Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުގްރީން ޓެކްސް

ޖޫން މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް!

19 ސެޕްޓެމްބަރު 2020 | ހޮނިހިރު 07:37

ޖޫން މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 3.9 މިލިއަން ރުފިޔާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 07:37
ރާޢްޖޭގެ ރިސޯޓެއް: މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހޭ

ރާޢްޖޭގެ ރިސޯޓެއް: މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހޭ

ޖޫން މަހުގެ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރުގެ ޖޫން މަހުގައި ލިބިފައިވާ ގްރީން ފަންޑްގެ ރިޕޯޓް ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައި ވާއިރު މިއަހަރުގެ ޖޫން މަހު ދައުލަތަށް ލިބިފައިވަނީ 3.9 މިލިއަން ރުފިޔާއެވެ.

އަދި މިދިޔަ އަހަރުގެ ޖޫން މަހު ގްރީން ޓެކުހުގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ރިޕޯޓުން ދައްކާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ގްރީން ޓެކުހުގެ އާމްދަނީ މިއަހަރު ވަނީ ބޮޑުތަނުން ދަށްވެފައެވެ.

އާންމު ކުރި ރިޕޯޓް އިން ދައްކާ ގޮތުގައި ޖޫން މަހު ގްރީން ޓެކްސް އެންމެ ގިނައިން ލިބިފައި ވަނީ ކ. އަތޮޅުގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުންނެވެ.

އެގޮތުން ކ. އަތޮޅުގެ ސަފާރީ، ހޮޓާ އަދި ގެސްޓު ހައުސްތަކުން ޖުމްލަ 1.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަދި ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވާއިރު ގެސްޓުހައުސް ވިޔަފާރިން ގްރީން ޓެކުހުގެ ގޮތުގައި 143398.32ރ. ލިބިފައިވެއެވެ. ނަމަވެސް ހޮޓާ ތަކުން ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެއެވެ.

ގްރީން ޓެކްސް ރިޕޯޓް ދައްކާ ގޮތުގައި ހއ. އަތޮޅާއި ސ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު އަދި ގއ. ގެ އަތޮޅުތަކުގެ އިތުރުން އަދި ފުވައްމުލަކުން ގްރީން ޓެކްސް ލިބިފައެއް ނުވެއެވެ. އަދި ރާއްޖޭގެ ސަފާރީތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 195,953.16ރ. އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ރިޕޯޓުގައިވާ ގޮތުގައި ޖޫން މަހުގައި 41 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ގްރީން ފަންޑުގައި ބެލެންސުގައި 918 މިލިއަން ރުފިޔާ ހުރި ކަމަށް ދައްކައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތް ދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް