Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުން

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެދިވަޑައިގެންފި

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ސެޕްޓެމްބަރު 2020 | ހޯމަ 14:13
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައި ވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑާއިއެކު ހޯމަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެން.ޑީ.އޭ.އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިދާރާއެއް ކަމަށެވެ. އެގޮތުން، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) އާއި އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދެވިފައިވާނެ ކަމަށް ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްލައްވައި ނައިބް ރައީސް ފައިސަލް ވަނީ، އެން.ޑީ.އޭ.ގެ ބަޖެޓާއި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ފަރުވާއަށްފަހު މުޖުތަމައާއި އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެން.ޑީ.އޭ.ގެ ބޯޑުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުން ވަނީ، ނައިބް ރައީސް ފައިސަލް އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެކަމަށާއި، އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުސްތަފާ ލުތުފީ އަދި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހުމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު