Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ އާއި އިރާނު

އެމެރިކާއާ އެކު ގައިދީން ބަދަލުކުރުމަށް އިރާނު ތައްޔާރު

އެމެރިކާ އިން ބުނަނީ އިރާނުގެ ޖަލުތަކުގައި ތިބި ސިޔާސީ ހައްޔަރީން ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2020 | އަންގާރަ 04:20
އިރާނުގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް

އިރާނުގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް

އިރާނުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ހުރިހާ އެމެރިކާގެ ގައިދީން ދޫކޮށްލާ އެމެރިކާ އާއެކު ގައިދީން ބަދަލުކުރުމަށް ތައްޔާރުކަމަށް އިރާނުގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވެއްޖެއެވެ.

ޖަވާދު ޒާރިފް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ނިއު ޔޯރކްގައި ކުރިޔަށްދިޔަ އދ. ގެ ފޮރިން ރިލޭޝަން ކައުންސިލް ބައްދަލުވުމެއްގައެވެ. މީގެ ކުރިން ވެސް އެމެރިކާއިން ވަނީ އިރާނުން ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުން ދޫކޮށްލުމަށް އެދިފައެވެ. އޭގެ ތެރޭގައި އިރާނާއި އެމެރިކާގެ ޕާސްޕޯޓް އޮންނަ ބާގިރު އާއި ސިމާކް ނަމާޒީ ހިމެނެއެވެ. އެމެރިކާއިން ބުނާގޮތުން އެމީހުންނަކީ ސިޔާސީ ހައްޔަރީންނެވެ.

އެހެންނަމަވެސް އިރާނުން ބުނަމުން އަންނަނީ ސިޔާސީ އެއްވެސް ބޭނުމަކު މީހުން ހައްޔަރުކޮށް ޖަލަށްލާފައިނުވާ ކަމަށެވެ. އަދި އެ ގައުމުން ބޭރު މީހުން ޖަލަށް ލާފައިވަނީ އެހެން ގައުމުތަކަށް ބޭނުންވާ ކަންކަމުގައި ޖާސޫސްކުރާތީ ކަމަށް އިރާނުން ވަނީ ބުނެފައެވެ. އިރާނުން އިތުރަށް ބުނީ އެމެރިކާއިން ހައްޔަރުކޮށްފައިވާ އިރާނުގެ ރައްޔިތުންނަކީ ނުހައްގުން ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ.

އިރާނާއި އެމެރިކާގެ ގުޅުން ހީނަރުވެ ނުތަނަސްވެފައިވީ ނަމަވެސް މިހާތަނަށް އައިއިރު ދެ ފަހަރެއްގެ މަތިން ވަނީ ގައިދީން ބަދަލުކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާގެ ނޭވީ ވެޓްރަނެއް ކަމުގައިވާ މައިކަލް ވައިޓް ވަނީ އަނބުރާ އެމެރިކާއަށް ފޮނުވާލާފައެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާ އިން ވަނީ އިރާން އަދި އެމެރިކާ އަށް ނިސްބަތްވާ މާޖިދް ތަހެރަށް އިރާނަށް ދިޔުމުގެ ފުރުސަތު ދީފައެވެ.

އޭގެ އިތުރުން، 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު އިރާނާއި އެމެރިކާއިން ގައިދީން ބަދަލުކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ދަށުން އެތައް އަހަރެއް ވަންދެން އިރާނުގެ ޖަލުގައި އެމެރިކާއަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ވަނީ ދޫކޮށްލާފައެވެ. އަދި އެމެރިކާ އިން ވެސް ވަނީ އިރާނުގެ ރައްޔިތުން ދޫކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު