Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްޓިވް ކޭސްތައް ފެނުނު ރަށްތައް

އެކްޓިވް ކޭސްތައް ފެނުނު ރަށްތަކާއި ރިސޯޓްތަކުގެ ކޭސްތަކުގެ އަދަދުތައް ދަށަށް

ހޯނޑެއްދޫން 32 މީހަކު ވަނީ ބަލިން ރަނގަޅުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2020 | ބުދަ 02:28
މިހާތަނަށް އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ހޯނޑެއްދޫއަށް ބޭނުންވަ ކެއަރ ޕެކޭޖްތައް އެރަށަށް ބާލަނީ

މިހާތަނަށް އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ހޯނޑެއްދޫއަށް ބޭނުންވަ ކެއަރ ޕެކޭޖްތައް އެރަށަށް ބާލަނީ

ކޮވިޑްގެ އެކްޓިވް ކޭސްތައް ފެނުނު ރަށްތަކާއި ރިސޯޓްތަކުގެ ކޭސްތަކުގެ އަދަދުތައް ދަށަށް ހިނގައްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، އަންގާރަ ދުވަހުގެ ނިޔަލަށް އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްތަކުގެ އަދަދަކީ 23 އެވެ. ނަމަވެސް އޭގެ ކުރީ ދުވަހާ އަޅާބަލާ އިރު، ކޭސްތަކުގެ އަދަދު ވަނި ދަށްވެފައެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމަތުތަކަށް ބަލާއިރު ހޯމަ ދުވަހު 48 އެކްޓިވް ކޭސް ފެނިފައިވާ އިރު، އަންގާރަ ދުވަހު މި އަދަދު ވަނީ 42ށް ވެފައެވެ. ނަމަވެސް އިތުރު ރަށަކުން ކޭސްތައް އަންގާރަ ދުވަހު ވަނީ ފެނިފައެވެ.

ރިސޯޓްތަކަށް ބަލާއިރު، ހޯމަ ދުވަހުގެ ނިޔަލަށް 27 ރިސޯޓަކުން 16 ފަތުރުވެރިންނާއި 39 މުވައްޒަފެއް ޕޮޒިޓިވް ކަމަށް ދެއްކި ނަމަވެސް، އަންގާރަ ދުވަހު މި އަދަދުތައް ވަނީ ދަށްވެފައެވެ. އެގޮތުން 25 ރިސޯޓަކުން 16 ފަތުރުވެރިންނާއި 34 ފަތުރުވެރިން އަންގާރަ ދުވަހުގެ ނިޔަލަށް އެކްޓިވް ކޭސްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

އަތޮޅު ތެރޭގެ ކޭސްތަކަށް ބަލާ އިރު، އާ ކޭސްއެއް ފެނިފައިވަނީ ކުޑަހުވަދޫންނެވެ. އެޗްޕީއޭއިން ބުނީ އެރަށުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ހުރި ދިވެއްސެއް ކަމަށެވެ. އަތޮޅު ތެރެއިން އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވެފައިވަނީ ގދ. ހޯނޑެއްދޫންނެވެ. ހޯނޑެއްދޫން މިހާތަނަށް 32 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ފަރުވާ ދެމުން ދަނީ 12 މީހަކަށެވެ.

މި އަދަދުތައް ދަށްވެފައިވާ އިރު ފާއިތުވި ދެ ދުވަހަކީ ކޭސްތައް އިތުރުވާން ފެށިފަހުނ ނިމިގެންދިޔަ ދޮޅު މަސް ދުވަހު އެންމެ މަދުން ކޭސްތައް ފެނުނު ދުވަސް ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މި ދެ ދުވަހު ވެސް ކޭސްތައް ރިޕޯޓްކޮށްފައިވަނި 50ން ދަށުންނެވެ. މީގެ އިތުރުން ޕޮޒިޓިވްވަމުންދާ ދިވެހިންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ.

އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ކޭސްތަކަށް ބަލާ އިރު، ޕޮޒިޓިވްވެފައިވަނީ 28 ދިވެހިންނާއި 20 ބިދޭސީންނެވެ. 8438 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 1340 އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ އިމާރާތް އަނދަމުންދަނިކޮށް އެ ސަރަހައްދުން އަންގިއެއް ފެނުނު: ހެކިން

ރާއްޖެޓީވީ އިމާރާތް އަނދަމުންދަނިކޮށް އެ ސަރަހައްދުން އަންގިއެއް ފެނުނު: ހެކިން

14 އޯގަސްޓު 2017
ކުނޫޒު ބަލައިފާސްކޮށްފި، ފުލުހުން ބުނީ އެއްވެސް ހެއްކެއް ނުފެނުނު ކަމަށް!

ކުނޫޒު ބަލައިފާސްކޮށްފި، ފުލުހުން ބުނީ އެއްވެސް ހެއްކެއް ނުފެނުނު ކަމަށް!

25 ޖުލައި 2017
އޭސީސީއިން ބަލާ މައްސަލައިގެ ބައެއް ލިޔުންތައް ނުފެނުނު ކަމަށް ބުނެ ސައުދު ފުލުހަށް ހާޒިރުކުރަނީ

އޭސީސީއިން ބަލާ މައްސަލައިގެ ބައެއް ލިޔުންތައް ނުފެނުނު ކަމަށް ބުނެ ސައުދު ފުލުހަށް ހާޒިރުކުރަނީ

08 ޖުލައި 2017
ކެޔޮދޫއިން ފިސްތޯލަ ފެނުނު މައްސަލަ ބެލުމަށް ސިފައިން އެރަށަށް ގޮސްފި

ކެޔޮދޫއިން ފިސްތޯލަ ފެނުނު މައްސަލަ ބެލުމަށް ސިފައިން އެރަށަށް ގޮސްފި

01 ޖުލައި 2017
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު