Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާއާ ނަސްލީ ގޮތުން ދިމާކުރުން

ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ޕީއެސްޖީން ގޮވާލައިފި

15 ސެޕްޓެމްބަރު 2020 | އަންގާރަ 09:57

ނެމާއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ މާސޭގެ ގޮންޒާލޭޒްގެ ބޮލުގައި އަތުން ޖެހުމާ ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ސެޕްޓެމްބަރު 2020 | އަންގާރަ 09:57
ޕީއެސްޖީގެ ތަރި ނޭމާ އާއި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްއާ ދެމެދު ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން

ޕީއެސްޖީގެ ތަރި ނޭމާ އާއި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްއާ ދެމެދު ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން

ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް ޕީއެސްޖީގެ ތަރި ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ޕީއެސްޖީން ގޮވާލައިފިއެވެ.

ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުޅުނު ދެވަނަ މެޗުގައި މާސޭ އަތުން 1-0 ން ބަލިވިއިރު، މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަަމަނުޖެހުންތަކުގެ ތެރޭގައި ފަސް ކުޅުންތެރިއަކަށް ވަނީ ރަތް ކަޑު ދައްކާފައެވެ. އޭގެ ތެރޭގައި ނޭމާވެސް ހިމެނެއެވެ. ދެން މި މެޗުގައި ރަތް ކާޑު ދެއްކީ ޕީއެސްޖީގެ ލެއަންޑްރޯ ޕަރެޑެސް އާއި ލަވިން ކުރްޒާވާ އަދި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި ޖޯޑަން އަމާވީއަށެވެ. މީގެ ތެރެއިން ޕަރޭޑޭސް އާއި ބެނެޑޭޓޯއަށް ރަތް ކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑާއެކުއެވެ.

މެޗުގައި ނެމާއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ މާސޭގެ ގޮންޒާލޭޒްގެ ބޮލުގައި އަތުން ޖެހުމާ ގުޅިގެންނެވެ. އެ މެޗަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ނޭމާ ބުނީ މާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުން ކަމަށާއި، ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނާގެ މޫނުމަތީގައި ކަމަށެވެ.

މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ އެ މެޗުގައި އެޓީމުގެ ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން ބަަލައި އަދަބު ދޭން ޖެހޭނަމަ ކަމަށެވެ. އެއާއެކު ގޮންޒާލޭޒްގެ ދިފާއުގައި މާސޭއިން ވަނީ ވާހަކަ ދައްކާފައެވެ. އެޓީމުގެ އޮފިޝަލަކު ބުނީ ގޮންޒާލޭޒަކީ ނަސްލީ ގޮތުން ދިމާކުރާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބަލާނަމަ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، އެކަމަކު ނޭމާ ހުށަހަޅާ މައްސަލަ ބަލާނަމަ، ގޮންޒާލޭޒްގެ ގަޔަށް ޕީއެސްޖީގެ އެންހެލް ޑި މާރިއާ ކުޅު ޖެހި މައްސަލަވެސް ބަލަން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި މއެރޭގެ މެޗަށްފަހު މާސޭގެ ކޯޗު އަންދްރެސް ވިލަސް ބޮއަސް ވަނީ ގޮންޒާލޭޒަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ފަރާތުން ނަސްލީ ތަފާތު ކުރުން ފަދަ ދަށު ދަރަޖައިގެ އަމަލެއް ފެންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ. އަދި ގޮންޒާލޭޒް އެކަން ކުރި ނަމަ، ހައްގު އަދަބު ދޭން ޖެހޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ލީގުގައި ކުޅުނު ދެވަނަ މެޗުން މާސޭ އަތުން ޕީއެސްޖީ ބަލިވިއިރު، ލީގުގައި ކުޅުނު ފުރަތަމަ މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުން ޕީއެސްޖީ ބަލިވި ލީގުގައި އަލަށް ވާދަކުރާ ލެންސް އަތުން 1-0 ންނެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި
26 މެއި 2017

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
11 މެއި 2017

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

11 މެއި 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް