Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރިސޯޓްތައް ހުޅުވާލުން

އޮކްޓޯބަރުގެ ނިޔަލަށް 94 އިންސައްތަ ރިސޯޓް ހުޅުވިގެންދާނެ: އެމްއެމްޕީއާރުސީ

19 ސެޕްޓެމްބަރު 2020 | ހޮނިހިރު 12:15

ރާއްޖޭގައި އޮޕަރޭޓް ކުރަމުންދަނީ 156 ރިސޯޓެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 12:15
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް 94 އިންސައްތަ ރިސޯޓް އަލުން ހުޅުވިގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެންޕީއާރުސީ) އިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ގްލޯބްޓްރެންޑް މެގަޒިންއަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވެފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ގިނަ އަދަދެއްގެ ރިސޯޓްތައް ހުޅުވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އޮޕަރޭޓްކުރާ 156 ރިސޯޓްގެ ތެރެއިން 146 ރިސޯޓެއް އަންނަ އޮކްޓޫބަރު މަސް ނިމެންވާއިރަށް ހުޅުވިގެންދާނެ ކަަމަށް އުއްމީދުކުރައްވާކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

ރިސޯޓުތައް ހުޅުވަމުންގެންދާއިރު، ތޮއްޔިބު ވިދާޅުވިގޮތުގައި ކޮންމެ ރިސޯޓެއްވެސް ހުޅުވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް ބަޔާންކުރާ، ގައިޑްލައިނާއި އެއްގޮތަށެވެ.

ރާއްޖެ އަންނަ ފަތުުރުވެރިން މި ހިނގާ ސެޕްޓެމްބަރު 10 ވަނަަ ދުވަހުން ފެށިގެން ރާއްޖެ އައުމުގެ ކުރިން ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުންވެސް ފަތުރުވެރިންނަށް ރިސޯޓުގައި ޚިދުމަތްދޭ މުވައްޒަފުންގެ ރައްކާތެރިކަމަށް ޙާއްސަ ގައިޑްލައިންތަކެއް ވަނީ އެކުލަވާލާފައެވެ.

ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރިތަނެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތްތައް ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ބަލައިގަނެ ރާއްޖެ އަށް ވަނީ އެ ކައުންސިލުންދޭ ސޭފް ޓޫރިޒަމް ސްޓޭމްޕްވެސް ދީފައެވެ. މި ސްޓޭމްޕަކީ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ އިތުރުން، އިތުރު 200 ގައުމަކުން ބަލައިގަންނަ ސްޓޭމްޕެއްކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި ސްޓޭމްޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މެދު ބައިނަލްއަގްވާމީ މަޝްރަހުގައި އޮތް އިތުބާރު އިޔާދަވެގެންދާނެ ކަމަށް މިނިސްޓްރީ އިން ގަބޫލު ކުރެއެވެ.

ރާއްޖޭގެ ބޯޑަރުތައް މާރޗް މަހުގެ 27 ވަނަ ދުވަހު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވާއިރު، މި ފެށޭ އޮކްޓޯބަރު މަހުގެ ތެރޭގައި މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހއްދުތަކުގައި ހުރި ގެސްޓްހައުސްތައް ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2017

ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!

22 އޮކްޓޯބަރު 2017
ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!
23 އޯގަސްޓު 2017

ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 9.9 ބިލިއަން ރުފިޔާ ލިބިފައިވޭ:މީރާ

23 އޯގަސްޓު 2017
ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 9.9 ބިލިއަން ރުފިޔާ ލިބިފައިވޭ:މީރާ
22 އޯގަސްޓު 2017

މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި

22 އޯގަސްޓު 2017
މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި
10 ޖުލައި 2017

އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ

10 ޖުލައި 2017
 އިމްޕޯޓު 7 އިންސައްތަ އިތުރުވެ، އެކްސްޕޯޓު ކުރި މިންވަރު 118 އިންސައްތަ އިތުރުވެއްޖެ
06 ޖޫން 2017

ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި

06 ޖޫން 2017
ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
09 އެޕްރީލު 2017

ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

09 އެޕްރީލު 2017
ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 މާރިޗު 2017

ހޮނޑާފުށި ރިސޯޓް އޭޕްރިލްގައި ހުޅުވަނީ

22 މާރިޗު 2017
ހޮނޑާފުށި ރިސޯޓް އޭޕްރިލްގައި ހުޅުވަނީ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް