Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

މާލެ ފިޔަވާ ރާއްޖޭގެ 21 ރަށަކަށް ކޮވިޑުގެ ކޭސްތައް ވަނީ ފެނިފައި

މި ރަށްތަކުން ޖުމްލަ 48 މީހުން ވަނީ ޕޮޒިޓިވްވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 03:16
ހއ. ކެލާ

ހއ. ކެލާ

އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00 ޖެހުމާއި ހަމައަށް މާލެ ފިޔަވާ ރާއްޖޭގެ 21 ރަށަކުން ކޮވިޑުގެ ކޭސްތައް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑުގެ ކޭސްތައް ފެނިފައިވާ މި ރަށްތަކުން ޖުމްލަ 48 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 34 ދިވެހިންނާއި 14 ބިދޭސީން ހިމެނެއެވެ.

Advertisement - newsAdvertisement

ގދ. ހޯނޑެއްދޫ އަދި ގދ. މަޑަވެލި މޮނީޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު ކޮވިޑުގެ ކޭސްތައް ފެންނަ ރަށްތަކުގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. ރަށްތަކުން ކޮވިޑަށް މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ 14 ދުވަހުގެ ހޯމް ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ށ. އަތޮޅު ކޮވިޑު ފެސިލިޓީ އަދި ގއ. ވިލިނގިލީ ކޮވިޑު ފެސިލިޓީގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

21 ރަށަކުން ކޮވިޑުގެ ކޭސްތައް ފެނިފައިވާއިރު ރާއްޖޭގެ 27 ރިސޯޓަކުން ވަނީ ކޮވިޑުގެ ކޭސްތައް ފެނިފައެވެ. ރިސޯޓުން 39 މުވައްޒަފަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 18 ފަތުރުވެރިޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް އެއް ރިސޯޓުން އަނެއް ރިސޯޓަށް ދެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެެވެ. އެގޮތުން ހުއްދަ ދޫކޮށްފައިވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ''ސްޕިލިޓް'' ގައިޑްލައިންތަކަށް ފެތޭ ރިސޯޓުތަކުން، ޝަރުތުތައް ފުރިހަމަ ކުރުމަށް ފަހު ޓޫރިޒަމް މިނިސްޓްރީ އަށް ހުށައެޅުމުންނެވެ. އަދި ހުއްދަ އަށް އެދި ފަތުރުވެރިޔާ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ތާރިހުގެ ދެ ދުވަސް ކުރިން އެ މިނިސްޓްރީން ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ މިއިން ދުވަހަކުވެސް ނުވާ ވަރުގެ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ކަމުގައިވިޔަސް ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު އަދި މަދެވެ.

މި ދުވަސްވަރު ރާއްޖެ އަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިންނަކީ މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މާހިރުން ލަފާކުރާ ގޮތުން މި އަހަރުގެ ފަހުކޮޅު ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ގިނަވެގެން ދާނެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު