Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރިނިޑާޑް އެންޑް ޓޮބޭގޯ ސަސްޕެންޑް ކުރުން

ފީފާއިން ޓްރިނިޑާޑް އެންޑް ޓޮބޭގޯ ސަސްޕެންޑް ކޮށްފި

26 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:53

އެ ގައުމު ސަސްޕެންޑް ކުރީ ފީފާގެ ސްޓެޓިއުޓްސްއާ ޚިލާފު ހައި ކޯޓުގައި ޓީޓީއެފްއޭގެ މައްސަލައެއް ބަލަމުންދާތީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:53
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޓީޓީއެފްއޭގެ ރައީސް ވިލިއަމް ވަލަސް އެކުގައި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޓީޓީއެފްއޭގެ ރައީސް ވިލިއަމް ވަލަސް އެކުގައި

ޓްރިނިޑާޑް އެންޑް ޓޮބޭގޯ ފުޓްބޯލް އެސޯސިއޭޝަން (ޓީޓީއެފްއޭ) ގެ މައްސަލައެއް އެ ގައުމުގެ ހައި ކޯޓުގައި ކުރިއަށްގެންދާތީ ފުޓްބޯޅައިގެ ހަރަކާތްތަކުން ޓްރިނިޑާޑް އެންޑް ޓޮބޭގޯ ސަސްޕެންޑް ކުރަން ފީފާއިން ނިންމައިފިއެވެ.

ޓީޓީއެފްއޭގެ ރައީސް ވިލިއަމް ވަލަސްގެ ގިނަ މައްސަލަތަކެއް މި އަހަރުގެ ކުރީކޮޅު ފެންމަތިވުމާއެކު ފީފާއިން ވަނީ މާޗު މަހުގެ ތެރޭގައި ޓީޓީއެފްއޭ ހިންގުން ހަރުދަނާކޮށް ފީފާގެ އަސާސީ ގަވާއިދަށް ފެއްތުމުގެ މަސައްކަތް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. އެއާއެކު ޓީޓީއެފްއޭ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ބުނެ ވަލަސް ވަނީ ޓީޓީއެފްއޭގެ މައްސަލަ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ހައި ކޯޓަށް ވައްދާފައެވެ.

ހުކުރު ދުވަހު ފީފާއިން ނެރުނު ބަޔާނެއްގައި ވަނީ އެ އިދާރާގެ ސްޓެޓިއުޓްސްއާ ޚިލާފުވެފައިވާތީ ފުޓްބޯޅައިގެ ހަރަކާތްތަކުން ޓްރިނިޑާޑް އެންޑް ޓޮބޭގޯ ސަސްޕެންޑް ކުރަން ނިންމިކަން ހާމަކޮށްފައެވެ. އެ އިދާރާގެ ބަޔާނުގައި ބުނެފައިވަނީ ފީފާގެ އެންގުމާ ޚިލާފަށް ޓީޓީއެފްއޭގެ މައްސަލަ އާދައިގެ ކޯޓަކަށް ނުބެލޭނެ ކަމަށާއި، އެހެންކަމުން ޓްރިނިޑާޑް އެންޑް ޓޮބޭގޯ ހައި ކޯޓުގައި ބަލަމުންދާ މައްސަލަ އަނބުރާ ނަގަން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޓީޓީއެފްއޭގެ ރައީސް ވަލަސްއަށް ފުރަތަމަ މުހުލަތު ދިން ކަމަށެވެ. އަދި އެ މުހުލަތުގައިވެސް އެކަން ކޮށްފައި ނުވުމާއެކު، ފަހު ފުރުސަތެއްގެ ގޮތުގައި މި މަހުގެ 23 ގެ ނިޔަލަށް މުހުލަތު ދިން ކަމަށާއި، ޓީޓީއެފްއޭ ސަސްޕެންޑް ކުރަން ނިންމީ ފަހުން ދިން މުހުލަތުގައިވެސް މައްސަލަ އަނބުރާ ނަގާފައި ނުވުމުން ކަމަށް ފީފާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަޔާނުގައި ފީފާއިން އިތުރަށް ބުނެފައިވަނީ ޓީޓީއެފްއޭގެ ސަސްޕެންޝަން ނަގައި، ކުރީގެ ހާލަތަށް ދެވެން އޮތީ ނޯމަަލައިިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުގައި އެސޯސިއޭޝަނުގެ ކަންތައްތައް ރަނގަޅުކޮށް، ޓީޓީއެފްއޭގެ އަސާސީ ގަވާއިދު ފީފާގެ އަސާސީ ގަވާއިދާ ފުށުނާރާ ގޮތަށް އެކުލަވާލައި، އެ ފާސްކޮށްގެން ކަމަށެވެ.

މި ސަސްޕެންޝަނާ ގުޅިގެން އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށް ތާވަލުކޮށްފައިވާ ޓްރިންޑާޑް އެންޑް ޓޮޮބޭގޯގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ މެޗު ނުކުޅެވޭނެއެވެ. އެ ދުވަހު ޓްރިނިޑާޑް އެންޑް ޓޮބޭގޯ ކުޅޭ ގޮތަށް އޮތީ ގުޔާނާއާ ދެކޮޅަށެވެ. އެކަމަކު އަންނަ އަހަރު ބާއްވަން ނިންމާފައިވާ ގޯލްޑް ކަޕްގައި އަދިވެސް ޓްރިނިޑާޑް އެންޑް ޓޮބޭގޯ އޮތީ ހިމަނާފައެވެ. އެ ޓީމަށް އެ މުބާރާތުގެ ޖާގަ ގެއްލޭނީ މި އަހަރު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން ފީފާގެ ސަސްޕެންޝަން ނުނަގައިފިނަމައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
20 މެއި 2017

ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި

20 މެއި 2017
ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި
16 މެއި 2017

ނިއުރޭޑިއަންޓުގެ މުހިންމު ކުޅުންތެރިންތަކެއް ސަސްޕެންޑްކޮށްފި

16 މެއި 2017
ނިއުރޭޑިއަންޓުގެ މުހިންމު ކުޅުންތެރިންތަކެއް ސަސްޕެންޑްކޮށްފި
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
30 މާރިޗު 2017

ޕާކިސްތާނުގެ އެންމެ ބާރު އުކުންތެރިޔާ ސަސްޕެންޑްކޮށްފި

30 މާރިޗު 2017
ޕާކިސްތާނުގެ އެންމެ ބާރު އުކުންތެރިޔާ ސަސްޕެންޑްކޮށްފި
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
08 ފެބުރުއަރީ 2017

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

08 ފެބުރުއަރީ 2017
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް