ކޮޅަށް ހިތަދޫން ލަނޑު ގޯންޏެއް އޮއްސާލައިފި
09 މެއި 2017

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި

09 މެއި 2017
ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
26 މާރިޗު 2017

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

26 މާރިޗު 2017
ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް