Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދީބުގެ ޝަރީއަތް

އެއްވެސް މަޖުބޫރުކަމެއް ނެތް، ދަށު ކޯޓުގައި ކަންހިނގާ ދިޔަ ގޮތާމެދު މައާފަށް އެދެން އަދި ބޭނުން ވަނީ ދަށު ކޯޓުން އަލުން ބަލަން: އަދީބު

ކްރިމިނަލް ކޯޓުން މިދިއަ ޖުލައި 12ގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމަކީ އެފަދަ އަޑުއެހުމެއްގައި ބައިވެރި ފުރަތަމަ ފަހަރު، އަދި އަޑު ލިބިފައިވަނީ ވަރަށް ނުސާފުކޮށް ކަމަށް އަދީބު ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2020 | އަންގާރަ 12:29
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މީގެކުރިން ބޭއްވި އަޑުއެހުމަކަށް ހައިކޯޓަށް ވަޑައިގަންނަވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މީގެކުރިން ބޭއްވި އަޑުއެހުމަކަށް ހައިކޯޓަށް ވަޑައިގަންނަވަނީ

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމަކީ، ހިތި ތަޖުރިބާއެއް ކަމަށާއި، ކުށަށް އިއުތިރާފް ވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް، ދައުލަތާއެކު ވެފައިވާ އެއްބަސްވުމަކީ އެއްވެސް މަޖުބޫރު ކަމެއްނެތި، ދެއްވާފައިވާ ބަޔާނެއް ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް ދައުލަތުން ހުށަހެޅި 7 ދައުވާ ބާތިލް ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަތައް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ، ވެބް ކޮންފަރެންސް މެދުވެރިކޮށް، އަދީބު ޖަލުގައި އިންނަވައި އަދި އަދީބުގެ ގާނޫނީ ވަކީލުގެ އޮފީހުގައި އިންނަވައި، އޮންލައިންކޮށް ބޭއްވި އެ އަޑުއެހުމަކީ އެގޮތަށް ބޭއްވިގެން އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އަޑުއެހުން ކަމަށާއި ޖަލުގެ އިންޓަރނެޓް ދަށް ކަމުން ކެނޑިކެނޑިގެން އަޑު އަންނަމުންދާއިރު، ވަކީލުގެ އެހީތެރިކަން ލިބުމުގައި ވެސް ދަތިތަކެއް ދިމާވި ކަމަށެވެ.

Advertisement - newsAdvertisement

އަދީބު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އެ އަޑުހުމުގައި އިއުތިރާފްގެ އެއްބަސްވުމާއި ހިލާފަށް އެއްބާރުލުން ނުލިބޭނެ ކަމަށް ބުނާ ބީދައިން ނުވަތަ، މަޖުބޫރުން ސޮއިކުރުވި ކަމަށް ދޭހަވާ އެއްވެސް ވާހަކައެއް ދެއްކިފައިވާނަމަ، އެވާހަކައެއް އަނބުރާ ގެންނަވާ ކަމަށެވެ.

އިއުތިރާފުގެ އެއްބަސްވުމަކީ އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް އަދި އޭނާގެ އަމިއްލަ އިހުތިޔާރުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، އަދި ޓޯޗަރގެ އަމަލެއް ތަހުގީގު ޓީމުންނާއި އަދި ކުރީގެ ޕީޖީ އާއިޝަތު ބިޝާމްގެ ފަރާތުން ވެސް ހިންގާފައި ނުވާ ކަމަށް އަދީބު ވަނީ އަންގާރަ ދުވަހު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަދީބު ވިދާޅުވީ، ހައިކޯޓުގެ މި އަޑުއެހުމުގައި ދައުލަތުން އެ ފާހަގަކުރެއްވި ނުކުތާތަކަށް ކޮންމެހެން ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް އޭނާގެ ނެތް ކަމަށާއި ބޭނުން ވަނީ މި މައްސަލަތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވުމަށް ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން 9 ނުކުތާއެއް ފާހަގަ ކުރައްވައި، ކްރިމިނަލް ކޯޓުން އެ ދައުވާތައް ބާތިލްކޮށް ބޭރުކޮށްލާފައިވަނީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ދައުލަތުން އެދިފައިވަނީ، އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވާ ދިނުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކާ ގުޅިގެން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްއާ އާދިބާ ދެމެދު ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ހެދިފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން، ގޮތެއް ނިންމުމަށް، މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުހުމުގައި އެމައްސަލަތައް ބެއްލެވި ކްރިިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ވަނީ އެ އެއްބަސްވުންތަކަކީ ގާނޫނާ ހިލާފަށް ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ވިދާޅުވެ، ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައެވެ.

މައިގަނޑު ގޮތެއްގައި ގާޒީ ވިދާޅުވީ، ބޭސްފަރުވާއަށް ބޭރަށް ފޮނުވާނެ ކަމަށް އަދީބަށް ޝަރުތުކޮށް، މަޖުބޫރު ކުރުމަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އަދި ބައިނަލްއަގްވާމީ މުއާހަދާތާކާވެސް ހިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ. މިދިއަ ޖުލައި މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ، އިއުތިރާފުގެ އެއްބަސްވުމެއް އޭރު ޕީޖީގެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމާއެކު ސޮއިކުރީ، އޭނާގެ ސީއްހީ ހާލަތު ހުރިގޮތުން، ބޭސްފަރުވާ ކުރުމަށް ބޭރަށް ފޮނުވާނެ ކަމަށް ބުނުމުން ކަމަށެވެ. އަދި ސިއްހީ ހާލަތު މާބޮޑަށް ގޯސްވަމުންދާތީ، އޭރު އިތުރު އެހެން ގޮތެއް ނެތުމުން ސޮއި ކުރެއްވީ ކަމަށްވެސް އަދީބު ވިދާޅުވެފައި ވެއެވެ. ނަމަވެސް އަދީބު ވިދާޅުވީ، ތަހުގީގަށް އެއްބާރުލުން ދިނުމަށް، އެެއްވެސް އިރެއްގައި ދެކޮޅު ހައްދަވާފައި ނުވާނެ ކަމަށާއި ކަމުގެ ހަގީގަތް އޮޅުންފިލުވާ ދިނުމަށް އޭނާގެ ފަރާތުން ދެވެން އޮތް އެއްބާރުލުން ދެއްވަމުން ގެންދެވި ކަމަށާއި މިހާރުވެސް އެކަމަށް ދެކޮޅު ނުހައްދަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަތައް ބާތިލް ކަމަށް ނިންމި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވެފައިވަނީ، ސިއްހީ ހިދްމަތަކީ ހަމަހަމަ ގޮތެއްގައި އެންމެންނަށް ވެސް ލިބެން ޖެހޭ އަސާސީ ހިދުމަތެއް ކަމަށާއި އަދި ހާއްސަކޮށް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބެން ޖެހެނީ ޝަރުތު ކޮށްގެން ނޫން ކަމަށާއި، އެއީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ގައިދީންނަށް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އެއްވެސް މަސްއޫލިއްޔަތެއް ނެތް ކަމަށާއި އެއީ ކަރެކްޝަންގެ ޒިންމާއެއް ކަމަށެވެ. އަދި ގައިދީއެއް ބޭސްފަރުވާ އަށް ފޮނުވުމަށް ޝަރުތު ކުރުމަކީ "ޓޯޗާ"ގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެއެވެ.

ދައުލަތުން ބުނަނީ، ކުށަށް އިއުތިރާފުވުމާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުންނާއި ޕީޖީއާއެކު ކުރިންވެފައިވާ އެއްބަސްވުންތަކަކީ، ޖިނާއީ އިޖުރާއަތުގެ 104 ވަނަ މާއްދާގެ ދަށުން ހެދޭ އިއުތިރާފުގެ އެއްބަސްވުމަށް ވާސިލުވުމަށް ހެދިފައިވާ އެއްބަސްވުން ތަކެއް ކަމަށެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބުނާ ފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ތުހުމަތު ކުރެވޭ މީހާ އާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފު ވެއްޖެނަމަ ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ވެވިދާނެ ކަމަށެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއި ކުރަންވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

ހަމަ އެމާއްދާގެ (ށ)ގައި ބުނަނީ، އެގޮތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބެެއް ކަމަށެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު