Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓު: އިބްރާހިމް ރަޝްވާން (ޗިކު)

ގައުމީ ޓީމަށް މެޑެއްޔެއް ހޯދައި ދިނުމަކީ ޗިކުގެ އުންމީދު

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:35

ޗިކު އެންމެ ފުރަތަމަ ކުޅުނު މުބާރާތަކީ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް

އަތޫފް އާތިފް
އަތޫފް އާތިފް | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:35
ރާއްޖޭގެ އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިއާ އިބްރާހިމް ރަޝްވާން (ޗިކު)

ރާއްޖޭގެ އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިއާ އިބްރާހިމް ރަޝްވާން (ޗިކު)

އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުން ބާސްކެޓްބޯޅައިގެ ތެރެއަށް ވަދެވުނު އިބްރާހިމް ރަޝްވާން (ޗިކު) އަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޒުވާން އުމުރުގައި އޭނާ ވަނީ ބާސްކެޓްބޯޅައިން ރާއްޖޭގައި ހޯދެން ހުރި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޗިކު ބުނީ ބާސްކެޓްބޯޅައަށް ވަދެގެން އައީ ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓުން ކަމަށާއި، ބާސްކެޓްބޯޅަ ކޯޓާއި އޭނާ ދިރިއުޅޭ ގެޔާ ކައިރިވުމުން، އެންމެ ކުޑައިރުން ފެށިގެންވެސް އަބަދުވެސް ބާސްކެޓްބޯޅަ ކުޅެން އުޅޭ ހަނދާންވާ ކަމަށެވެ. އަދި ޕްރޮފެޝަނަލްކޮށް ބާސްކެޓްބޯޅަ ކުޅުންތެރިއަކަށްވީ ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓުން ކަމަށްވެސް ޗިކު ބުންޏެވެ.

އިންޓަ ސްކޫލް މުބާރާތްތަކަކީ ކުޅިވަރަށް ޒުވާން ކުޅުންތެރިން ނެރެދޭ މުބާރާތެކެވެ. އެގޮތުން ޗިކުވެސް އެންމެ ފުރަތަމަ ކުޅުނު މުބާރާތަކީ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތެވެ. ޗިކު ބުނީ ބާސްކެޓްބޯޅައިގެ ފުރަތަމަ މުބާރާތަކީ އިންޓަ ސްކޫލް މުބާރާތް ކަމަށާއި، އެ މުބާރާތަކީ ބާސްކެޓްބޯޅައަށް އޭނާ ނެރެދިން މުބާރާތް ކަމަށެވެ. އެކަމަކު އެންމެ ފުރަތަމަ މުބާރާތަކީ ޗިކުއަށް ނާކާމިޔާބު މުބާރާތެކެވެ. ޗިކު ބުނީ އޭނާ ކުޅުނު ފުރަތަމަ މުބާރާތުގައި އެއްކޮށް ކަހަލަ ގޮތަކަށް ހޭދަކޮށްފައިވަނީ ބެންޗުގައި ކަމަށާއި، ފުރަތަމަ މުބާރާތުގައި ކުޅެން ލިބުނީ މަދު ވަގުތު ކޮޅެއް ކަމަށެވެ.

ޗިކުގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ދެކެމުން އަންނަނީ ގައުމީ ޖާޒީގައި ކުޅޭ މެޗުތަކުން މޮޅުވުމެވެ. ހަމަގައިމުވެސް ގައުމީ ޖާޒީގައި ކުޅޭ މެޗުތަކަކީ ކޮންމެ ކުޅުންތެރިއަކަށްވެސް މުހިންމު މެޗެއް ކަމުގައި ނުވެ ނުވާނެއެވެ. ޗިކު ބުނީ ކެރިއަރުގައި ލިބުނު ކާމިޔާބީތަކުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ގައުމީ ޖާޒީގައި ކުޅޭ މެޗުތަކުން މޮޅުވުން ކަމަށެވެ.

މީގެ އިތުރުން ޗިކު ބުނީ އުމުރުން އެންމެ 21 އަހަރުގައި އޭރު ހަވީރު ނޫހުން ހޮވި އަހަރުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުނު ދުވަހަކީ އޭނާގެ ކެރިއަރުގައި އެންމެ އުފާވި ވަގުތުކޮޅު ކަމަށާއި، އެ އެވޯޑް އޭނާއަށް ލިބުނީ އޭނާއަށް ވުރެ މޮޅު ކުޅުންތެރިންނާ ވާދަކޮށްގެން ކަމަށެވެ.

އަނިޔާގެ މައްސަލައަކީ ދިވެހި އެތުލީޓުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ހާއްސަކޮށް ކުޅުންތެރިންނަށް އަނިޔާވެ، ރިކަވަރީއަށް ގިނަ ދުވަސްތަކެއް ނަގަނީ ރާއްޖެއިން އެންމެ އެދެވޭ ގޮތަށް އެކަންކަން ކުރެވެން ނެތުމުންނެވެ. ޗިކު ބުނީ އޭނާގެ ކެރިއަރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާ ކަމަށާއި، ފުރަތަމަ އަނިޔާވެ، އެ އަނިޔާއިން ސަލާމަތްވެ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ނުކުމެ އުޅެނިކޮށް، ދެވަނަ އަނިޔާއެއް ވުން އެއީ ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.

މީގެ އިތުރުން ޗިކު ބުނީ އަނިޔާއިން ރިކަވާވުމަށް ކުޅުންތެރިން ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށެވެ. އަދި ބުނީ އޭނާގެ އަނިޔާ މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، މި އަހަރުވެސް ދެ މުބާރާތެއް މިހާތަނަށް ކުޅެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރެއް ތެރޭ އަނިޔާއިން މުޅިން ސަލާމަތްވެ، ކުރިން ހުރި ފެންވަރަށް ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ބުންޏެވެ.

ރާއްޖޭގައި ބާސްކެޓްބޯޅަ ކުޅުންތެރިންނަކީ މުޅިން ބާސްކެޓްބީޯޅައަށް ހުސްވެގެން އެކަން ކުރާ ކުޅުންތެރިން ނޫންކަން ފާހަގަކުރަމުން ޗިކު ބުނީ ރާއްޖޭގައި ބާސްކެޓްބޯޅަ ކެރިއަރަކަށް ނަގައިގެން ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި، ބާސްކެޓްބޯޅަ ކުޅޭ ގިނަ ކުޅުންތެރިންނަކީ ބާސްކެޓްބޯޅަ ކުޅޭ ހިތުން، އެކަމަށް ވަގުތު ހުސްކޮށްގެން ކުޅޭ ކުޅުންތެރިން ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ބާސްކެޓްބޯޅައިގެ މުސްތަގުބަލު ވަރަށް އުޖާލާކަމަށް ދެކޭ ކަމަށްވެސް ބުންޏެވެ. ޗިކު އިތުރަށް ބުނީ ބާސްކެޓްބޯޅަ ކުޅެން މިހާރު އުޅޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި، އެކުޅުންތެރިންނަކީ ބާސްކެޓްބޯޅައިގެ މުސްތަގުބަލު ކަމަށެވެ.

ރެޑްބުލްގެ އެތުލީޓަކަށް ވެވުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަކުރަމުން ޗިކު ބުނީ ކެރިއަރުގައި މިހާރު ހުރި ހިސާބަށް އޭނާއަށް އާދެވުނީ ރެޑްބުލްގެ ފަރާތުން ވެދިން އެހީއާއެކުގައި ކަމަށާއި، އެގޮތުން އަނިޔާއިން ސަލާމަތްވުމަށްވެސް ރެޑްބުލްއިން ވަރަށް ބޮޑު އެހީއެއް ވެދީފައިވާ ކަމަށެވެ.

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޗިކުއަށް މި ފުރުސަތުގައި "ރާއްޖެ.އެމްވީ" އިން އިތުރު ކާމިޔާބީއަށް އެދެމެވެ.

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2018

ޒުވާނުންނަށް ހައްގު މިންވަރު ހޯދައިދެވިދާނެތޯ؟

19 ސެޕްޓެމްބަރު 2018
ޒުވާނުންނަށް ހައްގު މިންވަރު ހޯދައިދެވިދާނެތޯ؟
02 މާރިޗު 2018

ހެސްކިޔާފަ ހެކި ހޯދައި ނިންމާފަ ހެކި ނައްތާލުމުގެ ދައުވާ، މިއީ ކިހިނެއްވާ ކަމެއް؟!

02 މާރިޗު 2018
ހެސްކިޔާފަ ހެކި ހޯދައި ނިންމާފަ ހެކި ނައްތާލުމުގެ ދައުވާ، މިއީ ކިހިނެއްވާ ކަމެއް؟!
19 ނޮވެމްބަރު 2017

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟
19 ނޮވެމްބަރު 2017

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
17 އެޕްރީލު 2017

ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

17 އެޕްރީލު 2017
ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް