Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފެނަކަ ކޯޕްރޭޝަންގެ ޚިދުމަތްތައް ފުޅާކުރުން

ހުށިޔާރު މާލިމީއެއްގެ މޭސްތިރިކަމުގެ ދަށުން ފެނަކަ އަމާން އައްސޭރިއަކަށް ވާސިލްވަނީ!

އިންޖީނުގެތަށް މީހުން ދިރިނޫޅޭ އެކަހެރި ހިސާބުތަކަށް ބަދަލު ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2020 | އަންގާރަ 14:30
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި، ޑީއެމްޑީ ފެނަކައިގެ ބައެއް މުއައްޒަފުންނާއެކު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި، ޑީއެމްޑީ ފެނަކައިގެ ބައެއް މުއައްޒަފުންނާއެކު

ރައްޔިތުންނަށް ހައްގު މިންވަރަށް ޒަރޫރީ ޚިދުމަތްތައް ނުލިބޭކަމުގެ ޝަކުވާއެވެ. މާލެއާ އަތޮޅުތެރޭގެ ރަށްތަކަށް ޚިދުމަތް ދިނުމުގައި ގެންގުޅޭ ފަރަގާއި ކުރާ ތަފާތުގެ ވާހަކަތަކެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި، އިންޖީނުގޭގައި ހުންނަ ޖެނަރޭޓަރު ހަލާކުވާ މައްސަލައެވެ. ރައްޔިތުންގެ ޝަކުވާތަކާއި، ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން ދާނެ ޚާއްސަ ވުޒާރާއެއް ނެތް މައްސަލައެވެ. ނަމަވެސް މިމައްސަލަތަކަށް ހައްލު ލިބިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން "ފެނަކަ ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް ވުޖޫދުކޮށް، 18 ޖޫން 2012 ވަނަ އަހަރު އުފަންކުރި ހިސާބުންނެވެ.

ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން 1 އޮގަސްޓް 2012 ގައި ރަޖިސްޓްރީ ކުރެވިގެންދިޔައީ ވަރަށް ފޮނި މަގުސަދުތަކެއްގައެވެ. ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދީ ރައްޔިތުން ބޭނުންވާ ތަރައްގީއާ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. ނަމަވެސް ހިތާމައަކީ ޚިދުމަތް ފޯރުކޮށް ދިނުމުގައި، އަދި އެ ޚިދުމަތް މެދު ނުކެނޑި ހަރުދަނާ ގޮތެއްގައި ދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް 2018 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ކުރެވިފައި ނުވާކަމެވެ.

މީގެ އިތުރުން ފާއިތުވެދިޔަ ދުވަސްތަކުގައި ކުންފުނިންދޭ ޚިދުމަތްތައް މަޑުޖައްސާލުމަށް ފަހު، ޚިތާނީ ޙަރަކާތްތަކާއި ރޭގަނޑު ފަރިއްކޮޅު ފަދަ ސިޔާސީ ކަންކަމަށް ބޮޑެތި ހޭދަތަކެއް ކުންފުނިން ކޮށް ދަރަނިވެރި ކުރުވުމައި ކޮންމެ އަހަރެއްގެ އޮޑިޓް ރިޕޯޓްގައި އެކަން ފާހަގަކޮށްފައިވެއެވެ.

މި ދަންނަވަނީކީ 2012 ވަނައަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 200 ވަރަކަށް އިންޖީނު ނުގެންނަ ވާހަކައެއް ނޫނެވެ. އިޚްލާސްތެރި ކަމާއިއެކު ފެނަކައިގެ ޚިދުމަތް ރަނގަޅުކުރުމުގެ ހެޔޮ ނިޔަތުގައި ޚިދުމަތް ދީފައިނުވާ ވާހަކައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް މުޅި ކުންފުނި ސިޔާސީ އައްޑާއަކަށް ހެދިއެވެ. ކުންފުނީގެ ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ސިޔާސީ ކަންކަމުގައި ބޭނުން ކުރަން ފެށީއެވެ. ހިޔާލު ތަފާތުވާ މުވައްޒަފުންނާ އޭރުގެ ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ކެމްޕޭންތަކުގައި ބައިވެރިނުވާ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދިޔައެވެ. އެއްވެސް އެންގުމަކާ ނުލާ މުވައްޒަފުންގެ ވަޒީފާ އެކިއެކި ބްރާންޗު ތަކަށް ބަދަލު ކުރަމުން ގެންދިޔައީއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރައްޔިތުން ކުންފުންޏަށް ކުރި އިތުބާރު ގެއްލި މުޅި ކުންފުނި ގަޑުބަޑުވެގެން ދިއުމެވެ.

އެތަކެއް ތުރާލަކަށްފަހު ސަރުކާރު ބަދަލުވެގެން ދިއުމާއެކު 2018 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުން ފެށިގެން ކުންފުނީގެ ހިންގުމަށް ސަރުކާރުން ހަވާލުކުރެއްވީ އެންމެ ފުރަތަމަ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި މިޚިދުމަތް ސަރުކާރުން ފެއްޓެވި އިރުވެސް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ފަރާތަކާއެވެ. އެއީ ފެނަކައިގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދެވެ.

ގެނބެމުން ދިޔަ ކުންފުންޏެއްގެ ހުންގާނާ ސައީދު ހަވާލުވެލައްވާ ގަދަ ކަނޑަކުން އަމާން އައްސޭރިއަކަށް ކުންފުނީގެ މިސްރާބު މިހާރު ބަދަލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަޚުރުވެރި ޤަރާރަކުން ފެނަކަ އުފައްދާ ކުންފުންޏާ މަތިކުރުވާ ޒިންމާކުރުވާފައިވާ ކަންކަން ފުރިހަމަ ކުރުމަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު މަސައްކަތް ކުރުމުގެ މަންޒަރު މިއަދު ފެންނަން ފަށައިފިއެވެ.

ފާއިތުވެ ދިޔަ ޒަމާންތަކުގައި ކުންފުނިން ދެމުންދިޔަ ޚިދުމަތްތައް ނުދެވިވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުގެ ބަދަލުގައި އެމަސައްކަތްތައް ކުރިއަށް ގެންގޮސް ރައްޔިތުންގެ ހިތްތަކުގައި ކުންފުންޏާއި މެދު އުފެދިފައިވާ ނަފުރަތު އަދި ކުންފުނީގެ ނަމަށް ލިބިފައިވާ ކިލަނބުކަން ފިލުވާލުމުގެ މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށްދާން ފަށައިފިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުން ފެށިގެން މިވީ ކުރު މުއްދަތުގައި ޚިދުމަތާއި ނުބައްދަލުކަން މިއީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ކުންފުނީގެ ހަގީގީ މަގުސަދު ހާސިލުކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން، ޚާއްސަކޮށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސައީދު ކުންފުނީގެ ހުންގާނު ދޫންޏަށް ފައި ލެއްވުމަށްފަހު، މިސްރާބު ޖެއްސެވީ ތިބި ފަޅުވެރިންނާއިއެކު ޚިދުމަތާއިއެކު ދަތުރުފަށައި، އާރޯކަންނެތިވާ ކޮންމެ ތަނަކަށް އާރޯކަންގެނުވާ، އަމާން އައްސޭރިއަކަށް ކުންފުނި ވާޞިލް ކޮށްދިނުމަށެވެ.

އެގޮތުން ފާއިތުވި މި ކުރު މުއްދަތުގައި ފެނަކައިން ޚިދުމަތް ދޭ ރަށްރަށުގައި ދުނބުޅި ބަދިގޭގެ ގޮތުގައި ޚިދުމަތް ދެމުންދާ އިންޖީނުގެތަކާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރުމުން އާއްމު އުނދަގުލަކަށްވުމުގެ އިތުރުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ގެއްލުންތަކެއް ރައްޔިތުންނަށް ލިބި ޚިދުމަތް ދެމުންދާ އިންޖީނުގެތަށް ރަށްރަށުގެ މީހުން ދިރިނޫޅޭ އެކަހެރި ހިސާބުތަކަށް ބަދަލު ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

އެގޮތުން މިހާރު 53 އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާ، އިތުރު 77 ޕްރޮޖެކްޓެއް ވަނީ ފެށިފައެވެ. އޭގެތެރޭގައި ނަރުދަމާގެ ޚިދުމަތް ފުރިހަމަ ކުރުމުގެ މަސައްކަތްތަކާއި ބައެއް އިންޖީނުގޭތަކުގެ އައު ބައުތުރަ ފިލުވުމާއިއެކު ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 2019 ގެ ކުރިން ފާއިތުވި 6 އަހަރު ދުވަހުގެ ތެރޭގައި ހިނގުނު މަޝްރޫއުތަކާ ނުބައްދަލު އަދަދެކެވެ. އޭރު 6 އަހަރު ތެރޭ އަލަށް ބިންގާ އަޅައިގެން 11 ވަރަކަށް އިންޖީނުގެ އިމާރާތް ކޮށްފައިވާއިރު ފާއިތުވީ ދޮޅު އަހަރެއްހާ ދުވަސްތެރޭ މިވަނީ މުޅިން އަލަށް 53 އިންޖީނުގެއެއްގެ އަމަލީ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން ކުންފުނީގެ ކަރަންޓް ޚިދުމަތް ދެމުންދާ ރަށްރަށުގެ ނެޓްވޯރކް ރަނގަޅު ކުރުމަށް ބޭނުންވާ ކޭބަލް ހޯދާ ރަށްރަށަށް ފޯރުކޮށްދިނުމާއި އެކު ކޭބަލް ނެޓްވޯރކް ފުރިހަމަ ކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރެވެމުންނެވެ. ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، ޕެނަލް ބޯޑާއި، ފޯމަރުގެނެސް ކަރަންޓްގެ ޚިދުމަތުން ހަމަޖެހުން ލިއްބައިދިނުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް ދާންފަށައިފިއެވެ.

ފީ އިލޮށީ ކަރަންޓްގެ ޒަމާން ބަދަލުވެ، މިއަދު ރަށްރަށުގައި ކަރަންޓް ކެނޑިގެން ރައްޔިތުންގެ ޝަކުވާއެއް ލިބެނީ މަދުފަހަރަކުއެވެ. 2019 ވަނަ އަހަރާއި ހަމައަށް ހޭދަވި 6 އަހަރުތެރޭ މުޅިން އަލަށް ޚިދުމަތަށް ގެނައީ 135 އިންޖީނަށްވީއިރު 2019 ވަނައަހަރުން ފެށިގެން މިހާތަނަށް 146 އަށްވުރެ ގިނަ އިންޖީނު ޚިދުމަތްދިނުމަށް އެކި ބްރާންޗްތަކަށް ފޮނުވިފައިވެއެވެ.

ރަށްރަށަށް ދެމުންދާ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ފަށާ އެކަމުގެ ފުރިހަމަ ނަތީޖާ ލިބެން ފެށުމުން އަތް އުރާލައިގެން ވެރިން އަދި މުވައްޒަފުން ތިއްބެވީކީ ނޫނެވެ. ކުންފުނީގެ މައި އިދާރާ (ހެޑް އޮފީސް) އިދާރީ ގޮތުން ބޮއްސުންލާފައި އޮތް އޮތުމަށް ނިމުން ގެނައުމުގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ. އިދާރީ ގޮތުން ކުންފުންޏަކީ ހަރުދަނާ ނަޒާހަތްތެރި ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ފެށިފައި މިވަނީ ކުންފުންޏާއި މެދު އާއްމުންގެ އިތުބާރުގެއްލި އޭސީސީ ދެމިއޮތުމުގެ އެއް ބޭނުމަކަށް ފެނަކަ ވެފައިވަނިކޮށެވެ.

މިއަދު ކުންފުނީގެ މިސްރާބު ހުރީ ކުންފުނިން ދެވޭ އެއްވެސް ޚިދުމަތެއް ދެފުއް ފެންނަ ގޮތަކަށް ނޫނީ ނުދިނުމުގެ ވިސްނުމެވެ. ޒަމާނަށްފެތޭ އާލާތްތައް ބޭނުންކޮށްގެން ކުންފުނީގެ ޚިދުމަތް އަވަސްކަމާއި ނަޒާހަތްތެރިކަމާއިއެކު ދިނުމެވެ. މިއަދު ކުންފުނިން ޚިދުމަތް ލިބިގަތުމާއި އަދި ކުންފުނިން ޚިދުމަތް ފޯރުކޮށްދިނުމާއި ހަމައަށް އީ އާރު ޕީ ސިސްޓަމެއް މެދުވެރިކޮށް މަސައްކަތް ފެށިގެން ދިއުމަކީ ފިރުކިފަ އުޅުނު ކުންފުނި އަމިއްލަ ފައިމައްޗަށް ކޮއްޅަށް ތެދުވެވިއްޖެ ކަމުގެ އިހްސާސް ކުރެވެން ފެށުމެވެ.

2012 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ 2018 ވަނަ އަހަރުގެ ނިޔަލަށް ފާއިތުވި މުއްދަތުގައި ކުންފުނި ހިނގަމުންދިޔައީ ދަރަނީގެ މައްޗަށް ދަރަނިވެރިވެ އަތްބަނދެވޭ ހިސާބުންނެވެ. ނަމަވެސް 2019 ވަނަ އަހަރު ކުންފުނީގެ މިސްރާބު ބަދަލުވެ ހިންގުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާ، ކުރެވޭ ބޭކާރު ޚަރަދުތައް ކުޑަކޮށް މުވައްޒަފުން ގެޔަށް ގެންދަން ލިބޭ ފައިސާކޮޅު ކުޑަ މިންވަރަކުން ބޮޑުކޮށްދީގެން ވެސް، ކުންފުންނީގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އަރަނި ކުންފުންޏަކަށް ބަދަލުވެ އަމިއްލަ ފައިމައްޗަށްތެދުވެ އަމިއްލަ ހާލާއިއެކު ފިޔަވަޅު އަޅާ ހިންގަން ފެށުމަކީ ފޮނި އުއްމީދު އާވެ އުޖާލާކަން ގެނުވައިދިން ކަމަކަށެވެ.

ކުންފުނީގެ ހިންގުމުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވަމުން މިއަދު މިވަނީ ފާއިތުވެ ދިޔަޒަމާނު މޮޑުނު މަސްހުނިގަނޑެއްފަދަ ބިލިން ސޮފްޓްވެއާރ ކަމުގެ ގާބިލުކަމާއި ފަންނުވެރި ހީވާގި މުވައްޒަފުންތަކެއްގެ ފުރިހަމަ އެހީގައި ވުޖޫދު ކުރެވި އެ ސޮފްޓްވެއަރގެ ފޮނިމީރުކަން އާއްމު ރައްޔިތުންނާ ވެސް ޙިއްސާ ކުރެވި އެކަމުގެ ފުރިހަމަ ނަފާ ލިބެން ފަށާފައެވެ.

އަދި މިވަރަކުން ފުދުނީކީ ނޫނެވެ. ކުންފުނީގެ ހެޑްއޮފީހުގައި އަތުރާލެވިފައިވާ ކޮންމެ ޑިޕާޓްމަންޓަކަށް ވަންނައިރު ފެންނަމުން ދިއަ ކުރީޒަމާނުގެ ކާޑްގޭގެ ސިފަވަންތަކަން ބަދަލުކޮށް، ތަނުގެ އޮފީސް ވަންތަކަން ގާއިމްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޒަމާނީ ވަންތަކަމާއި އެކު ޓެކްނޮލޮޖީއާއި ގުޅާލެވި، ދެވޭ ޚިދުމަތްތަކަކީ ކިހިނެތް ކޮންގޮތަކަށް، ކާކު ޒިންމާވެ، ދެވޭ ޚިދުމަތަކަށް ބަދަލު ކުރުމުގެ ބުރަ މަސައްކަތުގެ ނަތީޖާއަކީ މިއަދު އައި އެސް އޯ ސްޓޭންޑަރޑް ކުންފުންޏަކަށް ފެނަކަ ބަދަލުވެގެން ދިއުމެވެ.

މިއަދު ފެނަކަ ކޯޕަރޭޝަނަކީ އައި އެސް އޯ ސަރޓިފައިޑް ކުންފުންޏެކެވެ. މި ބަޔާން ކުރެވުނު މުހިއްމު މަސައްކަތްތަކަކީ މިހެން ގަލަމުން ދުލުން ބަޔާންކުރި ނަމަވެސް ބައެއްގެ ހީވާގި މަސައްކަތާއި ހިނގުންތެރި ވެރިންގެ ދުރުވިސްނުމާއި ހީވާގި އިހުލާސްތެރި ޚިދުމަތުގެ ފުރިހަމަ ނަތީޖާއެވެ. ކުންފުނީގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެކިއެކި ގޮންޖެހުންތަކަށް ފަސްބެލުމެއްނެތި ރައްޔިތުންގެ ހައްގުގައި ކުރެއްވި މިންނެތް މަސައްކަތުގެ ފަހި ކާމިޔާބެވެ.

ރާއްޖޭގެ މިއަދުގެ މިއޮތް ނާޒުކު ޙާލަތަށް ބަލާއިރު ވެސް ކުންފުނިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުޑަވެސް މަޑުޖެހުމެއް ނެތި ޚިދުމަތުގައި ތިއްބެވި މުވައްޒަފުންގެ މުސާރައިގެ އުނިކުރުމެއް ނެތި އަދި ކުންފުނިން ޚިދުމަތް ލިބިގަތް ގިނަ ފަރާތްތަކަކުން ކޮވިޑާއި ގުޅިގެން ކުންފުންޏަށް ދަރާއޮތް އޮތުމާއިއެކު ވެސް ކުންފުނީގެ ދުވެލި މަޑުޖައްސާލުމެއް ނެތި ނަގާފައިހުރި ރިޔަލުގައި ވައިއަޅުވާ ދައްމާނަށް ދަމާލުމާއިއެކު މަތިކިބައިން ޖަހާ ރާޅަކަށް ބެލުމެއްނެތި ގަދަ އޮޔާއި ޖެހޭ ގަދަވައިގައި ހުރިހާ ފަޅުވެރިން މަތިކިބަޔަށް އެރުވުމަށްފަހު ދުއްވަން ފެށިއެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭންގި ގަސްކަރަ އޮބާފައި ވަނިކޮށް ހުށިޔާރު މާލިމީއެއްގެ މޭސްތިރިކަމުގައި މިއަދު ކުންފުނީގެ މިސްރާބު ބަދަލުކޮށްލި ކޮށްލުމުގެ ނަތިޖާއަކީ ކުނބުކުރިއަށް ރަށްރަށުގެ ގަސްކަރަ ފެންނަން ފެށުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ގާނޫނުގެ ދަށުން ފުލުހުން ކުރި ހުވަޔާއެކު، ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް އަންނާނެތަ؟

އާ ގާނޫނުގެ ދަށުން ފުލުހުން ކުރި ހުވަޔާއެކު، ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް އަންނާނެތަ؟

27 މާރިޗު 2021
ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބުނު ފުރަތަމަ ގައުމަކަށް ގާނާ

ކޮވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ލިބުނު ފުރަތަމަ ގައުމަކަށް ގާނާ

24 ފެބުރުއަރީ 2021
ފެނަކައިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ބޮޑު މަޝްރޫއެއް، ތެލުގެ ހަރަދުން 47.5 މިލިއަން ސަލާމަތް ކުރެވޭނެ!

ފެނަކައިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ބޮޑު މަޝްރޫއެއް، ތެލުގެ ހަރަދުން 47.5 މިލިއަން ސަލާމަތް ކުރެވޭނެ!

10 އޮކްޓޯބަރު 2020
ރައްޔިތުން އުފުލަމުން އައި ބޮޑު ތަކުލީފަށް ހައްލެއް ހޯދައިދޭން ގަދަ އަޒުމުގައި ފެނަކަ

ރައްޔިތުން އުފުލަމުން އައި ބޮޑު ތަކުލީފަށް ހައްލެއް ހޯދައިދޭން ގަދަ އަޒުމުގައި ފެނަކަ

09 އޮކްޓޯބަރު 2020
ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު

ބޭރޫތުގެ ގޮވުމަށް މަސްދުވަސް ފަހުން އިމާރާތެއްގެ ދަށުން ހިތުގެ ތެޅުމާއި ނޭވާލާ އަޑު

05 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު