Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުނޫޒް ޖަލްސާ

މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ

ސަރުކާރުން ހިންގާ ވައްކަންތަކުގެ ތަފްސީލެއް ނޭނގޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2017 | އަންގާރަ 00:03
ކުރީގެ މެންބަރު އިބްރާހިމް މުއްތަލިބު - ޤައުމު އިސްލާހުކުރުމަށް ތެދުވުމަކި މުހިންކަމެއްކަމަށް އޭނާ ވިދާޅުވި

ކުރީގެ މެންބަރު އިބްރާހިމް މުއްތަލިބު - ޤައުމު އިސްލާހުކުރުމަށް ތެދުވުމަކި މުހިންކަމެއްކަމަށް އޭނާ ވިދާޅުވި

އެމްޑީއެގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދުގެ އެކުވެރިން ކަތިލެވޭ އިރު ބަލަން ތިބެގެން ނުވާނެ ކަމަށާއި އެކަމަށް ވިސްނުމަށް ފަރެސްމާތޮޑާ ދައިރާގެ ކުރީގެ މެންބަރު، އިބްރާހިމް މުއްދަލިބު ގޮވާލައްވައިފި އެވެ.

ހޯމަ ދުވަހު ރޭ މ. ކުނޫޒްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއްތަލިބު ވަނީ މިއަދުގެ ހާލަތަށް ރިޔާއަތްކުރައްވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމަށް ނަސޭހަތްތެރިވެފަ އެވެ. އެގޮތުން މުއްލަތިބު ވިދާޅުވީ، މި ސަރުކާރަށް ހެޔޮއެދިގެން މަސައްކަތް ކުރި ހުރިހާ އެންމެން އަންނަނީ އަޒުލް ކުރަމުން ކަމަށާއި، އެކަމުން ނުފުދިގެން މިހާރު ވިޔަފާރިވެރިންނަށް ދަތިކުރުމުގެ މަސައްކަތް ފަށާފަވާ ކަމަށެވެ.

Advertisement - newsAdvertisement

މުއްލަތިބު ވިދާޅުވީ، އެކުވެރިން ކަތިލެވޭއިރު އެ މަންޒަރު ބަލަން ހުރެގެން ނުވާނެ ކަމަށެވެ. އަދި އެކަމަށް ވިސްނާވަޑާއިގަތުމަށް ސިޔާމަށް އިލްތިމާސްކުރެއްވި އެވެ. މުއްތޮލިބް ވިދާޅުވީ، ގާސިމްއަށް ފަހުގައި ދެން މިސަރުކާރުން ނުކުމެވަޑާއިގަންނަވާނީ ސިޔާމާއި ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މާލިއްޔަތު ގާނޫނަށް ބަދަލު ގެނައީ، ސަރުކާރުގެ ތަރައްގީ މަޝްރޫއުތައް ކުރިއަށް ގެންދިނުމަށް އަވަސްކޮށްދިނުމުގެ މަގްސަދުގައި ކަމަށާއި އެއްވެސް ހާލެއްގައި އޭގެ ނާޖައިޒް ފައިދާ ސަރުކާރުން ނަގާނެ ކަމަށް ވިސްނަވައިގެން ނޫން ކަމަށެވެ.

"މިހާރު ހިނގަމުންދާ ކަންކަމުގެ ތެރެއިން، ގާސިމަށް ކުރެވޭ ދައުވާތަކުގެ ތެރެއިން، އެމަނިކުފާނު ދައްކަން ނުޖެހޭ 92 މިލިއަން ރުފިޔާއެއްގެ ވާހަކަ އަންނަނީ ދެކެވެމުން. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިގޮތަށް ފައިސާ ސަރުކާރުން މި ހޯއްދަވަނީ ސަރުކާރު ދަރަނިވެރިވުމުން." މުއްތަލިބު ވިދާޅުވި އެވެ.

މިހާރު މާލިއްޔަތު ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ސަރުކާރުން ވައްކަން ކުރިއަސް ރައްޔިތުންނަށް ނޭންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ، 2008 ވަނަ އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ މާލިއްޔަތު ބެލެހެއްޓުމަށް ހަރުދަނާ އުސޫލުތަކެއް އެކުލަވާލެވުނު ކަމަށެވެ. އެގޮތުން ދިވެހި ދައުލަތުގެ އެކައުންޓިން ނިޒާމަކީ ޕަބްލިކް އެކައުންޓިން ނިޒާމަކަށް ބަދަލު ކުރެވިގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ގާސިމް އިބްރާހިމްގެ އިސްނެންގެވުމެއްގެ ދަށުން މާލިއްޔަތު ބޭނުންހާ ގޮތެއް ނެހެދޭނެ ހަރުދަނާ އުސޫލުތަކެއް ގެނެވުނުކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ލޯން ނެގޭނީ، މަޖިލީހުގެ ހުއްދަ ހޯދައިގެން ކަމަށް އޭރު ކަނޑައެޅުނުކަން މުއްތަލިބު ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މިއަދު އަނެއްކާވެސް މަޖިލީހުން އެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް ނޭނގެ މިގައުމަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ލޯނެއްކަން. ދައްކަން ޖެހެނީ، ކޮން އިރަކު ކަމެއް. ނެގިފަ އޮތީ ކޮން ގައުމަކުން ކަމެއް. އިންޓްރެސްޓް ރޭޓަކީ ކޮބައިކަމެއް. އަޅުގަނޑުމެންނަށް ފަހުން ގެނެވުނު ބަދަލާ އެކީގައި ދައުލަތަށް ލިބޭ އެހީއާއި ނަގާލޯން އެހެން އެކައުންޓް ތަކަށް ލުމުގެ ފުރުސަތު ލިބިގެންދިޔައީ." މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ، މިއަދު ގާއިމް ކުރެވިފައިވާ ނިޒާމަކަކީ އެނިޒާމުގެ ތެރެއިން ކުރެވިގެންދަނީ ކީއްކަން ރައްޔިތުންނަށް ނޭންގޭ ނިޒާމެއް ކަމަށެވެ. މުއްތަލިބު ވިދާޅުވީ، އެތަށް ލޯނެއް ސަރުކާރުން ނަގާފައިވާކަމަށާއި އެހެންނަމަވެސް އޭގެ ތަފްސީލުތަކެއް ވެސް ރައްޔިތުންނަށް ނޭންގޭ ކަމަށެވެ. އަދި މިއަދު ކުނޫޒުގެ ޕޯޑިއަމްއަށް އަންނަން ޖެހުނީ ގަބޫލު ނުކުރާ ކަންތައްތަކެއް، ސަރުކާރުން ހިންގަމުން ގެންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ދައުލަތުގައި އިންޑިޔާ ސަރުކާރުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު ދެއްކޭވަރުގެ ގާބިލް ކަމެއް ނެތް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު