Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. މަޑުއްވަރީން ހައްޔަރުކުރި 6 މީހުން

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާތީ ދައުވާކުރި 6 މީހުން ބަންދުން ދޫކޮށްލައިފި

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:38

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރުގެ މައްސަލަ ފެންމަތިވީ 13 އަހަރުގެ ކުއްޖެއް ކޯޓުން ބޭރުން ކައިވެނިކޮށް، ބަލިވެއިން މައްސަލާގަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:38
މިދިއަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން (ފައިލް ފޮޓޯ)

މިދިއަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން (ފައިލް ފޮޓޯ)

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރި ކަމަށް ބުނެ ރ. މަޑުއްވަރިން ހައްޔަރުކޮށް، ދައުވާ އުފުލި 6 މީހުން ބަންދުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ "ރާއްޖެއެމްވީ" އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ރ. މަޑުއްވަރީ ގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށާފައިވާއިރު، މިދިއަ ހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، އެ ރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލައެއް ވަނީ ފެންމަތިވެފައި ވަނިކޮށެވެ.

Advertisement - newsAdvertisement

އެ މައްސަލަ ފެންމަތިވީ، މަޑުއްވަރީ ލަނޑާ ނަގާ ދޯންޏެއްގައި ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. ލަނޑާ ނަގަން ގޮސްއުޅުނީ މަޑުއްވަރީއަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވެއެވެ.

ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މިދިއަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިއަހަރުގެ ކުރީކޮޅު ރ. މަޑުއްވަރީގެ އިތުރުން 7 ރަށެއްގައި ހާއްސަ އޮޕަރޭޝަންތަކެއް ފުލުހުން ހިންގާފައި ވެއެވެ.

އެގޮތުން، މި އަހަރު ކުރީކޮޅު މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވަނީ، ރ. މަޑުއްވަރީ މީރާ، ހަސަން ރާޒީ އާއި އެރަށު ގުލްއަލާގޭ އިބްރާހިމް ޖިހާދާއި އެރަށު މީޒާން، ހަސަން ސިޔާދާއި ހަމައެގޭ އާދަމް ސުހައިލްގެ އިތުރުން ނ، މަނަދޫ ގަހާ، އިބްރާހިމް ޝިބުނީގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެެވެ. ނަމަވެސް، މިއަޑުއެހުން، އިންޓަނެޓްގެ މައްސަލަތަކާ ހެދި އަޑުއެހުން އިތުރަށް ކުރިއަށް ގެންދެވޭ ގޮތްވަނީ ނުވެފައެވެ.

ބުދަ ދުވަހާ ހަމައަށް އޭގެތެރެއިން ބަންދުގައި ހުރީ، ރާޒީ އެކަންޏެވެ. އޭނާ ފިޔަވާ އެންމެން މީގެކުރިން ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެހެން މީހުންގެ ބަންދުން ދޫކޮށްލާފައިވާތީ، ރާޒީގެ ގާނޫނީ ވަކީލުވެސް ވަނީ ރާޒީގެ ބަންދަށް ލުޔެއް ދިނުމަށް ބުދަ ދުވަހުގެ އަޑުއެހުމުގައި އެދިލައްވާފައެވެ. އެހެންކަމުން ކޯޓުން ވަނީ އޭނާ ވެސް ބަންދުން ދޫކޮށްލާފައެވެ.

އެނގިިފައިވާ ގޮތުގައި އެމީހުން ބަންދުން ދޫކޮށްލީ އެ މީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައި ވާތީއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

ސަރުކާރުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތަށް އެބަ މަސައްކަތް ކުރޭ: އާޒިމް

26 ސެޕްޓެމްބަރު 2017
ސަރުކާރުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތަށް އެބަ މަސައްކަތް ކުރޭ: އާޒިމް
25 ސެޕްޓެމްބަރު 2017

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުޞަތު ބޮޑު: އިނގިރޭސިވިލާތް

25 ސެޕްޓެމްބަރު 2017
ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުޞަތު ބޮޑު: އިނގިރޭސިވިލާތް
24 އޯގަސްޓު 2017

ފާރިސް ބަންދުން ދޫކޮށްލުމުގެ އަމުރެއް ޕީޖީ ނެރެދިނުމަށް އެދިއްޖެ

24 އޯގަސްޓު 2017
ފާރިސް ބަންދުން ދޫކޮށްލުމުގެ އަމުރެއް ޕީޖީ ނެރެދިނުމަށް އެދިއްޖެ
23 އޯގަސްޓު 2017

ވައްޑެ ބަންދުން ދޫކޮށްލިތާ ހަފްތާއެއް ފަހުން، ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ފަށަނީ!

23 އޯގަސްޓު 2017
ވައްޑެ ބަންދުން ދޫކޮށްލިތާ ހަފްތާއެއް ފަހުން، ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ފަށަނީ!
11 އޯގަސްޓު 2017

އަހްމަދު އީސާ ބަންދުން ދޫކޮށްލައިފި

11 އޯގަސްޓު 2017
އަހްމަދު އީސާ ބަންދުން ދޫކޮށްލައިފި
29 މެއި 2017

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެތީ ސަމާލުވުމަށް އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތުން އަންގައިފި

29 މެއި 2017
 ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެތީ ސަމާލުވުމަށް އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތުން އަންގައިފި
09 އެޕްރީލު 2017

ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި

09 އެޕްރީލު 2017
ވެށިފަހި ޕްރޮގްރާމުން އޭސީސީގެ ރައީސް ލުތުފީއަށް ފްލެޓް ނުލިބުމުން ދައުވާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި
19 މާރިޗު 2017

ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟

19 މާރިޗު 2017
ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް