Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ

އ.ދ.ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައި މިވަނީ ކާމިޔާބީއިން ފުރިފައިވާ އަހަރުތަކެއް: ރައީސް ސޯލިހު

މިއީ އ.ދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަސް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2020 | ހޯމަ 14:02
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކޮށްފައި މިވަނީ ކާމިޔާބީއިން ފުރިފައިވާ، ފަޚުރުވެރި އަހަރުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖެއިން އ.ދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖުގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މިވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ އިގްތިސޯދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާއަތެއް ގާއިމުކޮށް ކުރިއަރުވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުންދާ ގައުމެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއަކީ ކުދި އަދި ޖަޒީރާ ގައުމުތަކަށް ބަލާއިރު ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދާ އެއް ގައުމު ކަމަށެވެ. އަދި، ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކޯވިޑް-19 ގެ ބަލިމަޑުކަން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތްކުރާ ގައުމެއްކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެއިތުރުން، އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން އަބަދުމެ ހިފަމުންދާކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ހޭދަކޮށްފައިވާ ދެ ދައުރަށް އަލިއަޅުއްވައިލައްވާފައެވެ.

ރާއްޖެއިން އ.ދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ މި މުނާސަބާ ފާހަގަކުރަމުން މިދަނީ އެ ޖަމުއިއްޔާއަށް ވެސް 75 އަހަރު ފުރޭ މުނާސަބަތާއި އެކުއެކީގައިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ، އެ ޖަމުއިއްޔާގެ ޗާޓަރއަށް ރާއްޖެއިން އިހުތިރާމުކޮށް، އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަގްވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ހޭދަކޮށްފައިވާ ދިގު ތާރީޚަށް އަލިއަޅުއްވައިލައްވައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގައި އޮތް ކުޑަ އާބާދީއެއްގެ ގައުމަކަށް، އެ ޖަމުއިއްޔާގެ މެންބަރެއްގެ ގޮތުގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރެވޭނެ ކަމާއިމެދު ބައިނަލްއަގްވާމީ މުޖުތަމައުގައި އެއިރު ސުވާލުތަކެއް ހުރިކަމަށެވެ.

ނަމަވެސް، އެ ޖަމުއިއްޔާގެ މެންބަރު ގައުމެއްގެ މަގާމު ރާއްޖެއަށް ލިބިގެންދިއުމަކީ ރާއްޖެއިން އަބަދުމެ ޝުކުރުވެރިވާނެ ނިންމުމެއް ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު