Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ނުރުހުން ފާޅުކުރުން

މެސީގެ ނުރުހުން އަނެއްކާވެސް ބާސާގެ މެނޭޖުމަންޓަށް

މެސީ ހިތްހަމަނުޖެހުން ފާޅުކުރީ ސުއަރޭޒަށް ބާސާއިން ހެދި ގޮތުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 09:44
ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އެކުގައި

ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އެކުގައި

ބާސެލޯނާއިން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވިއްކާލިއިރު ކަންތައްތައް ކުރިގޮތާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނުރުހުން ފާޅުކޮށްފިއެވެ.

ބާސާއިން އުމުރުން 33 އަހަރުގެ ސުއަރޭޒް ވިއްކާލަން އަމާޒުހިފީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، އެޓީމުގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު ސުއަރޭޒަށް ބާސާއިން ފުރުސަތެއް ނެތްކަން އެންގީ ފޯން ކޯލަކުން ކޫމަން ކަމަށާއި، ކުލަބުގެ މެނޭޖުމަންޓުގެ ފަރާތުން ސުއަރޭޒާ ވާހަކަ ނުދައްކާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން މި ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށްލަން ނިންމައި، ފަހުން އެ ނިންމުން ބަދަލުކުރި މެސީ އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ މެނޭޖުމަންޓަށް ފާޑު ކިޔަމުންނެވެ.

ސުއަރޭޒް ވިއްކާލުމާ ގުޅިގެން މެސީ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުލަބު ދޫކޮށްލިއިރު ސުއަރޭޒަށް ހައްގުވާ ވަރުގެ މަސައްކަތެއް ބާސާއިން އޭނާއަށް ކޮށްދީފައި ނުވާ ކަމަށާއި ބާސާއިން ސުއަރޭޒް ބޭރުކުރީ ރަނގަޅަށް ނޫން ކަމަށެވެ. އެ ޕޯސްޓުގައި މެސީއާ އެއްކޮޅަށް ބާސާގެ ކުރީގެ ދެ ތަރިން ކަމަށްވާ ބްރެޒިލްގެ ނޭމާ އާއި ޑެނީ އަލްވެސްވެސް ވަނީ ވާހަކަދައްކާފައެވެ.

ސުއަރޭޒް ބާސާ ދޫކޮށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވީ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒްގެ ސޮއި ހޯދުމަށް އެތުލެޓިކޯއިން ބާސާއަށް ހަ މިލިޔަން ޔޫރޯ ދައްކާނެއެވެ.

އެތުލެޓިކޯއިން ސުއަރޭޒްގެ ސޮއި ހޯދިއިރު، މީގެ ކުރިން ސުއަރޭޒް ހޯދަން މަސައްކަތް ކުރީ ޔުވެންޓަސްއިންނެވެ. ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް މީގެ ކުރިން ރިޕޯޓުކުރި ނަމަވެސް، އެ ޑީލް ހުއްޓުނީ ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެންނެވެ. އެއާއެކު ޔުވެންޓަސްއިން ވަނީ ލޯނު އުސޫލުން އެތުލެޓިކޯއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާގެ ސޮއި ހޯދާފައެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށް ބާސާއާ ގުޅުނު ފޯވާޑް ހަ ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލިއިރު، އޭނާ ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުއަރޭޒް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ބާސާގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި ސުއަރޭޒް ވަނީ ބާސާއާއެކު 13 ތަށި އުފުލާލާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

ސުއަރޭޒަކީ މި ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށްލި ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ބާސާއިން ވަނީ ބްރެޒިލްގެ މިޑްފީލްޑަރު އާތޫރް މެލޯ އާއި، ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗާއި، ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އަދި ޕޯޗުގަލްގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ ވިއްކާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ

ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ

21 މެއި 2017
ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

09 މެއި 2017
ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް

ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް

01 މެއި 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު