Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާސް އިންސްޕެކްޝަން

މާސް އިންސްޕެކްޝަންގައި 259 ތަނެއް ބަލާ ފާސްކޮށްފި

254 ތަނެއް ހުރީ ގަވާއިދާ އެއްގޮތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ސެޕްޓެމްބަރު 2020 | ހުކުރު 05:12
އެޗްޕީއޭއިން ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަނެއްގެ ތެރެއިން

އެޗްޕީއޭއިން ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަނެއްގެ ތެރެއިން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގައި މިހާތަނަށް 259 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރުގައި މިހާތަނަށް 259 ތަނެއް ބަލާފަސްކޮށްފައިވާ އިރު، މީގެ ތެރެއިން 254 ތަނެއް ހުރީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށާއި، މިހާތަނަށް ބަންދުކޮށްފައިވަނީ 3 ކެފޭއެއް ކަމަށެވެ.

އެތަންތަނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ 254 ތަނުގެ ތެރޭގައި ހިމެނެނީ 206 ފިހާރައާއި، 39 ކެފޭއާއި، 6 ސެލޫނެއްގެ އިތުރުން 3 މާރުކޭޓު ކަމަށެވެ. އަދި ބަންދުކޮށްފައިވަނީ 3 ކެފޭ ކަމަށާއި، އިންސްޕެކްޝަންގައި ފާހަގަވި ކަންކަން ރަނގަޅުކުރުމުން ކެފޭއަކާއި ފިހާއަރައެއް އަލުން ހުޅުވުމުގެ ހުއްދަ ދެއްވާފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި އަމަލު ކުރަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ތަންތަން ހުރިތޯ ބެލުމަށް ޚާއްސަ އިންސްޕެކްޝަނެއް އަތޮޅު ތެރޭގައި ވެސް ވަނީ ފަށާފައެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވިދާޅުވީ މީހުން ތަމްރީނު ކުރެވި، އަތޮޅު ތެރޭގެ އިންސްޕެކްޝަން ފަށާފައިވާ ކަމަށެވެ.

އާންމު ޚިދުމަތްދޭ ތަންތަނުން އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މީގެކުރިން ވެސް މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އުސޫލުތަކާ ޚިލާފުވެފައިވާ ފަރާތްތަކާ މެދު ވަނީ ފިޔަވަޅު ވެސް އަޅާފައެވެ. އުސޫލާ ހިލާފަށް ތަނުގައި ޚިދުމަތް ދެވޭނަމަ ފިޔަވަޅު އަޅާ ގޮތަށް ބަލާއިރު، ފުރަތަމަ ފަހަރު ނަމަ 48 ގަޑީއިރަށް ތަން ބަންދު ކުރެވޭނެއެވެ. އަދި ތަން އަލުން ހުޅުވާ ދެވޭނެ ގޮތަކީ ބަންދު ކުރާ ވަގުތުން ފެށިގެން 48 ގަޑީއިރު ފަހުންނެވެ.

ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތަން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑީއިރު ފަހުންނެވެ. ތިންވަނަ ފަހަރު ނަމަ، ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން ފަސް ދުވަސް ފަހުންނެވެ.

ކޮވިޑް-19އާ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާންމު ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންވީ އުސޫލެއް އެކުލަވާލާފައިވާއިރު އެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
16 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

16 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
07 މާރިޗު 2017

އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި

07 މާރިޗު 2017
އެމްޑީޕީ ހަރުގެ ބަލާ ފާސްކުރުމަށްފަހު، ގިނަ އަދަދެއްގެ ބެނާތަކެއް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު