Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިޒާސްޓަރ

ޑިޒާސްޓަރ އިން ކެއުންބުއިމަށް ހަރަދު ކުރި 9.8 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތާއިމެދު ސުވާލު އުފައްދައިފި

ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް 17 މިލިއަން ހަރަދު ކުރި އިރު، 9 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލެއް އެނގެން ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2020 | ބުދަ 04:13
ދަރުބާރުގޭގައި ގާއިމްކުރި ކޮވިޑް އޮޕަރޭޝަން ސެންޓަރުގެ މަސައްކަތުގައި ވޮލެންޓިއަރުންނާއި މުވައްޒަފުން ހަރަކާތްތެރިވަނީ

ދަރުބާރުގޭގައި ގާއިމްކުރި ކޮވިޑް އޮޕަރޭޝަން ސެންޓަރުގެ މަސައްކަތުގައި ވޮލެންޓިއަރުންނާއި މުވައްޒަފުން ހަރަކާތްތެރިވަނީ

ކޮވިޑް-19 އާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކެއުންބުއިމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ހަރަދު ކުރި 17.1 މިލިއަންގެ ތެރެއިން 9.8 މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ ކަމަށް އެންޑީއެމްއޭގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 ގެ އިމަރޖެންސީ ސެންޓަރު (ދަރުބާރުގެ) އަށާއި، ބައެއް އައިސޮލޭޝަން ފެސިލިޓީތަކާއި އަދި ބިދޭސީން ވަގުތީ ގޮތުން ބަހައްޓާފައި ހުރި ފެސިލިޓީތަކަށް ކެއުންބުއިމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެންޑީއެމްއޭ އިން އެކިއެކި ފަރާތްތަކާއި ޙަވާލު ކޮށްފައިވާ ކަމަށެވެ. އަދި މިގޮތުން ޙަވާލު ކުރެވުނު ފަރާތް ތަކާއިއެކު ހަދާފައިވާ އެއްބަސްވުން ތަކުގައި ވާގޮތުން ފައިސާ ދައްކަން ޖެހޭނީ ކޮންމެ ދުވަހެއްގެ ކެއުމުގެ ކޮންމެ ވަގުތަކަށް އޯޑަރު ކުރާ މީހުންގެ އަދަދަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ރޭޓަށް ކަމަށެވެ.

އެހެންކަމުން، ކެއުމުގެ ކޮންމެ ވަގުތެއްގައި ކެއުން ހަމަޖައްސަން ޖެހޭ މީހުންގެ ޢަދަދު ސަޕްލަޔަރަށް އަންގަންޖެހޭ އިރު، ކެއުމުގެ ކަންތައްތައް ހަމަޖެއްސުމަށް ޙަވާލު ކޮށްފައިވާ ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވަނީ ކެއުމަށް އޯޑަރު ކުރި މިންވަރަށްކަން ޔަގީން ކުރެވޭނީ ކޮންމެ ދުވަހެއްގެ ކޮންމެ ކެއުމަކަށް އޯޑަރު ކުރި އަދަދު އެނގޭ ގޮތަށް ލިޔެކިޔުން ބަލަހައްޓާފައިވާނަމަ ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، އއ. ވެލިދޫ ގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރާއި ގުޅިފަޅުގައި ހިންގާ ކޮވިޑް-19 ގެ ކަރަންޓީނު ސެންޓަރު ފިޔަވައި ދެން ހުރި ފެސިލިޓީތަކުން ކެއުމުގެ ޚިދުމަތަށް އެދި އޯޑަރު ކުރީ ކިތައް މީހުންނަށްކަން އެނގޭނެ ގޮތަކަށް ލިޔެކިޔުން ބަލަހައްޓާފައި ނުވެއެވެ. އެގޮތުން އޯޑަރު ކުރީ ލިޔުމުންކަން އެނގެން ނެތްކަމާއި، ދިން އޯޑަރުގެ ލިޔުމުގެ ކޮޕީއެއް އޮތުމަކީ ލާޒިމްކޮށް ބަލަހައްޓަން ޖެހޭ ލިޔުންތަކެއް ނަމަވެސް އެ ލިޔުންތައް ބަލަހައްޓާފައި ނުވެއެވެ.

އަދި ފެސިލިޓީތަކަށް މީހުން ގެންދާ ތާރީޚު އެނގުނު ނަމަވެސް އެ މީހުން ދޫކުރި ތާރީޚު އެނގޭނެ ގޮތަށް، ލިޔެ ކިޔުމުން މައުލޫމާތު ބަލަހައްޓާފައި ނެތުމުން، ބިލުކޮށްފައިވަނީ އެ ދުވަހަކު އެ ފެސިލިޓީއެއްގައި ތިބި މީހުންގެ އަދަދަށްކަން ކަށަވަރު ނުކުރެވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކެއުމުގެ ކޮންމެ ވަގުތަކަށް ބިލުކޮށްފައިވާ އަދަދުތަކުގައި ތަފާތުތައް ހުރުމުން، އޯޑަރު ކުރި އަދަދާއި އޮކިއުޕެންސީ މައުލޫމާތު ފުރިހަމަ އަށް ލިޔެކިޔުމުން ބެލެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއްކަށްވާ އިރު ދައުލަތުގެ މާލީ ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކުރުމާއި އެ ފައިސާ އިން ކުރެވޭ ޚަރަދުތައް ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގައި ބެލެހެއްޓުމަކީ އެފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، ކެއުން ބުއިމަށް ކުރި އޯޑަރުތައް ލިޔެކިޔުމުން ފެންނަން ނެތުމާއި ބިލުތަކަށް ފައިސާ ދެއްކުމުގެ ކުރިން، ފައިސާ ދެއްކެނީ ލިބިފައިވާ ޚިދުމަތަށްކަން ކަށަވަރު ކޮށްފައި ނުވުމުން އެ ކަމުގައި މާލީ ޒިންމާދާރުވެރިޔާ އާއި ފައިސާ ޚަރަދު ކުރަން ހުއްދަ ދޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައިނުވާ ކަމުގައި މި އޮފީހުން ދެކެމެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޖޫން 30، 2020 ގެ ނިޔަލަށް ކެއުމުގެ ޚިދުމަތަށް ދައްކާފައިވާ ފައިސާގެ ތެރެއިން 9,806,724 (ނުވަ މިލިއަން އަށްލައްކަ ހަ ހާސް ހަތް ސަތޭކަ ސައުވީސް) ރުފިޔާ ޚަރަދުކޮށްފައިވަނީ ހަގީގަތުގައި ވެސް ލިބުނު ޚިދުމަތަށްކަން ކަށަވަރު ކުރެވިފައިނުވާ ކަމަށެވެ. ޖުމްލަ 17.1 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މި 9.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ތަންތަނަކީ، ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ކޮވިޑް އޮޕަރޭޝަން ސެންޓަރަށް 5.9 މިލިއަން ރުފިޔާ، ހުޅުމާލޭ ކޮވިޑް-19 ޑިސްޓްރިބިއުޝަން ސެންޓަރަށް 840،745 ރުފިޔާ، ހުޅުލޭ އައިލެންޑް ހޮޓެލްއަށް 1.4 މިލިއަން ރުފިޔާ އެސްޓީއޯ ހިޔާ އަށް 1.3 މިލިއަން ރުފިޔާ އަދި ފަރުކޮޅު ކޮވިޑް ސެންޓަރަށް 186،985 ރުފިޔާއެވެ.

މިކަން އިސްލާހު ކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާ ދެއްވާފައިވަނީ ކެއުމުގެ ޚިދުމަތަށް އެދޭއިރު، ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކަށް އޯޑަރު ދެވުނީ ކިހާ އަދަދެއްކަން އެނގޭ ގޮތަށް ދެފަރާތުގެ ސޮއި ހިމަނައިގެން ލިޔެކިޔުން ބެލެހެއްޓުމަށާއި، ކޮންމެ ދުވަހަކު ކޮންމެ ފެސިލިޓީއެއްގައި ތިބޭ ފަރާތްތަކުގެ ތެރެއިން ކެއުމުގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ފަރާތްތަކުގެ މައުލޫމާތު ލިޔެކިޔުމުން ބެލެހެއްޓުމަށެވެ. އަދި ކެއުން ބުއިމުގެ ޚަރަދުތަކަށް ފައިސާ ދެއްކުމުގައި، ކަމާއި ގުޅޭ ލިޔެކިޔުން އެކަށީގެންވާ ގޮތަށް ތައްޔާރުކޮށް ބަލަހައްޓާފައި ނުވާތީ މާލީ ޒިންމާދާރު ވެރިޔާއާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.06 އަދި 6.03 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު، މި ފައިސާ ޚަރަދު ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްސަލަ މިނިސްޓްރީ އޮފް ފިނޭންސުން ބެލުމަށް ވަނީ އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު