Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޓަލީގެ މެންބަރުންގެ އަދަދު މަދުކުރުން

އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ވޯޓް ދީފި

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 00:46

އިޓަލީގައި ނެގި ވޯޓުގެ 70 އިންސައްތަ ދައްކާގޮތުން އެގައުމުގެ ރައްޔިތުން ބޭނުންވަނީ މި ބަދަލު ގެންނަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 00:46
އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަދުކުރަން ނެގި ވޯޓުން ދައްކާގޮތުން މެންބަރުންގެ އަދަދު 3ބައިކުޅަ އެއްބަޔަށް ދަށްކުރަން ފެންނަކަމަށް ވަނީ ވޯޓު ދީފައި

އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަދުކުރަން ނެގި ވޯޓުން ދައްކާގޮތުން މެންބަރުންގެ އަދަދު 3ބައިކުޅަ އެއްބަޔަށް ދަށްކުރަން ފެންނަކަމަށް ވަނީ ވޯޓު ދީފައި

އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު ތިންބައިކުޅަ އެއްބައަށް މަދުކުރަން އެގައުމުގެ ރައްޔިތުން ވޯޓު ދީފިއެވެ.

އިޓަލީގައި ނެގި ވޯޓުގެ 70 އިންސައްތަ ދައްކާ ގޮތުން އެގައުމުގެ ރައްޔިތުން ބޭނުންވަނީ މި ބަދަލު ގެންނާށެވެ. މިއާއެކު ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރުންގެ އަދަދު 634ން 400ށް ދަށްވާނެއެވެ. މި ގޮތަށް ނިންމާފައިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އިޓަލީގެ އައު ސަރުކާރުން ވަނީ އިޓަލީގެ ރައްޔިތުންގެ މަޖިލިހުގެ ދެ ގޭގެ މެމްބަރުންގެ އަދަދު ވަރަށް ބޮޑު ތަނުން މަދުކޮށް 1.1 ބިލިއަން ޑޮލަރު ސަލާމަތް ކުރަން ނިންމާފައެވެ.

ފެންނަ ނުފެންނަ ވޯޓެއް މިކަމުގައި ނެގުމަށް ބާރުއަޅާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ފައިވް ސްޓާ މޫވްމެންޓުންނެވެ. އެ ހަރަކާތުން ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.

މި ނިންމުމައެކު ސެނެޓުގެ މެންބަރުންނާއި ދަށުގޭގެ މެންބަރުންގެ އަދަދު 945ން 600ށް މަދުވާނެއެވެ. މި ނިންމުން އިޓަލީގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، މި ނިންމުމަށް އަމަލު ކުރުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެއެވެ. ސަބަބަކީ މިއީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކަށް ވާތީއެވެ. އަދި މި ބަދަލު 2023 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން ގެންނަން ޖެހެއެވެ.

ޕާލިމެންޓް ކުޑަކޮށް، ހަރަދު ވެސް ދަށްކުރުމުގެ ވައުދަކީ މިހާރު އިޓަލީގެ ވެރިކަން ހިންގާ ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ ފައިވް ސްޓާ މޫވްމަންޓްގެ ކެމްޕޭންގެ ބައެކެވެ. ނަމަވެސް މި ބަދަލާ ދެކޮޅު މީހުން ބުނާ ގޮތުގައި މިއީ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި، މަޖިލިހުގެ ތެރެއިން ވަކި ކަންކަން ކުރަން ލޮބީކުރާ މީހުންގެ ނުފޫޒު މާ ބޮޑަށް ފޯރާނެ ކަމަށެވެ. ފައިވް ސްޓާ މޫވްމަންޓުން ބުނާގޮތުން، މި ބަދަލާ އެކު ސަލާމަތްވާ ހަރަދުގެ ނިސްބަތް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.

އިޓަލީގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރަކަށް އަހަރަކު 230،000 ޑޮލަރު ހޭދަވާ އިރު ސެނެޓަރެއްގެ ހަރަދު އުޅެނީ އަހަރަކު 274،000 ޑޮލަރުގައެވެ. އެކަމަކު މިހާރު ގެންނަ ބަދަލުތައް ރައްޔިތުން ބަލައިގަނެ، އެއަށް އަމަލުކުރަން ފަށައިފި ނަމަ، މަޖިލިހުގެ ހަރަދުން އަހަރަކު 64 މިލިއަން ޑޮލަރަށް އަދި ސެނެޓްގެ ބަޖެޓުން 28 މިލިއަން ޑޮލަރު ސަލާމަތްވާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 މެއި 2017

ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް

27 މެއި 2017
ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް
28 އެޕްރީލު 2017

ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި

28 އެޕްރީލު 2017
ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި
20 އެޕްރީލު 2017

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

20 އެޕްރީލު 2017
އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް