Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން

އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން ޓްރައަލްތައް އެމެރިކާގައި އަލުން ފަށާނީ ބައެއް ކަންކަން ބެލުމަށްފަހު

15 ސެޕްޓެމްބަރު 2020 | އަންގާރަ 03:09

ގޮތްނޭނގޭ ގޮތަކަށް މީހަކު ބަލިވުމުން ޓްރެއަލް މެދުކަނޑާލާފައިވަނީ ސެޕްޓެމްބަރ 9 ވީ ބުދަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ސެޕްޓެމްބަރު 2020 | އަންގާރަ 03:09
އެސްޓްރަޒެނިކާއިން އުފެއްދުމަށް މަސައްކަތްކުރާ ކޮވިޑް-19 ވެކްސިންގެ ސާމްޕަލެއް

އެސްޓްރަޒެނިކާއިން އުފެއްދުމަށް މަސައްކަތްކުރާ ކޮވިޑް-19 ވެކްސިންގެ ސާމްޕަލެއް

އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހިއުމަން ޓްރައަލްސް (އިންސާނުންގެ ގަޔަށް ޖަހައިގެން އަޖުމަ ބެލުމުގެ މަރުހަލާ) އެމެރިކާގައި އަލުން ފަށާނީ، އެ ގައުމުން ބައެއް ކަންކަން ބެލުމަށްފަހު ކަމަށް ރޮއިޓަރޒްއިން ރިޕޯޓްކޮށްފިއެވެ.

އެސްޓްރާޒެނެކާގެ ވެކްސިން ޓްރައަލްތައް މަޑުޖައްސާލީ، ވެކްސިން ޓެސްޓުކުރުމުގެ ތިންވަނަ މަރުހަލާގައި ބައިވެރިވި މީހަކު ގޮތްނޭނގޭ ގޮތަކަށް ބަލިވުމާ ގުޅިގެން ސެޕްޓެމްބަރު 9 ގައެވެ. އަދި އަލުން ޓްރައަލްތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ގައެވެ. އެމެރިކާގައި ޓްރައަލް މަރުހަލާ ފެށުމަށް އަލުން ހުއްދަ ދޭނީ އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ވެސް ރޮއިޓަރޒްއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެސްޓްރާޒެނެކާއިން ބުނީ ޓްރެއަލްތައް ފަށާފައިވަނީ ވެކްސިން ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް އެކަން ބެލި ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. ވެކްސިން ބޭނުން ކުރުން ރައްކާތެރިކަމަށް ކަނޑައަަޅާފައިވަނީ ބްރިޓަން މެޑިސިންސް ހެލްތު ރެގިޔުލޭޓަރީ އޮތޯރިޓީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކާގައި ޓްރައަލްސްތައް ފަށާނެ ސީދާ ތާރީހެއް އެސްޓްރާޒެނެކާގެ ތަރުޖަމާނު ބުނެފައިވަނީ އަލުން ޓެރެއަލް ފެށުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރު ތަކާއި ސިއްހީ އިދާރާތަކާއި އެކު މަސައްކަތްކުރަމުންދާ ކަމަށެވެ. އިނގިރޭސިވިލާތާއި، އެމެރިކާގެ އިތުރުން އެ ކުންފުނިން އަންނަނީ ދެކުނު އެފްރިކާ، އިންޑިއާ އަދި ބްރެޒިލްގައި ވެސް ޓްރައަލްސްތައް ފަށާފައެވެ. މީގެ ތެރެއިން އަލުން ޓްރައަލްސްތައް ފަށާފައިވަނީ އިނގިރޭސިވިލާތައި ބްރެޒިލްގައި އެކަންޏެވެ.

އެސްޓްރާޒެނެކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިނަކީ ކޮވިޑުން ރައްކާތެރިވާން ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކާމިޔާބުވުމުގެ ފުރުސަތު އެންމެ ބޮޑު ވެކްސިނެވެ. މި ވެކްސިން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އޮކްސްފޯޑުގެ ސައިންސްވެރިންގެ ޓީމުން ބުނެފައިވަނީ، މި ވެކްސިން ކާމިޔާބު ވާނެ ކަމުގެ 80 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި

31 ޑިސެމްބަރު 2017
އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމައިފި
01 ނޮވެމްބަރު 2017

ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިން މީހާ ހައްދުފަހަނައަޅައި ދިޔައީ އެމެރިކާގައި

01 ނޮވެމްބަރު 2017
ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިން މީހާ ހައްދުފަހަނައަޅައި ދިޔައީ އެމެރިކާގައި
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
03 އޮކްޓޯބަރު 2017

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި
13 އޯގަސްޓު 2017

އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!

13 އޯގަސްޓު 2017
އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!
26 ޖޫން 2017

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
18 ފެބުރުއަރީ 2017

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް