Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަބޫދާބީން ކޮވިޑް-19 ވެކްސިން ދިނުން

ކޮވިޑް-19: އަބޫދާބީގެ ޓީޗަރުންނަށް ވެކްސިނަށް އެދި ހުށައެޅުމުގެ ފުރުސަތު

ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ވެކްސިން ދިނުމުގައި އިސްކަން ދޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ސެޕްޓެމްބަރު 2020 | ހޯމަ 08:22
ރިޕޯޓްތައް ބުނާގޮތުން އަބޫދާބީގައި ވެކްސިން ދިނުމަށް ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދީގެން

ރިޕޯޓްތައް ބުނާގޮތުން އަބޫދާބީގައި ވެކްސިން ދިނުމަށް ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދީގެން

އަބޫދާބީގެ ޓީޗަރުންނާއި އާއިލާތަކަށް ވެސް ކޮވިޑް-19 ވެކްސިން ދިނުމަށް ނިންމައި، އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިވަގުތު އަރަބި ބައެއް ޤައުމުތަކުގައި ޓެސްޓު ކުރަމުންދާ މި ވެކްސިން އިމަރޖެންސީ ޙާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދީފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ވެކްސިން ދިނުމުގައި އިސްކަން ދޭނެ ކަމަށް އެ ޤައުމުގެ އޮފިޝަލުންނާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އަބޫދާބީގެ ޕަބްލިކް ސުކޫލުތަކަށް މިހާރު ވަނީ އެކަމާ ގުޅޭ ޚާއްސަ ސަރކިއުލަރއެއް ފޮނުވާފައެވެ. އެގޮތުން ވެކްސިން ހޯދަން އެދޭ ޓީޗަރުންނާއި، އާއިލާތައް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހިނގާ ސެޕްޓެމްބަރު މަހުގެ 24 ގެ ކުރިން ރަޖިސްޓަރ ކުރުމަށް ވަނީ ހުޅުވާލާފައެވެ.

ސާރކިއުލަރ ގައި ވާގޮތުން ޓީޗަރުންގެ އާއިލާ މީހުންގެ ތެރެއިން ވެކްސިން ޖަހާނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށެވެ.

އިމަރޖެންސީ ޙާލަތްތަކުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޔޫއޭއީން ދިނުމާއެކު، އެ ޤައުމުގެ ހެލްތް މިނިސްޓަރ އަބްދުލްރަޙުމާން ބިން މުޙައްމަދު އަލް ޤައިސް ވަނީ ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ނަންގަވާފައެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ

02 ޑިސެމްބަރު 2017
އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ
02 ނޮވެމްބަރު 2017

ކެޓަލޯނިއާގެ އިސް ފަރާތްތަކުގެ ޝަރީއަތް: 8 އޮފިޝަލަކު ޖަލަށް ލުމަށް ޕްރޮސިކިއުޓަރުން އެދިއްޖެ

02 ނޮވެމްބަރު 2017
ކެޓަލޯނިއާގެ އިސް ފަރާތްތަކުގެ ޝަރީއަތް: 8 އޮފިޝަލަކު ޖަލަށް ލުމަށް ޕްރޮސިކިއުޓަރުން އެދިއްޖެ
27 އޮކްޓޯބަރު 2017

ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ

27 އޮކްޓޯބަރު 2017
ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ
25 އޮކްޓޯބަރު 2017

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު ފަސްކުރުމަށް އެދި ހުށަހެޅި ޕެޓިޝަނަށް ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމުނު

25 އޮކްޓޯބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު ފަސްކުރުމަށް އެދި ހުށަހެޅި ޕެޓިޝަނަށް ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމުނު
20 ޖޫން 2017

ސިންގަޕޫރުގެ ބޮޑުވަޒީރު މައާފަށް އެދިވަޑައިގެންފި

20 ޖޫން 2017
ސިންގަޕޫރުގެ ބޮޑުވަޒީރު މައާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު