Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުން

ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުމެއް ނެތް: ލަ ގްރައެޓް

ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ވަނީ ގޮވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ސެޕްޓެމްބަރު 2020 | ބުދަ 17:06
ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ނޮއެލް ލަ ގްރައެޓް

ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ނޮއެލް ލަ ގްރައެޓް

ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުމެއް ނެތް ކަމަށް ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ނޮއެލް ލަ ގްރައެޓް ވިދާޅުވެއްޖެއެވެ.

ލަ ގްރައެޓް މިހެން ވިދާޅުވީ ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް ޕީއެސްޖީގެ ތަރި ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ޕީއެސްޖީން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު ދެވަނަ މެޗުގައި މާސޭ އަތުން 1-0 ން ބަލިވިއިރު، މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި ފަސް ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭގެ ތެރޭގައި ނޭމާވެސް ހިމެނެއެވެ.

މެޗުގައި ނެމާއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ މާސޭގެ ގޮންޒާލޭޒްގެ ބޮލުގައި އަތުން ޖެހުމާ ގުޅިގެންނެވެ. އެ މެޗަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ނޭމާ ބުނީ މާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުން ކަމަށާއި، ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނާގެ މޫނުމަތީގައި ކަމަށެވެ.

މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ އެ މެޗުގައި އެޓީމުގެ ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން ބަަލައި އަދަބު ދޭން ޖެހޭނަމަ ކަމަށެވެ.

މިކަމާ ގުޅިގެން ދިން އިންޓަވިއުއެއްގައި ލަ ގްރައެޓް ވިދާޅުވީ ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުން އޮންނަ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. އޭގެ ހެއްކަކީ ކަޅު ނަސްލުގެ ކުޅުންތެރިއަކުވެސް ލަނޑެއް ޖަހާ ވަގުތު، ސަޕޯޓަރުން އެ ކުޅުންތެރިއަކަށްވެސް ސަޕޯޓުކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ލަ ގްރައެޓް ވަނީ އެ މެޗުގެ ފަހުވަގުތު ހިނަގާދިޔަ ހަމަނުޖެހުމާ ގުޅިގެން ކުޅުންތެރިންނަށް ފާޑުކިޔުއްވާފައެވެ. އޭނާ ވިދާޅުވީ އެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ބަލައިގެނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، އެކަން މުޅި ފްރާންސަށްވެސް ފެނިގެންދިޔަ ކަމަށެވެ.

ޕީއެސްޖީ އާއި މާސޭ ބައްދަލުކުރި މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި ފަސް ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދެއްކިއިރު، އޭގެ ތެރޭގައި ހިމެނެނީ ޕީއެސްޖީގެ ނޭމާގެ އިތުރުން އެ ޓީމުގެ ލެއަންޑްރޯ ޕަރެޑެސް އާއި، ލަވިން ކުރްޒާވާ އަދި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި ޖޯޑަން އަމާވީއަށެވެ. މީގެ ތެރެއިން ޕަރޭޑޭސް އާއި ބެނެޑޭޓޯއަށް ރަތް ކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑާއެކުއެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
02 މެއި 2017

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު