Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްބީބީއޭއަށް ދިމާވެފައިވާ ދަތިތައް

އޮފީހެއް ނެތި ބޮޑީބޯޑިންގ އެސޯސިއޭޝަން ހިންގާތާ ހަ އަހަރު

ކުރިން އުޅުނު އޮފީހަކީ މޯލްޑިވްސް އޯޕަން ބޮޑީބޯޑިންގ މުބާރާތް ބާއްވަމުން އައިއިރު ލިބުނު ފައިސާއިން ހިންގި އޮފީހެއް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2020 | އަންގާރަ 16:22
ދާދި ފަހުން އެމްބީބީއޭއިން ފުރަތަމަ ފަހަރަށް އެކުލަވާލި ގައުމީ ބޮޑީބޯޑިންގ ޓީމު

ދާދި ފަހުން އެމްބީބީއޭއިން ފުރަތަމަ ފަހަރަށް އެކުލަވާލި ގައުމީ ބޮޑީބޯޑިންގ ޓީމު

ބޮޑީބޯޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) ހިންގުމަށް އޮފީހެއް ނެތުމުން މަސައްކަތް ކުރުމަށް ދަތިތަކެއް ހުރި ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ވިދާޅުވެއްޖެއެވެ.

އެމްބީބީއޭ އުފައްދާފައިވަނީ 2013 ވަނަ އަހަރުއެވެ. "ރާއްޖެ.އެމްވީ" ދިން ހާއްސަ އިންޓަވިއުއެއްގައި ފުކޫ ވިދާޅުވީ އެސޯސިއޭޝަން ހިންގުމަށް އޮފީހެއް ނެތުމުން އެކަމުގެ ދަތިތަކާ ބޮޑީބޯޑިންގ އާއިލާއިން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ކުރިން އުޅުނު އޮފީހަކީ މޯލްޑިވްސް އޯޕަން ބޮޑީބޯޑިންގ މުބާރާތް ބާއްވަމުން އައިއިރު ލިބުނު ފައިސާއިން ހިންގި އޮފީހެއް ކަމަށެވެ. އެކަމަކު އެ މުބާރާތް މިހާރު ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެމްބީބީއޭގެ މަސައްކަތްތަކާއި ބައްދަލުވުންތައް މިހާރު ބާއްވަމުން އަންނަނީ ކެފޭތަކުގަ އާއި، ރާޅުގަނޑުގެ އިތުރުން، އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ މެންބަރުންގެ ގޭގައި ކަމަށް ފުކޫ ވިދާޅުވިއެވެ.

ފުކޫ އިތުރަށް ވިދާޅުވީ އެސޯސިއޭޝަނުގެ މަސައްކަތް ކުރަމުން އަންނަނީ ސްޕޮންސަރުންގެ ދީލަތި އެހީއިން ކަމަށާއި، މިހާރު ބާއްވާ މުބާރާތްތަކުގެ ޚަރަދުތައް ކުރަމުން އަންނަނީވެސް ސްޕޮންސަރުންގެ ފަރާތުން ލިބޭ ފައިސާއިން ކަމަށެވެ. އަދި ސްޕޮންސަރުން އަތުން ހޯދާ ފައިސާއިން މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށްފަހު، އިތުރު ފައިސާއެއް އެސޯސިއޭޝަނަށް ނުލިބޭ ކަމަށް ފުކޫ ވިދާޅުވިއެެވެ.

ރާއްޖޭގެ ބޮޑީބޯޑަރުން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް ރަން ވަނަތަކެއް ހޯދަމުން އަންނައިރު، ފުކޫ ވިދާޅުވީ ރާއްޖޭގެ ބޮޑީބޯޑަރުން ބޭރުގެ މުބާރާތްތަކުގައި ވާދަކުރަނީ އެ ބޮޑީބޯޑަރުން އަމިއްލައަށް ހޯދާ ސްޕޮންސަރުންގެ އެހީގައި ކަމަށެވެ.

ރާއްޖޭގައި ބޮޑިބޯޑިންގ ކުރިއަރަމުން އަންނައިރު، ދާދި ފަހުން އެމްބީބީއޭއިން ވަނީ ފުރަތަމަ ފަހަރަށް ގައުމީ ބޮޑީބޯޑިންގ ޓީމެއް އެކުލަވާލާފައެވެ. އެމްބީބީއޭއިން ގައުމީ ބޮޑީބޯޑިންގ ޓީމު އެކުލަވާލައިފައިވަނީ މިދިޔަ އަހަރު އެ އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކުން އެންމެ ރަނގަޅު ނަތީޖާތައް ނެރުނު ބޮޑީބޯޑަރުންގެ ރޭންކިންނަށް ބަލައިގެންނެވެ. ފުރަތަމަ ފަހަރށް އެކުލަވާލި ގައުމީ ބޮޑީބޯޑިންގ ޓީމުގައި ހިމެނެނީ ހަތަރު ބޮޑީބޯޑަރުންނެވެ. އެއީ ކުޑަ އައްޔަގެ އިތުރުން، އަސްވާން މުޙައްމަދު (ދޫނި) އާއި، އަޙްމަދު ނަޒްމީން (ލޯބި) އަދި އަލީ އާނިމް (ކިރިކާ) އެވެ.

ރާއްޖޭގެ ބޮޑީބޯޑަރުން ގިނަ ވަނަތަކެއް ހޯދަމުން އަންނައިރު، ބައިނަލްއަގުވާމީ މުބާރާތެއްގައި އެންމެ ފަހުން ރާއްޖޭގެ ބޯޑިބޯޑަރުން ވާދަކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތުން މިދިޔަ އަހަރު މެލޭޝިއާގެ ޓިއޮމަން ސާފް ފެސްޓިވަލްގައި ވާދަކޮށް ރާއްޖޭގެ ކުޑައައްޔަ ބޮޑީބޯޑިންގ ކެޓަގަރީން ރަން މެޑަލް ހޯދިއިރު، މި މުބާރާތުގައި ރާއްޖޭގެ އަލީ ޖާވީދު (ޖާއްޓެ) ވަނީ ރިހި މެޑަލް ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯޝަލް ސެންޓަރުގައި ހުރި އެސޯސިއޭޝަންތަކުގެ އޮފީސްތައް އަދި ހޯލުތައް ހުސްކުރަން އަންގައިފި

ސޯޝަލް ސެންޓަރުގައި ހުރި އެސޯސިއޭޝަންތަކުގެ އޮފީސްތައް އަދި ހޯލުތައް ހުސްކުރަން އަންގައިފި

01 ޖުލައި 2017
ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަސްކޮށްފި

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަސްކޮށްފި

27 ޖޫން 2017
ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް

ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް

20 ޖޫން 2017
ނެޓްބޯޅަ ކޯޗުންނާއި އަމްޕަޔަރުން އެސޯސިއޭޝަންގައި ރަޖިސްޓްރީ ވާން އަންގައިފި

ނެޓްބޯޅަ ކޯޗުންނާއި އަމްޕަޔަރުން އެސޯސިއޭޝަންގައި ރަޖިސްޓްރީ ވާން އަންގައިފި

08 ޖޫން 2017
15 ވަނަ މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށަނީ

15 ވަނަ މަކިޓާ ސްވިމިންގް އެސޯސިއޭޝަން ކަޕް އަންނަ މަހު ފަށަނީ

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު