Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާއިން ކޮވިޑަށް އުފައްދާ ވެކްސިން

އެމެރިކާއިން ކޮވިޑަށް އުފައްދަމުން ގެންދާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބުމުން ހުރިހާ ރައްޔިތުންނަށް ބަހަން ނިންމައިފި

އެމެރިކާ އަކީ މުޅި ދުނިޔެއިން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމު

އަތޫފް އާތިފް
އަތޫފް އާތިފް | 16 ސެޕްޓެމްބަރު 2020 | ބުދަ 17:27
ކޮވިޑް-19 އަށް އުފައްދަމުން ގެންދާ ވެކްސިން އެއް

ކޮވިޑް-19 އަށް އުފައްދަމުން ގެންދާ ވެކްސިން އެއް

އެމެރިކާއިން ކޮވިޑަށް ތައްޔާރު ކުރަމުން އަންނަ ވެކްސިންގެ ބޭނުން ކުރުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކުން ދޭތާ 24 ގަޑިއިރު ތެރޭ ވެކްސިން އާންމު ރައްޔިތުންނަށް ފޯރު ކޮށްދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ބުދަ ދުވަހު އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެގައުމުން މިހާރު ކޮވިޑް-19 އަށް އުފައްދަމުން ގެންދާ ވެކްސިން ނިމި ބޭނުން ކުރުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކުން ދޭތާ 24 ގަޑިއިރު ތެރޭ އާންމު ރައްޔިތުންނަށް ބަހަން ނިންމާފައިވާ ކަމަށާއި، އަދި މި އަހަރު ނިމުމުގެ ކުރިން މުޅި އާބާދީއަށް ވެކްސިން ފޯރު ކޮށްދޭނެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ޑިޕާންޓްމަންޓް އޮފް ހެލްތު އެނޑް ހިއުމަން ސައިންސް އަދި ޑިޕާޓްމެންޓް އޮފް ޑިފެންސްގެ އޮފިޝަލުން ބުދަ ދުވަހު ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދޭތާ 24 ގަޑިއިރު ތެރޭ ވެކްސިން ބެހުމަށް ޕްލޭންއެއް ހަދަމުން ގެންދާ ކަމަށާއި، އަދި މިކަމަށް ސައިޓްތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އެގައުމުގެ އޮފިޝަލުން ވިދާޅުވީ ސަރުކާރުން ފުރަތަމަ ބަހާ ވެކްސިން އެގައުމުގެ ކޮންމެ ސްޓޭޓަކުން ވެސް ލިބޭނެ ކަމަށާއި، ވެކްސިން ދިނުމުގައި ހައި ރިސްކް ކެޓަގަރީ އަށް އިސްކަން ދޭނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން އިތުރަށް ބުނީ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ހިލޭ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަން ކުރުމަށް ސަރުކާރުން ވެކްސިން ހަދަމުންދާ ކުންފުނިތަކާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ސަރުކާރުން އަންނަނީ އަންނަ މަހު ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ވެކްސިން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާ އަކީ މުޅި ދުނިޔެއިން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު