Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑި މާރިއާ ސަސްޕެންޑް ކުރުން

ޑި މާރިއާއަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 02:01

ޑި މާރިއާ ސަސްޕެންޑް ކުރީ މާސޭގެ ގޮންޒާލޭޒްގެ ގަޔަށް ކުޅު ޖެހި މައްސަލައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 02:01
ޕީއެސްޖީގެ ފޯވާޑް އެންހެލް ޑި މާރިއާ

ޕީއެސްޖީގެ ފޯވާޑް އެންހެލް ޑި މާރިއާ

ފްރެންޗް ލީގުގައި މި މަހުގެ 14 ވަނަ ދުވަހު މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްގެ ގަޔަށް ކުޅު ޖެހި މައްސަލައިގައި ޕީއެސްޖީގެ ފޯވާޑް އެންހެލް ޑި މާރިއާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު ދެވަނަ މެޗުގައި މާސޭ އަތުން 1-0 ން ބަލިވިއިރު، މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި ފަސް ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެ މެޗުގައި ރަތް ކާޑު ދެއްކީ ޕީއެސްޖީގެ ނޭމާ އާއި، ލެއަންޑްރޯ ޕަރެޑެސް އާއި، ލަވިން ކުރްޒާވާ އަދި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި، ޖޯޑަން އަމާވީއަށެވެ.

އެ ފަސް ކުޅުންތެރިންވެސް މީގެ ކުރިން އެކި ވަރުގެ ސަސްޕެންޝަންތަކާ ކުރިމަތިލިއިރު، ބުދަ ދުވަހުގެރޭ ފްރެންޗް ލީގުން ވަނީ ގޮންޒާލޭޒްގެ ގަޔަށް ކުޅު ޖެހުމާ ގުޅިގެން ޑި މާރިއާ ހަތަރު މެޗަށް ސަސްޕެންޑް ކުރަން ނިންމާފައެވެ. އެކަމަކު މި ސަސްޕެންޝަން ގުނަން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ރެއިމްސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ޑި މާރިއާއަށް ކުޅެވޭނެއެވެ. އެކަމަކު އޭގެ ފަހުން ހަތަރު މެޗަށް ޑި މާރިއާ ސަސްޕެންޑް ވާއިރު، އެ ސަސްޕެންޝަނަށްފަހު ޑި މާރިއާއަށް ލީގުގައި މެޗެއް ކުޅެވޭނީ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ރެނެސްއާ ދެކޮޅަށް ލީގުގައި ޕީއެސްޖީ ކުޅޭ މެޗުގައެވެ.

ޕީއެސްޖީ އާއި މާސޭ ބައްދަލުކުރި މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން އެންމެ ބޮޑަށް މައްސަލަ ގޯސްވީ ޕީއެސްޖީގެ ނެމާ މާސޭގެ ގޮންޒާލޭޒްގެ ބޮލުގައި އަތުން ޖެހުމާ ގުޅިގެންނެވެ. އެ މެޗަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ނޭމާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުން ކަމަށާއި، ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނާގެ މޫނުމަތީގައި ކަމަށެވެ.

އެކަމަކު މީގެ ކުރިން ފްރެންޗް ލީގުން ވަނީ ނޭމާ ދެ މެޗަށް ސަސްޕެންޑް ކޮށްފައެވެ. އަދި ޕީއެސްޖީގެ ކުރްޒާވާ ހަ މެޗަށް ސަސްޕެންޑް ކުރިއިރު، އެ ޓީމުގެ ޕަރެޑެސް ސަސްޕެންޑް ކޮށްފައިވަނީ ދެ މެޗަށެވެ. މީގެ އިތުރުން މާސޭގެ އަމާވީ ތިން މެޗަށް ސަސްޕެންޑް ކުރިއިރު، އެޓީމުގެ ބެނެޑޭޓޯ ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް

23 މާރިޗު 2017
ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް
21 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް