Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝިޕިންގ އެޖެންސީ

ކަންބޮޑުވުންތަކާ ގުޅިގެން ޝިޕިންގ އެޖެންޓުން ރަޖިސްޓްރީ ކުރަން ޖެހޭ ގަވާއިދު އުވާލައިފި

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 06:56

މިގަވާއިދު ގެޒެޓްކޮށް އަމަލު ކުރަން ފެށީގެން މިދިއަ ޖުލައި 16 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 06:56
ރާއްޖޭއަށް މުދާ އެތެރެކުރާ، މައި ވިޔަފާރި ބަނދަރު އެމްޕީއެލް ސަރަހައްދު: ޝިޕިންގ އެޖޭންޓުން ބޮޑެތި އަދަދުތަކުން ފީ ނަގަމުންދާ ކަމުގެ ޝަކުވާ ބޮޑު

ރާއްޖޭއަށް މުދާ އެތެރެކުރާ، މައި ވިޔަފާރި ބަނދަރު އެމްޕީއެލް ސަރަހައްދު: ޝިޕިންގ އެޖޭންޓުން ބޮޑެތި އަދަދުތަކުން ފީ ނަގަމުންދާ ކަމުގެ ޝަކުވާ ބޮޑު

ރާއްޖޭގައި ހަރަކާތްތެރިވާ ޝިޕިން އެޖެންސީތައް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލި ގަވާއިދު އުވާލައިފިއެވެ.

މި ގަވާއިދު ފުރަތަމަ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ގައެވެ. އެ ގަވާއިދުގައި ބުނާ ގޮތުން، ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

Advertisement - newsAdvertisement

އެ ތާރީހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށް ބުނިނަމަވެސް، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ މުއްދަތު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

އެ ގަވާއިދު ބުނާ ގޮތުން، ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

އެގޮތުން ހުޅުވާލި ފުރުސަތުގައި ޝިޕިން އެޖޭންޓްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް 112 ކުންފުންޏެއް ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށް މިދިއަ އޮގަސްޓް މަހުގެ 23 ގައި ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުން، ޓްރާންސްޕޯޓް އޮތޯރިޓީ ހިނގެވުމާ ހަވާލުވެ ހުންނެވި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވެފައިވަނީ ޝިޕިންގ އެޖޭންޓުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ 112 ކުންފުނީގެ ތެރެއިން މިހާތަނަށް 21 ކުންފުނި ރެޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

ގަވާއިދުު އުވާލި ސަބަބު ސާފުކޮށްދެމުން ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފައިވަނީ، ގަވައިދު އުވާލީ ޝިޕިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އަލުން މުރާޖައާ ކުރުމަށްޓަކައި އެގަވާއިދު އުވާލާފައިވާ ކަމަށެވެ.

ރާއްޖެއަށް ގިނައަދަދެއްގެ މުދާ އެތެރެކުރަމުންދާ ބައެއް ފިޔަފާރިވެރިން ބުނެފައިވާ ގޮތުގައި، ޝިޕިންގ އެޖެންޓްގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުނިތަކަކީ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ލަންކާ ބަޔަކު ހިންގާ ކުންފުނިތަކެއް ކަމަށެވެ. އެހެންކަމުން އެފައިސާ ވަރަށް ބޮޑު ޕަސެންޓަކީ ރާއްޖެއިން ބޭރަށް ބޭރުވާ ފައިސާ ކަމަށާއި، އަދި އެއީ ގަވާއިދާ ހިލާފަށް ނަގަމުންދާ އިތުރު ފީތަކެއް ކަމަށެވެ. ގިނަ ޝިޕިންގ އެޖެންޓްކަން ކުރާ ކުންފުނިތަކަކީ އެއްބަޔަކު ހިންގާ ކުންފުނިތަކެއް ކަމަށާއި އެގޮތުން ހައެއްކަ ކުންފުނި އެއްބަޔެއްގެ ނަންމަތީ އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ދިވެހި ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވެސް ވިދާޅުވެފައިވަނީ، ރާއްޖޭގައި ހަރަކާތްތެރިވާ ޝިޕިން އެޖެންޓް، ފުރައިޓް ފޯވަޑް ކުންފުނިތަކުގެ 90 އިންސައްތަ ފަރާތްތަކަކީ ދިވެއްސެއްގެ ނަމުގައި ބޭރު މީހުން ހިންގާ ކުންފުނިތައް ކަމަށެވެ. އަދި ޤަވާއިދު އެކުލަވާލުމުގެ ކުރިން އެފަރާތްތަކުން ދިޔައީ ފުރައިޓް ފޯވަޑިންގެ ހިދުމަތް ދިނުމުގައި ގިނަ ފީތަކާއި، ބޮޑެތި އަގުތަކެއް ނަގަމުންކަމަށް އާދިލް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އާދިލް ވެސް ވިދާޅުވީ، ގެންނަ މުދަލުގެ އަގަށްވުރެ، ބޮޑު ޗާޖެއް ފްރައިޓް ފޮވާޑު ކުރާ ފަރާތްތަކުން ނަގަމުންދާ ކަމަށެވެ. އެގޮތުން މުދަލުގެ އަގަކީ 500 ޑޮލަރު ކަމަށްވާނަމަ، ބައެއް ފަހަރު 1000 ޑޮލަރު އެކިއެކި ފީތަކުގެ ގޮތުގައި ފްރައިޓް ފޮވާޑު ކުރާ ފަރާތްތަކުން ނަގަމުންދާ ކަމަށް އާދިލް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް