Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ގއ. ވލިނގިލީ ކޮވިޑް ފެސިލިޓީގައި ތިބި ދެމީހަކު ބަލިން ރަނގަޅުވެއްޖެ

15 ސެޕްޓެމްބަރު 2020 | އަންގާރަ 13:47

ދެމައިންނަކީ އޮގަސްޓު މަހުގެ 15 ގައި މާލެއިން އެރަށަށް ބަދަލުވި އާއިލާއެއްގެ ދެމައިން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 15 ސެޕްޓެމްބަރު 2020 | އަންގާރަ 13:47
ގއ. ވލިނގިލީ ކޮވިޑް ފެސިލިޓީން ބަލިން ރަނގަޅުވި ދެ މީހަކު ދޫކޮށްލަނީ

ގއ. ވލިނގިލީ ކޮވިޑް ފެސިލިޓީން ބަލިން ރަނގަޅުވި ދެ މީހަކު ދޫކޮށްލަނީ

މި މަހުގެ 2 ވަނަ ދުވަހު ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ދެމައިން ބަލިން ރަނގަޅުވުމުން ދޫކޮށްލައިފިއެވެ.

ގއ. ދާންދޫއިން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ދެމައިންނަކީ އޮގަސްޓު މަހުގެ 15 ގައި މާލެއިން އެރަށަށް ބަދަލުވި އާއިލާއެއްގެ ދެމައިންނެވެ. ދެމައިން އެއްކޮށް ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރިއިރު، އަންހެން މީހާ އަކީ ހަކުރު ބަލީގެ އިތުރުން ދާއިމީ އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތެކެވެ. އަދި އެ އާއިލާގައި 18 އަހަރުންދަށުގެ ތިން ކުދިން ތިބި ނަމަވެސް އެކުދިންގެ ޓެސްޓުތައް ނެގެޓިވްވެފައިވާ ދާންދޫ ކައުންސިލް ރައީސް އިސްމާއީލް މުހަންމަދު އޭރު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ދާންދޫ ދެމައިންގެ އިތުރުން މިހާރުވެސް ވިލިނގިލީ ކޮވިޑް ފެސިލިޓީގައި އުމުރުން ދުވަސްވީ ދެމަފިރިންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އެއީ މި މަހުގެ 8 ވަނަ ދުވަހު ގދ. ހޯނޑެއްދޫއިން ކޮވިޑަށް ޕޮޒިޓިވް ވެގެން ގެންދިޔަ ދެމަފިރިންނެވެ. މި ދެމަފިރިންގެ ހާލުވެސް މިވަގުތު ރަނގަޅުވަމުން އަންނަ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ގއ. ވލިނގިލީ ކޮވިޑް ފެސިލިޓީން ދެ މީހަކު ރަނގަޅު ވެގެން ދޫކޮށްލާފައިވާއިރު، އަތޮޅުތެރޭގައި ކޮވިޑް ފަރުވާއަށް ގާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން 3 ފެސިލިޓީއެއްގައި ފަސް މީހަކަށް ފަރުވާދެމުންދާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ. އެގޮތުން ނަޒްލާ ފާހަގަކުރެއްވީ ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް، ބ. އޭދަފުށި ކޮވިޑް ފެސިލިޓީގައި އެކަކަށް އަދި ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

މާލެ ނުގެނެސް ކޮވިޑަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ވަނީ ކޮވިޑް ފެސިލިޓީތައް ގާއިމުކޮށްފައެވެ. ލ. ގަމު ފެސިލިޓީ ޚާއްސަކޮށްފައިވަނީ މ، ފ ،ދ، ތ، ލ އަތޮޅުގެ ރަށްތަކަށެވެ. ގއ. އަދި ގދ. ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ގއ. ވިލިނގިލީ ގައެވެ. ނ، ރ، ބ. އަދި ޅ. ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ބ. އޭދަފުށީގައެވެ. ހއ، ހދ. އަދި ށ. ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ށ. ފުނަދޫގައެވެ. އަދި ޏ، ސ. ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

މީގެ އިތުރުން، މި ވަގުތު ވެސް ކޮވިޑް ޖެހިފައިވާ ހަތަރު މީހަކަށް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުންދާއިރު އަނެއް ދެ މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ދަރުބާރު ފެކްޝަނުގައި ތިބި މަޖިލިސް މެމްބަރުންނަކީ މޮޔައިން: ރޮޒެއިނާ

14 އެޕްރީލު 2017
ދަރުބާރު ފެކްޝަނުގައި ތިބި މަޖިލިސް މެމްބަރުންނަކީ މޮޔައިން: ރޮޒެއިނާ
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
22 މާރިޗު 2017

ރޯގާއާ ގުޅިގެން 11 މީހަކު އައިސީޔޫގައި އެބަތިބި: އައިޖީއެމްއެޗް

22 މާރިޗު 2017
ރޯގާއާ ގުޅިގެން 11 މީހަކު އައިސީޔޫގައި އެބަތިބި: އައިޖީއެމްއެޗް
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް