Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައުދާ އާތިފްގެ މަރު

ރައުދާގެ ގަބުރު ކޮނެގެން ނަގާކަށް ބޭނުމެއް ނޫން: ރައުދާގެ އާއިލާ

17 އެޕްރީލު 2017 | ހޯމަ 23:51

ގަބުރު ކޮނެގެން ނަގަން ބޭނުން ނޫންކަން ކޯޓުގައި އެދޭނަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 އެޕްރީލު 2017 | ހޯމަ 23:51
ރައުދާ އާތިފް

ރައުދާ އާތިފް

ބަނގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވެފައިވާ ރައުދާ އާތިފްގެ އިތުރު އޮޓޮޕްސީއެއް ހެދުމަށް ގަބުރު ކޮނެގެން ނަގަން ބޭނުން ނުވާކަމަށް ރައުދާގެ އާއިލާއިން ބުނެފިއެވެ.

ރައުދާގެ އާއިލާއިން މިހެން ބުނެފައިމިވަނީ ނިމިގެން ދިޔަ މާޗް 29 ވަނަ ދުވަހު ބަނގްލަދޭޝްގެ ރާޖްޝާހީގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ އިތުރު އޮޓޮޕްސީއެއް ހެދުމަށް، އޭނާގެ ގަބުރު ކޮނެގެން ނެގުމުގެ ހުއްދައަށް ބަންގާޅު ފުލުހުންގެ ސީއައިޑީއިން ރާޖްޝާހީގެ ކޯޓެއްގައި އެދެފައި ވަނިކޮށެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތު ދެމުން ރައުދާގެ އާއިލާއިން ބުނީ ރައުދާގެ ގަބުރު ކޮނެގެން ނަގަން ބޭނުން ނުވާ ކަމަށާއި ކޯޓުގައި އެކަމަށް އެދޭނެ ކަމަށެވެ.

ރައުދާގެ ހަށިގަނޑު ވަޅުލީ އޭޕްރިލް އެއްވަނަ ދުވަހު، ރާޖްޝާހީގެ ހަތިމް ޚާން ޤަބުރުސްތާނުގައެވެ. އޭނާގެ ހަށިގަނޑު ވަޅުލި އިރު، އޮޓޮޕްސީއެއް ވަނީ ހަދައިފައެވެ. އާއިލާއިން އިތުރު އޮޓޮޕްސީއެއް ހަދަން އޭރު ބޭނުންވި ނަމަވެސް، އިތުރު އޮޓޮޕްސީއެއް ހެދޭނެ ސަރަހައްދަކަށް ހަށިގަނޑު ގެންދިއުމަކީ ކުރަން އުނދަގޫ ކަމަކަށް ވުމުން ހަށިގަނޑު ވަޅުލީއެވެ.

ރައުދާގެ އާއިލާގެ ފަރާތުން ބައްޕަ ޑރ. މުހައްމަދު އާތިފް، ރާޖްޝާހީ މެޖިސްޓްރޭޓު ކޯޓަށް މިދިޔަ ހަފްތާގައި ވަނީ، ރައުދާ މަރައިލީ ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށްދިނުމަށް އެދި މައްސަލައެއް ވައްދައިފައެވެ. އެ މައްސަލަ ކޯޓުން ބަލައިގަނެ، ރަނގަޅަށް ތަހުގީގުކުރުމަށް ކޯޓުން އަމުރުކުރި އިރު، އެ މައްސަލަ ބެލުމަށް މިހާރު ހަވާލުކޮށްފައިވަނީ ބަންގާޅުގެ ސީއައިޑީއާއެވެ. ސީއައިޑީ ފަރާތުން އިންސްޕެކްޓަރ އަސްމާއުލް ހައްޤު ރާޖްޝަހީ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅަން ނިންމާފައިވާ މައްސަލައިގައި ވަނީ، ރައުދާގެ ކަށްވަޅު ކޮނެގެން ހަށިގަނޑު ނެގުމުގެ ހުއްދައަށް އެދުމެވެ. ނަމަވެސް މި ޕެޓިޝަން އަދި ކޯޓަށް ހުށަހަޅާފައި ނުވާކަމަށް ރާޖްޝަހީ ކޯޓުގެ އޮފިޝަލަކު "ދަ ޑެއިލީ ސްޓާ" ނޫހަށް ވިދާޅުވިއެވެ.

ރާޖްޝާހީ ސީއައިޑީގެ ސުޕަރިންޓެންޑެންޓް ނަޒްމުލް ކަރީމް ޚާން ވިދާޅުވީ، ރައުދާގެ ހަށިގަނޑުގެ ދެވަނަ އޮޓޮޕްސީއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ، ކުރީގެ އޮޓޮޕްސީއިން ރައުދާ އަމިއްލައަށް މަރުވީކަން ހާމަވެފައިވާ އިރު، ރައުދާގެ ބައްޕަ އެކަން ގަބޫލުނުކޮށް، ބަޔަކު ރައުދާ މަރައިލީ ކަމަށް ބުނަމުންދާތީ ކަމަށް ސުޕްރިންޓެންޑެންޓް ނަޒްމުލް ކަރީމް ވިދާޅުވިއެވެ.

"މި ތަހުގީގުގައި އެއްވެސް އުނިކަމެއް އޮތުމަށް ބޭނުމެއް ނޫން. ރައުދާގެ ހަށިގަނޑަކީ މި މައްސަލައިގެ އެންމެ މުހިންމު ހެކި،" ނަޒްމުލް ކަރީމް ޚާން ވިދާޅުވިއެވެ.

ބަންގާޅު ފުލުހުން މިހާރު ދަނީ ރައުދާގެ ފޯނާއި ލެޕްޓޮޕް ބަލާ ފާސް ކުރަމުންނެވެ.

ރައުދާގެ މަރުގެ ތަހުގީގުގައި ބައިވެރިވުމަށް ދިވެހި ފުލުހުން ވެސް ބަންގާޅަށް ދިޔަ އިރު، މިދިޔަ ހަފްތާގައި ފުލުހުން ވަނީ އެ ތަހުގީގުން ފާހަގަވި ކަންކަން އާންމުކޮށްފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

04 އެޕްރީލު 2017
ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި
04 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

04 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ
03 އެޕްރީލު 2017

ރައީސް ޔާމީންގެ ޑިމޮކްރެޓިކް ވެރިކަމެއް ރައްޔިތުން ބޭނުމެއް ނޫންް: ހިސާން ހުސައިން

03 އެޕްރީލު 2017
ރައީސް ޔާމީންގެ ޑިމޮކްރެޓިކް ވެރިކަމެއް ރައްޔިތުން ބޭނުމެއް ނޫންް: ހިސާން ހުސައިން
03 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް
03 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ

03 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ
03 އެޕްރީލު 2017

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް
01 އެޕްރީލު 2017

ރައުދާގެ ހަށިގަނޑު ވަޅުލައިފި

01 އެޕްރީލު 2017
ރައުދާގެ ހަށިގަނޑު ވަޅުލައިފި
22 މާރިޗު 2017

އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟

22 މާރިޗު 2017
އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟
12 މާރިޗު 2017

ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

12 މާރިޗު 2017
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް