Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮބެނަށް އަނިޔާވެ ކުޅުމާ ދުރަށް

ފުރަތަމަ މެޗުގައި އަނިޔާވެ ރޮބެން ކުޅުމާ ދުރަށް

14 ސެޕްޓެމްބަރު 2020 | ހޯމަ 07:20

ރޮބެނަށް އަނިޔާވީ އަލުން ފުޓްބޯޅަ ކުޅެން ފަށައި ކުޅުނު ފުރަތަމަ މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ސެޕްޓެމްބަރު 2020 | ހޯމަ 07:20
ގްރޮނިންގެންއަށް ކުޅުނު ފުރަތަމަ ރަސްމީ މެޗުގެ ތެރެއިން ފޯވާޑް އާޔެން ރޮބެނަށް

ގްރޮނިންގެންއަށް ކުޅުނު ފުރަތަމަ ރަސްމީ މެޗުގެ ތެރެއިން ފޯވާޑް އާޔެން ރޮބެނަށް

ނެދަލެންޑްސްގެ ގްރޮނިންގެންއަށް ކުޅުނު ފުރަތަމަ ރަސްމީ މެޗުގައި ފޯވާޑް އާޔެން ރޮބެނަށް އަނިޔާގެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

މީގެ ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރޮބެން އިއުލާން ކުރީ 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު، އޭނާގެ ކުރީގެ ކުލަބު ބަޔާން މިއުނިކާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.

އެކަމަކު އޭޕްރީލް މަހުގެ ތެރޭގައި ދިން އިންޓަވިއުއެއްގައި ރޮބެން ވަނީ ކުޅުން ހުއްޓަލިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަލުން ކުޅުމުގެ ތެރެއަށް އަންނަން ވިސްނި ކަމަށް ބުނެފައެވެ. އެއާއެކު މިދިޔަ ޖޫން މަހުގެ ފަހުކޮޅު ނެދަލެންޑްސްގެ ގްރޮނިންގެންއިން ވަނީ އުމުރުން 36 އަހަރުގެ ރޮބެން އެޓީމަށް ސޮއިކުރިކަން ހާމަކޮށްފައެވެ.

ޕްރީ-ސީޒަނުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރޮބެން ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އައު ސީޒަނުގެ ނެދަލެންޑްސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޮބެނަށް ވަނީ އަނިޔާވެފައެވެ. ޕީއެސްވީ އަތުން 3-1 އިން ގްރޮނިންގެން ބަލިވި މެޗުގެ 28 ވަނަ މިނެޓުގައި އަނިޔާވުމުން ރޮބެން ވަނީ ބާލާފައެވެ. އެކަމަކު މި އަނިޔާގެ ތަފުސީލެއް އަދި ރޮބެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރޮބެން، ފުޓްބޯޅަ ކެރިއަރު ފެށީ 2000 ވަނަ އަހަރު ގްރޮނިންގެންއިންނެވެ. ގްރޮނިންގެންގެ އެކެޑަމީން ތަމްރީނުވި ރޮބެން ވަނީ އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅެދީފައެވެ. މި މުއްދަތުގައި ރޮބެން ވަނީ އެޓީމަށް ކުޅެދިން 52 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ޕީއެސްވީ އާއި ޗެލްސީ އަދި ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު ކެރިއަރުގެ ބޮޑުބައި އޭނާ ހޭދަކުރީ ބަޔާން މިއުނިކުގައެވެ. އެގޮތުން 2013 ވަނަ އަހަރު ބަޔާނުން ސީޒަނުގެ ތިން ތަށި ކާމިޔާބުކުރިއިރު، ރޮބެން ވަނީ ބަޔާނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރޮބެން ވަނީ އޭނާގެ ކުލަބު ކެރިއަރުގައި 28 ތަށި އުފުލާލާފައެވެ. އަދި ނެދަލެންޑްސްގެ ހުރިހާ އުމުރުފުރައެއްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ ރޮބެން ވަނީ ނެދަލެންޑްސް ސީނިއާ ގައުމީ ޓީމަށް 2003ން 2017ށް ކުޅެ، 96 މެޗުގައި 37 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް