Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި މުޒާހަރާ

އިދިކޮޅު މުޒާހަރާގައި ހައްޔަރު ކުރި 41 މީހުން ޖޫރިމަނާކޮށް، އިންޒާރު ދިން އެކަކު ފުލުހުންގެ ހައްޔަރަށް

13 ސެޕްޓެމްބަރު 2020 | އާދީއްތަ 12:37

41 މީހުން 1000ރ އިން ޖޫރިމަނާކޮށް، 40 މީހަކު ވަނީ ދޫކޮށްލާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 12:37
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން: ހައްޔަރުކުރި 41 މީހުން ވަނީ ޖޫރިމަނާ ކޮށްފައި

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން: ހައްޔަރުކުރި 41 މީހުން ވަނީ ޖޫރިމަނާ ކޮށްފައި

ހޮނިހިރު ދުވަހު އިދިކޮޅު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، 41 މީހުން ޖޫރިމަނާ ކުރުމަށްފަހު، އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ، ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު، 41 މީހުން، ކޮންމެ މީހަކު 1000ރ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 40 މީހަކު ދޫކޮށްލާފައިވާ ކަމަށާއި، އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ހައްޔަރު ކުރީ، ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގައި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ރާވައިގެން ޒުވާނުން ބައިވެރިވި އެއްވުމުގައި 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވުމުގެ ސަބަބުންނެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން އެއެއްވުން ބޭއްވުމުގެ ކުރިން ވެސް ފުލުހުން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބާއްވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ފުލުހުން ބުނީ، ހޮނިހިރު ދުވަހުގެ އެއްވުމާ ގުޅިގެން އެއް ވެހިކަލް ޓޯވ ކުރެވިފައިވާ ކަމަށާއި އެ ވެހިކަލް ޓޯވ ކުރީ ރެޖިސްޓްރީ ދިމާނުވާތީ ކަމަށެވެ. ދެން ހުރި ވެހިކަލްތައް ވެރިފަރާތުން ގުޅުމުން އެ ވެހިކަލްތައް ހުރި ސަރަހައްދު ބުނެދޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މާލޭގަ އާއި ކަނޑުމަތީ ގައިވެސް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކޮށްފައިވެއެވެ. އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އެއްވުން ބޭއްވުމާ ގުޅިގެން ޕީޕީއެމް 75،000ރ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އަދި އެއްވުމުގައި ބައިވެރިވި އިދިކޮޅު ކޯލިޝަނުގެ އިސް ބައެއް ބޭފުޅުން ވެސް 1000ރ އިން ޖޫރިމަނާ ކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް