ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 18:45
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ: އެމަނިކުފާނުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވަނި އަމާޒުވެފައި
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ: އެމަނިކުފާނުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވަނި އަމާޒުވެފައި
ޑެއިލީ މެއިލް
ވެނެޒުއެލާގެ ސަރުކާރަށް ކުރެވޭ ތުހުމަތު
ސަލާމަތީ ބާރުތައް ގުޅިގެން އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހިންގިކަމުގެ ތުހުމަތު ވެނެޒުއެލާގެ ސަރުކާރަށް
 
މި ތުހުމަތުތަކާއި ވެނެޒުއެލާގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައި
 
ގަސްދުގައި ފްރޭމް ކުރުމާއި މީހުން ގެއްލުވާލުމާއި މަރާލުމުގެ އެތައް ތުހުމަތެއް ވަނީ ކޮށްފައި
 
މީހުން މެރުމަށް އަމުރު އަންނަނި ސީދާ ވެރިކަމުގެ އިސްފަރާތްތަކުން

ފުލުހުންނާއި ސަލާމަތީ ބާރުތަކާއި އިންޓެލިޖެންސް އެޖެންސީތަކާއި ގުޅިގެން އިންސާނިއްޔަތާއި ހިލާފު އެތައް އަމަލެއް ހިންގިކަމުގެ ތުހުމަތު ވެނެޒުއާލުގެ ސަރުކާރަށް ކޮށްފިއެވެ.

އދ ގެ "ބެކްޑް ފެކްޓް ފައިންޑިން މިޝަން" އިން ބުދަ ދުވަހު އާންމު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ވެނުޒުއެލާގެ ސަރުކާރުން އިންސާނިއްޔާއި ހިލާފު އެތައް އަމަލެއް ކޮށްފައިވާ ކަމަށާއި، އެކަމާއި ގުޅޭ 223 ކޭސްއެއް ތަހުގީގުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ކޯޓުން ފޭކް ލިޔުންތައް ހަދާ މީހުން މެރުމާއި، ގަދަކަމުން މީހުން ގެއްލުވާލުމާއި، ސަބަބެއް ނެތި މީހުން ހައްޔަރުކޮށް އަނިޔާކުރުމެވެ.

މީގެ އިތުރުން 2891 ކޭސްއެއް އިތުރަށް ބެލި އިރު، ހަމަނުޖެހުން ހިންގުމަށާއި، ކުށްތައް ކުރުންފަދަ ކަންކަން ވެނުޒުއެލާގެ ސަރުކާރާއި ސްޓޭޓް ސަރުކާރުތަކުން ގްރޫއްޕުތަކާއި ބައިވެރިގެން ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ޔޫއެން މިޝަންގެ ޗެއަރޕާސަން މަރްޓާ ވެލިނަސް ވިދާޅުވީ ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ވެނެޒުއެލާގެ އިދާރާތަކާއީ ސަލާމާތީ ބާރުތަކުން 2014 ވަނަ އަހަރުން ފެށިގެން ރާވައިގެން އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އެ ހައްގުތަކާއި ދެކޮޅަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ވެސް ފާހަގަކުރެވިފައިވާ ބޮޑެތި ކަންތައްތަކުގެ ތެރޭގައި މީހުން ހައްޔަރުކޮށް އަނިޔާކޮށް މަރާލުމާއި، ޓޯޗަރ ކުރުން ހިމެނެއެވެ.

ގާނޫނުތައް މިކަންކަމަށް ހެދިފައި ހުރި ނަމަވެސް ގާނޫނުތައް އެއް ފަރާތްކޮށްފައި މި ޖަރީމާތަކާއި އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހިންގާފައިވަނީ ރާވައިގެން ގުޅިގެން ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިކަން ކުރުމުގެ އަޑީގައި ތިބީ ސީދާ އޯޑަރުތަކަށް އަމަލުކުރާ އޮފިސަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނެވެ.

411 ސޮފްހާގެ މި ރިޕޯޓަކީ ވެނަޒުއެލާގައި މިފަދަ ތަހުގީގެއް ހިންގާ އާންމުކުރި ފުރަތަމަ ރިޕޯޓެވެ. މި ރިޕޯޓުގައި 48 ކޭސްއެއް ވަނީ ފުނަށް ތަހުގީގުކޮށްފައެވެ. މި 48 ކޭސްގެ ތެރޭގައި ވެސް ނުހައްގުން ޖަލަށްލުމާއި އަމިޔާކުރުމާއި މީހުން މެރުމާއި ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް ޓޯޗަރ ކުރުން އަދި މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށިކޮށް އަމަލުކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން ބައިނަލްއަގުވާމީ މީޑިއާތަކުން ވެނުޒުއެލާ ސަރުކާރުގެ ރަސްމީ ބަހެއް ހޯދުމަށް އެދުނު ނަމަވެސް އަދި މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ހާމަކޮށްފައެވެ ނުވެއެވެ. ނަމަވެސް އެގައުމުގެ ފޮރިން މިނިސްޓަރ ޖޯޖް އެރިއޭޒާ ވަނީ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލާއި ޔޫއެންގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރަށް އެތައް ފަހަރެއްގެ މަތިން ފާޑު ވިދާޅުވެފައެވެ. އަދި އެ ރިޕޯޓަކީ ވަކި އަތަކަށް ޖެހިގެން ނެރިފައިވާ ރިޕޯޓެއް ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ ވެނެޒުއަލާގެ ސަލަމަތީ ބާރުތަކުގެ ދެ ފޯސްއަކުން މި ކަންކަމުގެ ތިންބައިކުޅަ ދެބައި އަމަލުތައް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނުހައްގުން މީހުން ހައްޔަރުކޮށް މެރުމުގެ އަމަލު އިންތިހާއަށް ހިމެނެއެވެ. މި ދެ ފޯސްގެ ތެރޭގައި ހިމެނެނީ ސައިންޓިފިކް ކްރިމިނަލް އެންޑް ކްރިމިނަލޮޖިކަލް އިންވެސްޓިގޭޓަރ ކޯރޕްސް (ސިއައިސީޕީސީ) އާއި ބޮލީވިއާގެ ފުލުހުންގެ ސްޕެޝަން އެކްޝަން ފޯސް (އެފްއޭއީއެސް) އެވެ.

މީގެކުރިން ވެސް ބައިނަލްއަގުވާމީ ނޫސްތަކުން ހާއްސަކޮށް ސީއެންއެންއިން ވަނީ އެފްއޭއީއެސްގެ މި ޖަރިމާތައް ރިޕޯޓްކޮށްފައެވެ. ކަޅު ފޭރާމުގައި ހޮލޯވީން މާސްކް އަޅައިގެން މި ފޯސް އިން ނުކުންނަނީ ބޮޑެތި ގްރޫއްޕުތައް ހަދައިގެން ފަގީރު ހިސާބުތަކުގައެވެ. އަދި އެމީހުންގެ މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ ޒުވާން އުމުރު ފުރައިގެ ފިރިހެންނުނަށެވެ.

ޔޫއެންގެ ރިޕޯޓް ބުނާގޮތުން މަތީން އެމީހުންނަށް ކަންކަން ކުރުމުގެ އޯޑަރުތައް އަންނަ ކަމަށާއި ފެހި ސިގްނަލާއެކު މީހުން މެރުމަށް ހުއްދަ ލިބިގެންދާ ކަމަށެވެ. މި ގްރޫޕުގެ ޓްރެއިނިންގ ވީޑިއޯއެއް ދައްކާގޮތުން ކުށްކުރާ މީހުން މެރުމަށް އޮފިސަރުންނަށް ހިތްވަރު ދިނުން ފަދަ ކަންކަން ވަނީ ފާހަގަ ވެފައެވެ. މި ގްރޫއްޕުން މި ރިޕޯޓަށް މައުލޫމާތު ދިން ބައެއް އޮފިސަރުން ބުނެފައިވަނީ މީހުން މެރުމަށްފަހު ކަން ހިނގިގޮތް ފޮރުވުމަށްޓަކައި އެތަންތަނުގައި ހަތިޔާރު ފޮރުވާ ފަހުން އެ ކަން ހިނގައިދިޔައި ހަތިޔާރު ގެންގުޅުނު ކަމުގެ ސަބަބުން ކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ ސިދާ ރާވައިގެން ކުރާ ކަމެއްކަމަށް އޮފިސަރުން ވަނީ ބުނެފައެވެ.

ވެނެޒުއާލާގެ ބާރުތަކުގެ އިސް ފަރާތްތަކަ މިކަމުގެ މައުލޫމާތު އެނގުނު ނަމަވެސް މިކަންކަން ހުއްޓުވުމަށް އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މީހުން މަރަމުން ދަނީ ކުށްކުރުން ހުއްޓުވުމަށްޓަކައި އަމަލުކުރަމުން އަންނަ ޕޮލިސީއެއްގެ ދަށުންނެވެ.

ޔޫއެންގެ ރިޕޯޓުގައި ވަނީ އެފްއޭއީއެސް އުވާލާ މިކަމުގައި ޒިންމާ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށެވެ. އެފްއޭއީސެސްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އެ މީހުން ވަނީ ކުރަމުންދާ ތުހުމަތުތައް އިންކާރުކޮށް ދޮގުކޮށްފައެވެ. އަދި އޮފިސަރުން ވަނީ މީހަކު ހައްޔަރުކުރުމުގައި އަމަލުކުރަމުންދާ ގޮތުގެ ވީޑިއޯއެއް އާންމުކޮށް ދިފާއުގައި ވާހަކަ ދައްކާފައެވެ. މީގެ އިތުރުން މުޖްތަމައުއަށް އެހީތެރިވާ މަންޒަރުތަކާއި ކާބޯތަކެތި ބޭނުންވާ ފަރާތްތަކަށް އެ ތަކެތި ބެހުމުގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް ވެސް އާންމުކޮށްފައެވެ.

އެއްވެސް ސަބަބެއް ނެތި މީހުން ހައްޔަރުކޮށް މެރުމުގެ މައްސަލަތަކުގެ އިތުރުން ޔޫއެން މިޝަންއިން ވަނި ސިޔާސީ ގޮތުން މަންފާ ހޯދުމަށްޓަކައި އަނިޔާކުރުމާއި ގަދަބާރު ދެއްކުމަށް ވެނެޒުއެލާގެ އިންޓެލިޖެންސް އެޖެންސީތަކުން ހިންގާފައިވާ ކަންކަން ވެސް ތަހުގީގުކޮށްފައެވެ. އިންޓެލިޖެންސް އެޖެންސީއެއްގެ ގޮތުގައި ހިމެނީ ބޮލީވިއަން ނެޝަނަލް އިންޓެލިޖެންސް ސަރވިސް (އެސްއީބީއައިއެން) އަދި ޖެނެރަލް ޑައިރެކްޓްރޭޓް އޮފް މިލިޓަރީ ކައުންޓަރ-އިންޓެލިޖެންސް (ޑީޖީސީއައިއެމް) އެވެ.

ޔޫއެން މިޝަންއިން ހޯދާފައިވާ ހޯދުންތަކަށް ބަލާ އިރު، އެސްއީބީއައިއެން ވަނީ ސިޔާސީ ފަރާތްތަކާއި، އެކްޓިވިސްޓުންނާއި ސަރުކާރާއި ދެކޮޅު ހަދާ ފަރާތްތަކަށް ވަކިން ބޮޑަށް ޓާގެޓްކޮށްފައެވެ. މީގެ އިތުރުން ޑީޖީސީއައިއެމް އިން ވަނީ ސިފައިންނާއި އާންމުންގެ އިތުރުން ގުރޫއްޕުތަކަށް ނިސްބަތްވާ މީހުންނާއި ސަރުކާރާ ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވަކިން ބޮޑަށް ޓާގެޓްކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތައް ބައިތިއްބައި ތިބެނީ ރަސްމީ ޖަލުން ބޭރުގައި ކަމަށާއި، ޑިއު ޕްރޮސެސްގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށެވެ. އެމީހުންގެ މައްޗަށް ދޮގު ތުހުމަތުކޮށް ހެކިތައް ހަދާފައެވެ. ބަންދުގައި ތިބޭ އިރު، ލާއިންސާނީ އަމަލުތައް ހިންގުމާއި އެކިކަހަލަ ދަށުދަރަޖައިގެ އަނިޔާކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
19 ސެޕްޓެންބަރ 2020 | ހޮނިހިރު 21:21
ކޖތ5
ޝާނީގެ ރިޕޯރޓެއް ހާދަ ނުފެނެޔޭ މިހާރު.. މިސްޔޫ