Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލްގައި އޮބާމަޔަން މަޑުކުރުން

އެންމެ ފަހުން އޮބާމަޔަން އާސެނަލްގެ އެއްބަސްވުން އާކޮށްފި

އޮބާމަޔަން އާސެނަލްގައި 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މަޑުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ސެޕްޓެމްބަރު 2020 | އަންގާރަ 16:06
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލްގައި އިތުރު ތިން އަހަރު މަޑުކުރަން ނިންމާ އެޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އެންމެ ފަހުން އެއްބަސްވުން އާކޮށްފިއެވެ.

ގެބޮނަށް އުފަން އުމުރުން 31 އަހަރުގެ އޮބާމަޔަން މީގެ ކުރިން އާސެނަލާއެކު ހަދާފައި އޮތް އެއްބަސްވުން ހަމަވަން އޮތީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އަދި އާސެނަލްގައި އޮބާމަޔަންގެ ކުރިމަގެއް ނެތް ކަމަށް ބުނެ މީގެ ކުރިން ބައެއް ތަޖުރިބާކާރުން ވަނީ އޮބާމަޔަން އާސެނަލް ދޫކޮށް ދިޔުމަށް ގޮވާލާފައެވެ.

އެކަމަކު ގިނަ މަޝްވަރާތަކަކަށްފަހު އެންމެ ފަހުން އޮބާމަޔަން ވަނީ އާސެނަލްގެ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފައެވެ. އެހެންކަމުން އޭނާ އާސެނަލްގައި 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މަޑުކުރާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އައު އެއްބަސްވުމާއެކު އޮބާމަޔަންއަށް ހަފުތާއަކު 250،000 (ދެ ލައްކަ ފަންސާސް ހާސް) ޕައުންޑްގެ މުސާރާއެއް ލިބޭނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު އޮބާމަޔަން ބުނީ އޭނާ އާސެނަލްގައި މަޑުކުރަން ނިންމީ އެ ކުލަބުގެ ލެޖެންޑަކަށް ވާން ބޭނުންވާތީ ކަމަށެވެ. އަދި އާސެނަލްގައި މަޑުކުރުމަށް ނިންމި ނިންމުމަކީ އޭނާގެ ކެރިއަރުގައި ނިންމި އެންމެ މުހިންމު ނިންމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އާސެނަލްގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެޓީމުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިހާތަނަށް ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ އިތުރުން މި ސީޒަނުގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. މި ދެ ކާމިޔާބީގައިވެސް އޮބާމަޔަންގެ ދައުރު ބޮޑެވެ.

އޮބާމަޔަން އާސެނަލްގައި މަޑުކުރަން ނިންމިއިރު، މީގެ ކުރިން އޭނާ ހޯދުމަށް ބާސެލޯނާ އާއި ޗެލްސީންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 63 މިލިއަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 108 މެޗުގައި 68 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު