Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

ދަރިން ޝިކާރަ ކުރުމަށް އިންޓަނެޓްގެ ދުނިޔޭގައި ބަޔަކު ފާރަލާ، ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރަން ޖެހޭ: ޚުތުބާ

އިންޓަނެޓަކީ، އޭގެ އަޑި ނޭނގޭހާ ފުން، ނުރައްކާތެރި ކަނޑެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2020 | ހުކުރު 08:40
އިންޓަނެޓުން ޒުވާނެއް ގޭމް ކުޅެނީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފައި

އިންޓަނެޓުން ޒުވާނެއް ގޭމް ކުޅެނީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފައި

ދަރިން ނުބައި ކަންތައްތަކުގެ ޝިކާރައަކަށް ހެދުމަށް، އިންޓަނެޓްގެ ދުނިޔޭގައި ބަޔަކު ފާރަލާއިރު އެކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދޭށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ދަރިންގެ ކިޔެވުމަށް އިންޓަނެޓްގެ ބޭނުން ހިފުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް، އިންޓަނެޓަކީ، އޭގެ އަޑި ނޭނގޭހާ ފުން، ނުރައްކާތެރި، ކަނޑެއް ފަދަ ވަސީލަތެއް ކަމަށާއި، އެތަނުގެ ނުރައްކާތެރިކަން ނޭނގޭހާ ބޯ ޖަންގައްޔެއް ފަދަ އެއްޗެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އެ ތަނުގައި އުޅޭނެ ރައްކާތެރި ގޮތްތައް ދަރިންނަށް ދަސްކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި، އެކުދިންނަށް ޒިންމާދާރު، ޑިޖިޓަލް ރައްޔިތަކަށް ވެވޭނެ ގޮތްތަކާއި މަގުތައް ދައްކުވައި ދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އިންޓަނެޓް މެދުވެރިކޮށް އަތުވެދާނެ ނުރައްކާތެރި ޙަމަލާއެއްގެ ޝިކާރައަކަށް ނުވެ، އަމިއްލަ ނަފްސާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކުރާ ޙާލުގައި، އިންޓަނެޓް ބޭނުންކުރުމަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

އިންޓަނެޓް މެދުވެރިކޮށް ތިމާ ހިއްސާކުރާ ކޮންމެ އެއްޗަކީ ކޮންމެވެސް ބަޔަކަށް، ތިމާއާ ދެކޮޅަށް އޭގެ ބޭނުން، ނަހަމަ ގޮތުގައި ހިފިދާނެ އެއްޗެއްކަން ދަންނަ ބަޔަކަށް އެކުދިނަށް ވިސްނައިދޭން ޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި އުކުޅުތައް ބޭނުންކޮށްގެން ދަރިން ގޯސް މަގުތަކަށް ގެންދިޔުމަށް މަސައްކަތްކުރާ މީހުންގެ ކެހިވެރި މަޅީގައި ނުޖެހި ތިބެން އެކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

މަގުމަތިން ފެންނަ ނުދަންނަ މީހާއާއި ވާހަކަ ނުދައްކަން ދަސްކޮށްދޭ ފަދައިން، ނުވަތަ އެއަށްވުރެ ބޮޑަށް، އިންޓަނެޓްގެ ތެރެއިން ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށް ދަރިންނަށް ދަސްކޮށް ދިނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނީ ތިމާގެ ޒާތީ މައުލޫމާތުތަކާއި ޕާސްވޯޑުތައް ފަދަ ތަކެއްޗަކީ އެއްވެސް ފަރާތަކާ ހިއްސާކުރެވިގެން ނުވާނެ މައުލޫމާތުތަކެއްކަން ދަރިންނަށް ދަަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި އިންޓަނެޓް މެދުވެރިކޮށް އެކަނި ކޮޓަރިއެއްގެ ތެރޭގައި ހުރެގެން، އެތަކެތި ބެލުމަށް ލޯތައް ލަދުވެތިވާ ފަދަ މަންޒަރުތައް ނުބެލުމަށް ދަސްކޮށްދިނުމަށް ވެސް ޚުތުބާގައި އެދިފައިވެއެވެ.

ނުބައި ކަންތައްތަކުގެ ޝިކާރައަކަށް ހެދުމަށް، އިންޓަނެޓްގެ ދުނިޔޭގައި ބަޔަކު ފާރަލާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި، އިންޓަނެޓް ބޭނުންކުރާނެ ރައްކާތެރި ގޮތް ދަސްކޮށްދިނުމެއް ނެތި، އަދި އެއްވެސް ހިފެހެއްޓުމެއް ނެތި، ދަރިން އިންޓަނެޓްގެ ދުނިޔެއަށް ދޫކޮށްލުމަކީ، ވަރަށް ގިނަ ފަހަރަށް ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް އެކުދިން ވެގެންދާ ސަބަބެއް ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކުގެ ތެރެއަށް ގެންދިޔުމަށް ކޮށާލެވޭ މަގަކަށް ވެގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމްދީނާ މެދު ޝައްކު އުފައްދައި، އެކުދިންގެ ހިތްތަކުން އީމާންކަން ފޮހެލުމަށް ބަޔަކު މީހުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަމާއި ޙައްދުފަހަނަޅައި ދިއުމުގެ ތެރެއަށް ދަރިން ގެންދާ މީހުން އެންމެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުން ގެންދަނީ އިންޓަނެޓް ބޭނުން ކޮށްގެން ކަމަށެވެ.

ދަރިން ބެލުމުގައި ވަރަށް ހުށިޔާރުވާން ޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިއަދު ދަރިންގެ ތަރުބިއްޔަތާ މެދު ފަރުވާ ކުޑަކޮށްގެން މައިންބަފައިން ތިބޭ ކަމުގައިވާ ނަމަ، އެ ދަރިން މަގުފުރެއްދުމަށް މަސައްކަތް ކުރާނެ ނުބައި ބާރުތަކެއް މި މުޖުތަމަޢުގައި ތިބިކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ އިންޓަނެޓް މެދުވެރިކޮށް ދަރިންނާ ވާހަކަދައްކައި، އެކުދިންގެ އިތުބާރު ހޯދައި، އެކުދިންނާ ގާތް ގުޅުމެއް އުފައްދަން ޖެހޭ ކަމަށެވެ.

އެކުދިން ޝިކާރަކުރުމަށް ބޭނުންކުރާ އެންމެ މައިގަނޑު ވަސީލަތްތަކަކީ، އޮންލައިން ގޭމްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތް ކަމަށްވާއިރު، މައިންބަފައިންގެ ސީދާ ބެލުމުގެ ދަށުން ނޫން ގޮތަކަށް މިފަދަ ވަސީލަތްތަކުގެ ތެރެއަށް ދަރިން ދޫނުކުރުމަށް ޚުތުބާގައި ބެލެނިވެރިންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދަރިންނަށް އިންޓަނެޓްގެ ވަސީލަތް ބޭނުންކުރުމަށް ދޭއިރު، ޕޭރެންޓަލް ކޮންޓްރޯލް އަދި ފެމިލީ ސޭފްޓީ ފަދަ ކަންތައްތައް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އައިޓީ ދާއިރާގެ ބޭފުޅުން އިންޓަނެޓް ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި، ދަރިންނަށް އިންޓަނެޓް ބޭނުން ކުރަން ދިނުމުގައި ޕޭރެންޓަލް ކޮންޓްރޯލާއި، ފެމިލީސޭފްޓީ ޤާއިމުކުރުމަކީ ކޮންމެ ކޮންމެ ބެލެނިވެރިއަކަށް ފަސޭހައިން އެނގޭ ކަމަކަށް ނުވެދާނެތީ މިކަންކަން ކުރާނެ ގޮތް ބެލެނިވެރިންނަށް ދަސްކޮށްދިނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އެއީ މިކަންތައް ނުކޮށް ދަރިން އިންޓަނެޓްގެ ބޮޑު ބިޔަ ދުނިޔެއަށް ދޫކޮށްލުމުގެ ނަތީޖާ ހިތި ގޮތެއްގައި ފެނިދާނެތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ބެލެނިވެރިންގެ އިތުރުން މުދައްރިސުން ދަރިވަރުންނަށް އިންޓަނެޓްގެ ބޭނުން ޒިންމާދާރުކަމާ އެކު ހިފުމުގެ މުހިއްމުކަން ވިސްނައިދީ، އެކަމަށް އެކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ. އަދި ބަރަހަނާމަންޒަރުތައް އެކުލެވޭ ވެބްސައިޓްތަކަށާއި، އިސްލާމްދީނާ ޚިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ޙައްދުފަހަނަޅައި ދިޔުމަށް ހިތްވަރުދެވޭ ވެބްސައިޓްތަކަށް، ނުވަދެވޭ ގޮތް ހަދައިދިނުމަށް ވެރިންގެ މައްޗަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު