Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތާޅާފިލި އަލިބެގެ މައްސަލައެއް ބެލުން

ޓީޓީ އެސޯސިއޭޝަނުން ބަލަމުންދާ މައްސަލަ ސާފުކޮށް ނުދޭތީ އަލިބެ ކަންބޮޑުވުން ފާޅުކުރައްވައިފި

އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2020 | ހުކުރު 08:28
މިދިޔަ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި ތާޅަފިލި އަލިބެ

މިދިޔަ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި ތާޅަފިލި އަލިބެ

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބަލަމުންދާ މައްސަލަ ސާފުކޮށް ނުދޭތީ ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަލިބެގެ މައްސަލައެއް ބަލަމުންދާކަން ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވަނީ މީގެ ކުރިން މެސެޖަކުން އަލިބެއަށް އަންގާފައެވެ. އަދި މައްސަލަ ބަލައި ނިމެންދެން ޓީޓީ އެސޯސިއޭޝަނުގެ އެއްވެސް ކުޅިވަރު ކުޅޭ ތަނެއް ބޭނުންކުރުން އަލިބެއަށް މަނާކުރިއިރު، ޓީޓީ ހޯލުގައި ކުޑަކުދިންނަށް ކޯޗު ކޮށްދިނުންވެސް ވަނީ މަނާ ކޮށްފައެވެ.

ޓީޓީ އެސޯސިއޭޝަނަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި އަލިބެ ވަނީ ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މެސެޖަކުން އަލިބެއަށް މައްސަލައެއް ބަލަމުންދާކަން އެންގުމާ ގުޅިގެން އެއީ އެ އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ ކަމެއްތޯ އާއި އެފަދަ މައްސަލައެއް ބައްލަވާނަމަ އެއީ ކޮން މައްސަލައެއްކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި އެ ސިޓީގައި އަލިބެ ވަނީ މިއަދާ ހަމައަށްވެސް އެފަދަ މައްސަލައެއް ބައްލަވާކަންވެސް އަދި ބައްލަވާނަމަ އެއީ ކޮން މައްސަލައެއްކަންވެސް ސާފުކޮށްދެއްވާފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި އަލިބެއާ މެދު މިހާރުވެސް ޓީޓީ އެސޯސިއޭޝަނުން ފިޔަވަޅު އަޅާފައިވާތީ، މައްސަލައެއް ބައްލަވާނަމަ އެ މައްސަލައެއް ސާފުކޮށްދެއްވުމަށް އެދުމުންވެސް އެއީ ކޮން މައްސަލައެއްކަން ސާފުކޮށްނުދެއްވައި، އޭނާއާ މެދި އަޅުއްވާފައިވާ ފިޔަވަޅު ދަމަހައްޓަވަމުން ގެންދަވާތީ އަލިބެ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން އެ ސިޓީގައި އަލިބެ ވަނީ އެ މައްސަލައިގައި ޓީޓީ އެސޯސިއޭޝަނުން ގޮތެއް ނިންމުމުގެ ކުރިން އޭނާގެ ބަހެއް ހޯއްދެވުމަށްވެސް އެދެވަޑައިގެންފައެވެ.

އަލިބެގެ މައްސަލައެއް ޓީޓީ އެސޯސިއެޝަނުން ބަލަން ފެށިއިރު، ޓީޓީ އެސޯސިއޭޝަނުން މައްސަލައެއް ބަލަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށް އަލިބެ ދެކެވަޑައިގަންނަވައެވެ.

މިކަމާ ގުޅިގެން "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ޓީޓީ އެސޯސިއޭޝަންގެ ޖެނެރެލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އެކަމަކު ހިންގާ ކޮމިޓީން ބަލަމުންދާ މައްސަލައަކަށް ވުމާއެކު، މައްސަލައިގެ ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ. އެކަމަކު މައްސަލަ ބަލައި ނިމުމުން އެކަމުގެ ތަފުސީލު ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަލިބެގެ މައްސަލައެއް ބަލަމުން އަންނައިރު، އޭނާ އަކީ ވޭތިވެދިޔަ އެތައް އަހަރެއްގެ ގައުމީ ޓީޓީ ޓީމުގެ ކެޕްޓަންކަން ކުރައްވައި އަދި ފާއިތުވީ ދިގު މުއްދަތުގައި ގިނަ އަހަރުތަކެއްގެ ޗެމްޕިއަނުގެ އިތުރުން މިދިޔަ އަހަރުގެވެސް ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަނެވެ. އަދި އަލިބެ އަންނަނީ ކުޑަކުދީންނަށް ކޯޗުކޮށްދެމުންވެސް މެއެވެ.

އަލިބެއާ މެދު ޓީޓީ އެސޯސިއޭޝަނުން ބަލަމުންދާ މައްސަލަ ސާފުކޮށްދީފައި ނުވާއިރު، މީގެ ކުރިން ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އަލިބެއެވެ. އަލިބެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އިންސާފުވެރި ދެފުށްފެންނަ އިންތިޚާބަކަށް ހައްދަވާދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެފަރާތްތަކުން އުޒުރުވެރިވެ، އެހުރިހާ ދޮރެއް ބަންދުވުމުން، އެ ފަރާތްތަކުން އިންސާފު ލިބޭނޭ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށް ވިދާޅުވެއެވެ.

އެކަމަކު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ވަގުތީ ގޮތުން ފަސްކޮށްދިނުމަށް އަލިބެ ކޯޓުގައި އެދުނު ނަމަވެސް، ކޯޓުން ވަގުތީ އަމުރެއް ނެރެދީފައެއް ނުވެއެވެ. އެއާއެކު މި މަހުގެ އަށްވަނަ ދުވަހު ވަނީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބާއްވައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އަލީ ރަޝީދު (އައްޔަ) އިންތިޚާބުކޮށްފައެވެ.

އަލިބެ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް، އިންތިޚާބު ނިމިފައިވުމުން އެ މައްސަލައިގެ މުއާލާތް މިހާރު ކެނޑިފައިވާ ކަމަށް ކޯޓުގައި ވިދާޅުވެ އަލިބެ ވަނީ މިމަހުގެ 16 ވަނަ ދުވަހު އަމިއްލަފުޅަށް އެމައްސަލަ އަނބުރާ ކޯޓުން ނަންގަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި

އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި

18 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު